މީގެ ދިހަ އަހަރު ފަހުން ބާއްވާނެ 2033 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އަދާލަތު ޕާޓީން ވާދަ ކުރާ ކެނޑިޑޭޓެއްކަމަށް އެ ޕާޓީގެ ލީޑަރު އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީ ވަރުގަދަކޮށް، ތާއީދު އިތުރު ކުރުމަށް އެ ޕާޓީން 10 އަހަރުގެ ސްޓްރެޓީޖިކް ޕްލޭނެއް ވަނީ އެކުލަވާލާފަ އެވެ. ސަރުކާރު ކޯލިޝަނުގައި ވެސް ހިމެނޭ އަދާލަތު ޕާޓީން، މީގެ 10 އަހަރު ފަހުން ބާއްވާނެ އިންތިހަބަކާއި ގުޅޭގޮތުން ވާހަކަ ދެއްކި އިރު 2023 ގެ ރިޔާސީ އިންތިހަބާއި މެދު އެ ޕާޓީން އަދި ވަކި ގޮތެއް ނުނިންމަ އެވެ. އަދި އެ ޕާޓީން އަންނަ އަހަރު އެމްޑީޕީން ނެރޭ ކެނޑިޑޭޓަކާއި އެކު ކުރިޔަށް ދާނީތޯ، ނުވަތަ ނޫން ތޯ ވެސް ސާފެއް ނޫނެވެ.
Maiy Allah iraadhakurehviyya 2033 vana aharu raajjeyge Raeeskan kurahvaanee @AdhaalathOffice ge beyfulheh. pic.twitter.com/Q4T5x0gvXq
— Imran Abdulla (@ShimranAb) September 5, 2022
ސަރުކާރުގެ ހިންގުމާއި ގުޅޭގޮތުންނާއި، އަދި ބައެއް ނިންމުންތަކާއި ގުޅޭގޮތުން ފާޑުކިއުން އަމާޒުވާފަދަ ޓުވީޓުތަކެއް އިމްރާން ކުރައްވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެކި ފަހަރު މަތީން ކުރެއްވި ޓުވީޓުތަކުގައި އަދާލަތު ޕާޓީއަކީ ގައުމުގެ އިސްލާމް ދީން ދިފާއު ކުރުމަށް މަސައްކަތް ކުރާ ޕާޓީކަމާއި، އެއީ ކުޑަ ޕާޓީއެއްކަމަށް ބުނެ އަމާޒުވާ ވާހަކަތަކަށް ރައްދު ދެއްވި އެވެ.
އަދާލަތަކީ މީގެ ކުރިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ވާދަ ކުރި ޕާޓީއެއް ނޫނެވެ. އަދި އެންމެ ފަހުން ބޭއްވި މަޖިލީހުގެ އިންތިހާބުގައި ވެސް އެ ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ.
އަދާލަތު ފާހަގަ ކުރެވިފައި ވަނީ، ވެރިކަމަށް ވާދަކުރާ އެހެން ބޮޑެތި ސިޔާސީ ޕާޓީތަކާއި އެކު ކޯލިޝަން ހަދައި އެ މީހުންނާއި އެކީ ގުޅިގެން މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގަ އެވެ. އެގޮތުން 2008 ގައި ރައީސް މުހައްމަދު ނަޝީދާއި އެކު މަސައްކަތް ކުރުމާއި، އޭގެ ފަހުން އެމަނިކުފާނާއި ދެކޮޅުވެ، ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރި އެވެ. އޭގެ ފަހުން 2013 ގެ ރިންތިހަބުގައި ރައީސް ޔާމީނާއި އެކު މަސައްކަތް ކުރުމަށް ފަހު އޭގެ ފަހުން އެމަނިކުފާނާއި ދެކޮޅުވެ 2018 ގައި މަސައްކަތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި އެހެން ވެރިކަމެއްގައި އަދާލަތަށް މީގެ ކުރިން ނުލިބޭހާ ގިނަ މަގާމުތަކާއި، ބާރުތައް ލިބުނެވެ. އޭގެ ތެރޭގައި އިމްރާނަށް މިނިސްޓަރުކަމާއި، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލީ ޒާހިރަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުކަން ދިނުން ހިމެނެ އެވެ. އަދި އަދާލަތުގެ ސްލޮޓުތަކުގައި ބައެއް ބޭފުޅުން ޑެޕިއުޓީ މިނިސްޓަރުކަމާއި، ސްޓޭޓް މިނިސްޓަރުކަން އަދި ކުންފުނިތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ.


2 Responses
ވެރިކަމަށް އާދެވޭނީ ހުވަފެނުން.
ދެން އަންނަ ސަރުކާރަކުން އަދާލަތު ޕާޓީ އުވާލާނެ އެހެންވީމާ ކިހިނެއް 2033 ގަ ވެރިކަމަށް އަންނާނީި އަދާލަތު ޕާޓި ..