ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށެއްގައި ޖެހި މޮހޮރެއްވެސް ޖެހީ ރަށްތަކަށް ގުޑި ނުލެވޭވަރުކުރަން: ރައީސް ސާލިހު

ރައީސް ސާލިހު ވިޔަވަތި ކޮންފަރެންސްގައި ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިން ރާއްޖޭގެ ރަށެއްގައި މޮހޮރެއް އަދި އިސްކުރެއް ޖަހާފައިވާނަމަވެސް ޖެހީ، މަރުކަޒީ އުސޫލަކުން އަތޮޅު ތެރޭގެ ރަށްތަކަށް ގުޑި ނުލެވޭ ވަރު ކުރުމަށް ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ލ އަތޮޅުގައި ކުރިއަށްގެންދާ ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ރައިސް ސާލިހު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ، މިހާތަނަށް ރާއްޖޭގެ އިދާރީ ހިންގުންތެރިކަމަށް ގެނެވޭ އެންމެ ބޮޑު ބަދަލު ކަމަށެވެ. އަދި ކުރިން ރަށްތަކުގައި ހިންގި ތަރައްގީގެ މަޝްރޫއުތަކަށް ފާޑުވިދާޅުވަމުން އެ މަނިކުފާނު ވިދާޅުވީ، މިހާރު ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއަކީވެސް އެ ރަށަކަށްޓަކައި ހިންގަމުންދާ މަޝްރޫއުތަކެއް ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ކޮންމި ސަޔާސަތަކީވެސް އެ ސިޔާސަތުގެ ސަބަބުން، ރައްޔިތުންނަށް އުދުއްސައިގަނެވޭނެ ލާޒާމަރުކަޒީ ޖަޒީރާ ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ ކޮންމެ ރައްޔިތަކަސްވެސް އެ މީހަކު އިހުތިޔާރު ކުރާ ތަނެއްގައި އުފަލުގައި އާއިލާއެއް ބިނާކޮށް ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުވަނީ ކަރަންޓު ދިނުމާއި، މަގު ހެދުން، ބަނދަރުތައް ބިނާ ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުން ފަދަ މަޝްރޫއުތަކާއި އެއަރޕޯޓުތައް ގާއިމު ކުރުންފަދަ މަސައްކަތްތައް އެ މަނިކުފާނުގެ ސަރުކާރުން ކުރަމުންދާކަމަށްވެސް އިޝާރާތް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: