ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އަހަރު ފަހުން ނިންމީ ކަނޑޫދޫ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް!

ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސުލޫކީ މައްސަލައަކާއި ގުޅިގެން، ތ. ކަނޑޫދޫގެ އިސް މެޖިސްޓްރޭޓުގެ ތަހުގީގު އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ބަޔާނެއް އާއްމުކޮށް ޖޭއެސްސީން ބުނީ، ކަނޑޫދޫގެ މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއްގެ ތަހުގީގު ފަށައި އޭނާއަށް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނޯޓިސް ދިން ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވާލައި، ކުރި ތަހުގީގަށް އޭނާގެ މައްޗަށް މައްސަލަ ސާބިތުނުވާކަމަށް މިދިޔަ އާދީއްތަ ދުވަހުގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ބުންޏެވެ.

އަލީ ޝަރީފްގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަމާއި، އޭނާގެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުންކަން ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީން ފަނޑިޔާރުންނާއި ގުޅުން ހުރި މައްސަލަތައް، އަމިއްލަ އިސް ނެގުމުގެ ދަށުން ވެސް ބަލާފައި އެބަހުއްޓެވެ. އަދި ބައެއް ގާޒީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި އެކު ނަސޭހަތް ދީ، ފިޔަވަޅު ނޭޅުމަށް ވެސް ނިންމަ އެވެ. ކޮމިޝަނުން ބައެއް ފަނޑިޔާރުންނާއި، ގާޒީންގެ މައްސަލަތައް ބަލަން ފެށުމުން ބައެއް ބޭފުޅުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ.

ޖުޑިޝަރީ ދާއިރާއާއި ގުޅުން ހުރި ކަންކަން އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިންކަމަށް ބުނެ، ޖޭއެސްސީން މިވީ ތިން އަހަރުގެ ތެރޭގައި ގިނަ ގާޒީންތަކެއްގެ މައްޗަށް ފިޔަވަޅު އަޅާފައިވާކަން ފާހަގަ ކުރެވެ އެވެ.

މިގޮތަށް މައްސަލަ ބަލާ ބައެއް ފަނޑިޔާރުންގެ މައްސަލަ ނުނިމި ދިގުލައިގެން ދިއުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: