ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ދައުލަތުން އެދެނީ ޔާމީންގެ ޝަރީއަތް އަވަސް ކުރުމަށް!

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް، ހެއްކާއި ބެހޭ މަރުހަލާ ހަމައިން ތާވަލު ނުކުރެވި ލަސް ވާނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި، މިހާރު ކުރިޔަށް ދަނީ ހެކީންގެ ހެކި ބަސް ނެގުމުގެ މަރުހަލާކަމުން އަޑުއެހުންތައް މަޑުޖެހިއްޖެ ނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިމަލް ކޯޓަށް ހުށަހަޅާފަ އެވެ. ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަހަށް ފަހު، ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާތަނަށް ނަގާފައި ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝްގެ ހެކި ބަހެވެ. އަދި އޭގެ ޖެހިގެން އައި ދުވަހަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން ޝަރީއަތް އެހެން ދުވަހަކަށް ފަސްކޮށް ދޭން އެދި އެމަނިކުފާނުގެ ފަރާތުން ހުށަހެޅުއްވުމުންނެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުން ކެންސަލް ކުރުމުން، ޕީޖީގެ ފަރާތުން ކޯޓަށް ފޮނުވި ސިޓީއެއްގައި ވަނީ، ހެކިންގެ ހެކި ބަސް ވަކިވަކީން ނެގުމަކީ ހެކި އުފެއްދުމަށް ހުޅުވިގެންދާ ދޮރެއް ކަމަށެވެ. އަދި މައްސަލައިގައި ނަރީޝްގެ ހެކި ބަސް ނެގިއިރު މައްސަލައިގައި ގިނަ ކަންކަން އޭނާ ހަނދާން ނެތުމާއި އެކު، ގަބޫލު ނުކުރެވޭފަަދަ ވާހަތަކެއް ވެސް ދެއްކިކަމަށް ބުނެފައި ވެއެވެ. ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ނުކުރެވި ދުވަސްތައް ފާއިތުވުން އެއީ ދިފާއަށް ލިބޭ އިތުރު ވަގުތެއްކަމަށް ފާހަގަކޮށް، ޕީޖީގެ ސިޓީގައި އެދިފައި ވަނީ ވީހާވެސް އަވަހަށް ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކުރުމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ކުރެ އެވެ.

މައްސަލައިގެ ހެއްކާއި ބެހޭ މަރުހަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު، ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް އަދި އޭރު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތުގެ ހެކި ބަސް ވަނީ ނަގާފަ އެވެ. އަދި ބުދަ ދުވަހު ނަރީޝްގެ ހެކި ބަސް ނެގުމަށް ފަހު ބުރާސްފަތި ދުވަހު ތިން ހެކިންގެ ހެކި ބަސް ނެގުމަށް އޮތީ ހަމަޖެހިފަ އެވެ. ރައީސް ޔާމީންގެ ފަރާތުން ހަތް ދިފާއީ ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ހެކި ބަސް ވެސް ވަނީ ނަގާފަ އެވެ.

ހިޔަނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާއަށް ކޯޓުން ވަނީ ތާވަލު ކުރައްވާފަ އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ވަކީލުން ވަނީ، ދައުލަތުގެ ވަކީލުން ހެކިންގެ ހެކި ބަސް ނެގުމުގައި ފުރައްސާރަ ކުރަމުންދާކަމަށް ބުނެ އެކަން އިއުތިރާޒު ކުރައްވާފަ އެވެ. އަދި ޝަރީއަތުން ވެސް ވަނީ ދާއިރާގެ ބޭރުން ސުވާލުތައް ނުކުރެވޭނެކަން ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ޝަރީއަތުގެ މަޖިލީހުގައި ވަކީލުން އަމަލު ކުރަން ޖެހޭ އުސޫލާއި އަދި އަހުލާގާއި ހިލާފުވެފައި ވަތީ މައްސަލަ ބައްލަވާ ގާޒީ ވަނީ އިންޒާރު ދެއްވައި އެކަން ތަކުރާރު ކުރާނަމަ ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފަ އެވެ. އެއީ ހެކި ބަސް ނަގަމުން ދިޔަ ވަގުތު ދައުލަތުން ކުރި ސުވާލުތަކަށް ދިފާއުން އިއުތިރާޒު ކުުރުމުން ސިއްރު ވާހަކަތައް ދައްކައި، އެކަކު އަނެކެއްގެ އަތުގައި ހިފައި ހީ ހެދުމުގެ ސަބަބުންނެވެ.

ދައުކަތުގެ ސުވާލުތައް ހުރީ ފުރައްސާރަ ކުރާ މޭރުމަކުންކަމަށް ބުނެ އިއުތިރާޒު ނުކުތާތައް ނަންގަވަން ފެށުމުން ދައުލަތުގެ ވަކީލުންގެ ދެމެދު ބައެއް ވާހަކަތައް ބަދަލު ކުރި އެވެ. އަދި ސިއްރު ވާހަކަތައް ދެއްކުމާއި އެކު، ހީ ހދި މަންޒަރު ފެނުނެވެ. ޝަރީއަތުގައި ނައުފަލްއަށް އިޝާރާތުން، އިރުޝާދު ދެއްވަމުން ގެންދެވީ ޕަބްލިކް ޕްރޮސެކިއުޓާރ މަރިޔަމް ޝަހުމާ އެވެ. އަދި ގާޒީ ސުވާލެއް ކުރެއްވި ވަގުތު، ސަމާސާ ކުރާ މިޒާޖަކަށް އަނގަމަތީ އަތް އެޅީ ދައުލަތުގެ ވަކީލު ޝަހުމާ އެވެ.

އެކަމާއި ގުޅިގެން އިސް ގާޒީ ޝަކީލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ހީ ސަކަރާތް ނުޖެހޭނެ ކަމަށެވެ. ކޮންމެ ވަކީލަކީ ވެސް ހުވައެއްކޮށް، ވަރަށް ގިނަ އިލްމީ މަސައްކަތާއި އެކު މިހާހިސާބަށް އާދެވޭ މީހެއްކަން ފާހަގަކޮށް ގާޒީ ވިދާޅުވީ ޝަރީއަތުގައި ޖެއްސުން ކުރުމަށް ނުވަތަ އުނދަގޫ ކުރުމަށް އެއްވެސް ވާހަކައެއް ކުރިޔަށް ގެންގޮސްގެން ނުވާނެކަމަށެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 40%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ހެއްކަށް ނުފޫޒް ފޯރުވާކަމުގެ ނިޝާން ނޫންތޯ ނަރީޝް ފަރާތުން ކުރީދުވަހު ފެނުނީ ވަރަށް ވަރަށްސާފް

  2. ނިދާ މެޝިނަށް ލައިގެން ގެންގުޅޭ ހެކި ކަލޭގެއަށް ޔާމީނު ޖުފޫޒު ފޯރުވާނީ ކިހިނެއް! ��� ކެކެކެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: