ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ބެންޗަށް ގާޒީ ފާއިޒް، ރިޔާސަތަށް މިސްބާހު!

ރައީސް ނަޝީދުއަށް ހަމަލާދިން ވީޑިއޯގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ކުރިޔަށް ގެންދާ ޝަރީއަތުގެ ބެންޗުގެ ހުސްވެފައިވާ މަގާމަށް ގާޒީ ހުސެއިން ފާއިޒް ރަޝާދު ހަމަޖައްސައިފި އެވެ.

2021، މޭއި 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވަނީ ރައީސް ނަޝީދު އޭރު ދިރިއުޅުއްވަމުން ގެންދެވި ގ. ކެނެރީގެއިން ނިކުމެވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގެންނެވި ވަގުތު ސައިކަލެއްގައި ހަރުކޮށްފައި ހުރި އެއްޗެއް ގޮއްވާލައިގެންނެވެ.

މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާއިރު އެ މައްސަލަ ބެލުމަށް ދަށު ކޯޓުން އެކުލަވާލި ބެންޗުން ޖާގައެއް ހުސްވީ މައްސަލައިގެ ރިޔާސަތު ކުރިން ބެލެހެއްޓެވި ގާޒީ ދީބަނާޖު ފަހުމީ މި މަހުގެ ތެރޭގައި ހައިކޯޓަށް އައްޔަނު ކުރުމުންނެވެ. އަދި ދެން މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ގާޒީ މިސްބާހު އެވެ.
މި މައްސަލައިގައި ގާޒީއެއް ބަދަލުވި މިއީ ދެވަަނަ ފަހަރެވެ. ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގެ ޝަރީއަތުގެ ބެންޗުގެ ރިޔާސަތު އެންމެ ފުރަތަމަ ބެލެހެއްޓެވީ ގާޒީ އާދަމް މުހައްމަދެވެ. ނަމަވެސް އޭނާ އާއި އެ މައްސަލައިގައި ހިމެނޭ މއ. ކުދެހިގެ، އިސްހާގު އަލީ އާއި މަސްލަހަތު ފުުށު އަރާތީ ތަނާޒުލްވެވަޑައިގަތީ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު، މިހާރު އެ މައްސަލައިގެ އިބްދިދާއީ މަރުހަލާ ނިމި ޝަރީއަތުގެ މަރުހަލާ ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހުކުމެއް އައިސްފައި ވަނީ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އަދި ކުށަށް އިއުތިރާފުވި އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށެވެ. އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައި އޮތުމުގެ ސަބަބުން އޭނާގެ މައްޗަށް އައީ 13 އަހަރުގެ ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: