ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ރައީސް ޔާމީންގެ ގޭގައި ގުނީ އަތުން: ނަރީޝް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ބައްލަވައިގަތުމަށް ފަހު ޑޮލަރަށް ވާ ސިވެހި ފައިސާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން، ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަސް ނެގުމަށް ފަހު މިއަދު ކުރިޔަށް ގެންދިޔައީ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމުގެ މަރުހަލާ އެވެ. ރައީސް ޔާމީންގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކި ބަސް ނެގުމަށް ފަހު މިއަދުގެ ޝަރީއަތް ވަނީ ނިންމާލާފަ އެވެ.

ނަަރީޝް ވިދާޅުވީ، ރައީސް ޔާމީން އޭނާއާއި ވަރަށް ގިނަކަންކަން ހިއްސާ ކުރައްވާކަމަށާއި އެއީ އެމަނިކުފާނު ކުރައްވާ އިތުބާރު ކަމަށެވެ. އަދި ދެބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމެއްގެ ސަބަބުން، ފައިސާގެ މުއާމަލާތެއްގެ ޒިންމާއެއް ހަވާލު ކުރި ސަބަބު ތަފްސީލު ކުރަން އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށްކަމަށް އޭނާ ވިދާޅުވި އެވެ. ނަރީޝް ވިދާޅުވީ މައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމް ވެސް ދަންނަ ކަމަށެވެ. އެގޮތުން މައްސަލައިގައި ގުޅުން ހުރި ވާހަކަތައް ޝަރީއަތާއި ހިއްސާކޮށް ވިދާޅުވީ ރައީސް ޔާމީން ފޯނުން ގުޅުއްވައި ކަމަކަށް އެދުމުން ގ. ދޫވެއްސަށް ދިޔަ ކަމަށެެވެ. އޭގެ ވަގުތުތަކެެއް ފަހުން އޭނާ ދޫވެއްސަށް ދިއުމުން ޔުސުފް ނައީމްގެ އަތުން ޑޮލަރުގެ މުއާމަލާތެއް ހިންގާފައިވާތީ އެކަމަށް ވާ ދިވެހި ފައިސާ އޭނާއާއި ހަވާލު ކުރުމަށް އެދުނުކަމަށް ނަރީޝްގެ ހެކި ބަހުގައި ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވި ގޮތުގައި އެއީ 01 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ އެވެ. ނަރީޝް ވިދާޅުވީ ފައިސާ ހަވާލު ކުރުމަށް ފަހު، އެކަމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލިޔެކިއުމެއްގައި ސޮއެކޮށް ދެން ދިޔައީ ޔޫސުފް ނައީމް ދިރިއުޅެމުން ދިޔަ ގެއަށް ކަމަށެވެ. އަދި އެ ދުވަހު އޭނާއާއި ފައިސާ ހަވާލު ކުރިކަމަށް ނަރީޝް ވިދާޅުވި އެވެ. ނަރީޝް ވިދާޅުވީ އެއީ 500 ރުފިޔާގެ ބަންޑަލްތަކެއް ކަމަށެވެ. އަދި ފައިސާ އެ ގެއަށް ގެންދިއުމުގެ ކުރިން އެ ފައިސާ ގުނާފައިވާނެކަމަށާއި އެ އަށް ފަހު އެ ފައިސާ އެއީ ދެ ދަބަހަކަށް ކަމަށް ވިދާޅުވި އެވެ.

ފައިސާތައް ޔޫސުފް ނައީމާއި ހަވާލު ކުރުމުން އޭނާ ވެސް ފައިސާތައް ގުނިކަން ނަރީޝް ފާހަގަ ކުރި އެވެ. އަދި ވިދާޅުވީ ފައިސާ ލިބުނުކަމުގެ ލިޔުމެއްގައި އޭނާ ސޮއި ކުރިކަމަށެވެ.

މި ސުވާލުތައް ކުރެއްވީ، ދިފާއީ ވަކީލުންގެ ފަރާތުން ވަކީލު އާދަމް ޝަމީމެވެ. އެއަށް ފަހު ދައުލަތުން ހެކިވެރިޔާ އާއި ސުވާލު ކުރުމުގެ ބައިގައި ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސެކިއުޓާރ އަހުމަދު ނައުފަލް ތަކުރާރުކޮށް އެ ފައިސާ އަދި، ރައީސް ޔާމީނާއި ނަރީޝާއި ދެމެދު އޮތް ގުޅުމާއި ގުޅޭގޮތުން ސުވާލު ކުރި އެވެ. އޭގެ ތެރޭގައި ފައިސާތައް ހަވާލު ކުރިއިރު އެތަނުގައި ހާޒިރުވެ ތިބި މީހުނާއި އެ ފައިސާ ގެންދިޔަ ގޮތާއި މެދު ސުވާލު ކުރި އެވެ.

ދައުލަތުގެ ސުވާލުތަކަށް ނަރީޝް ވިދާޅުވީ، ރައީސް ޔާމީން ގުޅުއްވި އިރު އޭނާ ހުރީ ގޭގައިކަމަށާއި، ފައިސާތައް ހިފައިގެން ދިޔައީ ރައްޓެއްސެއްގެ ކާރެއްގައި ކަމަށެވެ. އެއީ އަޅި ކުލައިގެ ކާރެއް ނަމަވެސް، ކޮން ބްރޭންޑެއްގެ ކާރެއްކަން ހަނދާނުގައި ނެތްކަމަށް ވިދާޅުވި އެވެ. އެވަގުތު އެތަނުގައި ތިބީ ކޮން ބައެއްތޯ ދައުލަތުން ސުވާލު ކުރުމުން ނަރީޝް ވިދާޅުވީ ދޫވެއްސަށް ދިޔަ އިރު ފައިސާ ހުރީ ބިންމަތީ ކަމަށެވެ. އަދި އެތަނުގައި ރައީސް ޔާމީންގެ އިތުރުން ދެން ހުރީ އަބްދުﷲ ކިޔާ މީހެއްކަމަށް ވިދާޅުވި އެވެ.

ދައުލަތުން ވަނީ އެ ފައިސާ ގުނުމަށް ހޭދަވީ ވަގުތާއި މެދު ސުވާލުކޮށްފަ އެވެ. ފައިސާ ގުނީ އަތުން ނަމަވެސް، ވަގުތެއް ހަނދާނުގައި ނެތްކަމަށް އޭނާ ވިދާޅުވި އެވެ. ދައުލަތުން ތަކުރާރުކޮށް އެއް ސުވާލެއް، އެކި ގޮތްގޮތަށް ކުރުމުން ވެސް ނަރީޝް ވިދާޅުވީ ވަގުތު ހަނދާނުގައި ނެތް ކަމަށެވެ. ދައުލަތުން ވަނީ ނަރީޝް އަކީ އެގޮތަށް ފައިސާ ގުނާ މީހެއްތޯ ވެސް ސުވާލުކޮސްފަ އެވެ. ނަމަވެސް ދިފައީ ވަކީލުން ވަނީ އެކަމަށް އިއުތިރާޒުކޮށް ޖެއްސުން ކުރުމަށް ނުވަތަ ފުރައްސާރަ ކުރުމަށްް އެގޮތަށް ސުވާލު ނުކުރެވޭނެކަން ފާހަގަކޮށްފަ އެވެ.

ޝަރީއަތުން ވަނީ ދައުލަތުގެ ގިނަ ސުވާލުތަކެއް ހުއްޓުވައި، ދާއިރާގެ ބޭރުންސުވާލު ނުުކުރެވޭނެކަން ފާހަގަކޮށްފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވަނީ މާދަމާ ތިން ހެކިވެރިއެއްގެ ހެކި ބަސް ނެގުން އޮންނާނެކަން އިއުލާނު ކުރައްވަފަ އެވެ. އެއަށް ފަހު ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 25 އާއި 29 ވަނަ ދުވަހު އެވެ. އަދި އިތުރު ތާވަލެއް އެކުލަވާލާނީ އޭގެ ފަހުންކަމަށް ހާޒވިދާޅުވި އެވެ.

ގާޒީ މިއަދު ޝަރީއަތް ނިންމަވާލެއްވީ މާދަމާ ވެސް ހެކިބަސް ނެގުމުގެ އަޑުއެހުމެއް އޮންނާނެކަން އިއުލާނުކުރައްވައިފަ އެވެ. މާދަމާ ތިން ހެކިވެރިޔަކު ހާޒިރުކުރާނެ ކަމަށާއި ދެން އޭގެ ފަހުން އަޑުއެހުމެއް އޮންނާނީ މި މަހުގެ 25 އާއި 29 ގައި ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވި ގޮތުގައި ޝަރީއަތުގެ ތާވަލެއް އަލުން ކަނޑައަޅާނީ އޭގެ ފަހުންނެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 30%ހައިރާންވެއްޖެ 0%ވަރަށް ދެރަ 30%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދައުލަތުގެ ވަކީލުންނޭ ކިޔާތީވެސް ލަދުގަނޭ ހެކިވެރީންނާއި އަމާބުނީތީ ފަރަށްދާއުސޫލުން ތާކުންތާކު ނުޖެހޭ ގަމާރު ސުވާލު ކުރުމަކީ ކަމަށް ނާގާބިލު ކަމުގެ ހެއްކެއް…….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: