ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލިޒަބަތު ޖަނާޒާއަށް ރައީސް ވަޑައިގަންނަވާނެ، ހަރަދު ވާނީ ތިން މިލިއަނެއް ނޫން: މިއުވާން

ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތު 2 ވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅަށް ތިން މިލިއަން ރުފިޔާ ހަރަދު ނުވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ޞާލިހު އިނގިރޭސި ވިލާތަށް ވަޑައިގަންނަވަން ނިންމެވުމާއެކު ދައުލަތުގެ ޙަރަދަށް ބެލުމެއްނެތި ބޭކާރު ޚަރަދު ސަރުކާރުން ކުރާކަމަށް އެތައްބަޔަކު ދަނީ ބުނެ ފާޑު ކިޔަމުންނެވެ. އަދި ބައެއް ނޫސްތަކުން ރިޕޯޓުކޯށްފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަށް ތިން މިލިއަން ޚަރަދުވާނެކަމަށް ވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވަނީ ނޫސްވެރިންނާ ބައްދަލުކުރުމަށް ޚާއްސަ ޕްރެސްއެއް ރައީސް އޮފީހުގައި ބާއްވާފައެވެެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމަށް ލިބުނު ފުރުޞަތުގައި ރައީސް ޞާލިހުގެ އިނގިރޭސިވިލާތުގެ ދަތުރަށް ތިން މިލިއަން ޚަރަދުވާނެތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.

“ރައީސްގެ ޔޫކޭ ދަތުރުފުޅަށް 3 މިލިއަން ޚަރަދުވާނެކަމަށް ނޫހަކުން ރިޕޯޓުކޯށްފައިވޭ. މިއީ ކިހާވަރެއްގެ ތެދެއްތޯ“ ނޫސްވެރިޔާ ސުވާލުކުރިއެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، މި ދަތުރުފުޅަށް ތިން މިލިއަން ޚަރަދުނުޥާނެ ކަމަށާއި ރައީސްގެ ދަތުރުފުޅުގައި އާއްމުކޮށް ބައިވެރިވެ ވަޑައިގަންނަވާ މީހުންގެ އަދަދަށްވުރެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މީހުންވެސް މަދުވާނެކަމަށެވެ.

“ތިން މިލިއަނެއް ޚަރަދެއް ނުވާނެ އިނގޭތޯ. އަޅުގަނޑު ފާހަގަކޮށްލަން، އިނގިރޭސި ވިލާތުގެ ރާނީ އަވަހާރވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ބައިވެރިވާނީވެސް އާއްމު ގޮތެއްގައި ކުރައްވާ ދަތުރުފުޅުގައި ބއިވެރިވާ ޑެލިގޭޝަންސްއަށްވުރެއް މަދުކޮށް. “މިއުވާން ވިދާޅުވިއެވެ.

ރާނީ އެލިޒެބަތްގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ވަޑައިގަތުމަށް ނިންމުމާއެކު އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއެވެ. އެ ފާޑު ކިޔުންތަކަށް ަރއްދު ދެއްވަމ،ުން މިއުވާން ވިދާޅުވީ ދުނިޔޭގައި އުޅޭނަމަ އެކަހެރިވެގެން ނޫޅޭވޭނެކަމަށާއި ކޮމަން ވެލްތްގެ މެންބަރަކަށް މި ޤައުމު ވާއިރު އަދި ކޮމަން ވެލްތްގެ ގިނަ ގައުމުތަކުން މި ޖަނާޒާގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ރައީސް ޞާލިހު ވަޑައިނުގަތުމަކީ އެ ޤައުމުތަކަށްވެސް ފާހަގަވެގެންދާނެ  ކަމެއް ކަމަށެވެ.

ރާނީ އެލިޒަބަތު ފަސްދާނުލުމުގެ ކަންކަން ކުރިއަށްދާނީ އަންނަ ހަފުތާ ހޯމަދުވަހުއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: