ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުވާކުޑަ ކުރި މައްސަލައެއްގައި ގާޒީއަކަށް ނަސޭހަތް ދީ، ތަމްރީނެއް ފުރިހަމަކުރުމަށް އަންގައިފި

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ގެ ސުލޫކީ މައްސަލައެއް ބަލައި، ތަހުގީގު ކުރުމަށް ފަހު އޭނާގެ މައްޗަށް އެކަން ސާބިތުވާކަމަށް ނިންމައި އަދަބެއްގެ ގޮތުގުން ނަސޭހަތް ދީ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފަނޑިޔާރުންނާއި ގުޅުން ހުރި މައްސަލަތަކެއް ބަލައި، މަގާމުން ވަކި ކުރުމަށް ޖޭއެސްސީން މިދިޔަ ދެ އަހަރެއްގެ ތެރޭ ގިނަ މައްސަލަތަކެއް މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ. އަދި ބައެއް ފަނޑިޔާރުން ޖޭއެސްސީން އެ މައްސަލަތައް ބަލަން ފެށުމުން އިސްތިއުފާ ވެސް ދީފައި ވެއެވެ.

ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނެވި އަލީ އަބްދުﷲ އާއި ގުޅޭގޮތުން ޖޭއެސްސީން ބަލާފައި ވަނީ، އެ ކޯޓުގެ ގަޒިއްޔާއަކާއި ގުޅިގެން ވަގުތީ ގޮތުން އަމުރަކަށް އެދި ދައުވާ ކުރާ ފަރާތުން ހުށަހެޅުމުން އަޑުއެހުމެއް ބޭއްވުމަށް ފަހު އެ އަމުރާއި މެދު ގޮތެއް ނުނިންމައި ބޭއްވި މައްސަލައިގަ އެވެ. އަދި ވަގުތީ އަމުރާއި މެދު ގޮތެއް ނިންމާފައި ވަނީ، އެފަދަ މައްސަލައެެއް ބަލައި ގޮތް ނިންމަން ޖެހޭ މުއްދަތަށް ވުރެ ގިނަ ދުވަހުންކަމަށް ބެލެވޭތީ އެއީ ފަރުވާކުޑަކުރުންކަމަށް ގަބޫލު ކުރެވޭތީ އެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ހިއްސާކޮށް ޖޭއެސްސީން ބުނީ އަލީ އަބްދުﷲ ގެ މި އަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 151 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1 އާއި 6.2 އަދި 6.5 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާއި ޚިލާފު އަމަލެއް ކަމަށެވެ.

އެހެން ކަމުން އެކަމުގެ އަދަބެއްގެ ގޮތުން ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ) ޤާނޫނު ގެ 1-32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޢަލީ ޢަބްދުﷲއަށް ނަޞޭޙަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަކަމަށް އެ ކޮމިޝަނުގެ ޖަލްސާގައި ނިންމާފައިވާކަމަށް ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: