ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ކުރިން އުއްމީދު ނުކުރާފަދަ ތަރައްޤީ މި ސަރުކާރުން ގެނެސްދީފި: ރަތްމަންދޫ ކައުންސިލް

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރަތްމަންދޫގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން ރަތްމަންދޫގެ ރައްޔިތުން ކުރިން އުއްމީދު ނުކުރާވަރުގެ ތަރައްޤީއެއް ގެނެސްދީފައިވާކަމަށް ރަތްމަންދޫ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މިފަދައިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް މުލަކަތޮޅު ރަތްމަންދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ރަތްމަންދޫގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ހުރި ދަތިތަކާއި ގުޅޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

މުލަކަތޮޅުގެ ފަސްރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

މިބައްދަލުވުމަގައި ކައުންސިލުން ބުނީ، މިސަރުކާރުން ރަތްމަންދޫގެ ރައްޔިތުން ކުރިން އުއްމީދު ނުކުރާވަރުގެ ތަރައްޤީއެއް ގެނެސްދީފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރިއެވެ.

ކުރިން އެރަށުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ފެނާއި ނަރުދަމާ ނެތުން ކަމަށް ފާހަގަކޮށް ކައުންސިލުން ބުނެފައިވަނީ އެހެންނަމަވެސް މިހާރު ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް ހިނގަމުންދާކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ލަފާފުރުމުގެ ދަތިކަމާއި ރަށް ގިރުމާއި، ލެބޯޓްރީ ޚިދުމަތް މެދުކެނޑިފައިވުމާއި ސްކޫލު ކުދިން މަދުވުމާއިއެކު ތައުލީމު ދިނުމުގައި ހުރި ދަތިތައް ހިމެނެއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ، ރަތްމަންދޫގައި ހިންގަމުންދާ މަޝްރޫއުތަކާއި އަދި މިހާރު ހިންގުމަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މަޢުލޫމާތު ކައުންސިލް މެމްބަރުންނާއި ޙިއްޞާކުރައްވާފައެވެ. ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ ކައުންސިލުން އެންމެ އިސްކަންދީގެން ޙައްލުކުރަން ބޭނުންވާ ކަންކަން ޙައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި އެކު މަސައްކަތް ކޮށްދެއްވާނެކަމަށެވެ. މިގޮތުން ރަށުގެ ރައްޔިތުން ހައްލުކުރަން ބޭނުންވާ އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަވަހަށް ފެށުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: