ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުން ވެސް ނިންމީ ފެނަކަ އަތުން ނެގި 17 މިލިއަނަށް ޝަރޫގެ ޑިރެކްޓަރުން ޒިންމާވާން ޖެހޭނެކަމަށް!

ސުޕްރީމް ކޯޓުން ވެސް ނިންމީ ފެނަކަ އަތުން ނެގި 17 މިލިއަނަށް ޝަރޫގެ ޑިރެކްޓަރުން ޒިންމާވާން ޖެހޭނެކަމަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ފެނަކަ ކޯޕަރޭޝަނަށް ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް އަނބުރާ ދެއްކުމުގެ ޒިންމާ ޝަރޫގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ނަކައަށް ޑޮލަރު ގަތުމަށް ޝަރޫއަށް 17 މިލިއަން ރުފިޔާ ދިނުމުން ޑޮލަރު ދޫކުރަން ޝަރޫއިން ފެނަކައަށް ދިން ޗެކުތައް ވަނީ ބައުންސްވެފައެވެ. އެ މައްސަލައިގައި ފެނަކައިން 17 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ދައުވާ ކުރިއެވެ. އަދި ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ އެ ފައިސާ ހަތަރު މަސްތެރޭގައި އަނބުރާ ދެއްކުމަށް ޝަރޫގެ މައްޗަށް ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ޝަރޫގެ ފަރާތުންނެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން ހުކުމްކޮށްފައިވަނީ ފެނަކައިން ޝަރޫއަށް 17 މިލިއަން ރުފިޔާ ދިން އިރު، ޝަރޫއިން ދޫކުރި ޗެކު މެދުވެރިކޮށް ފެނަކައަށް ފައިސާ ލިބިފައިނުވާ ކަމަށެވެ. ހުކުމުގައި ބުނެފައިވަނީ އެކަމުގައި އެއްވެސް ސުވާލެއް ނެތް ކަމަށާއި، ޝަރޫއިން އެ ފައިސާ ފެނަކައަށް ދޭންޖެހޭނެކަން ސާފުވާ ކަމަށެވެ.

ޝަރޫގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރިޔަސް، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. ދަށު ކޯޓުގެ ނިންމުން ޝަރޫ ކުންފުންޏާއި ތިން ޑިރެކްޓަރުންގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ކުންފުންޏަކީ ގާނޫނީ ޝަހުސެއް ނަމަވެސް ކުންފުނި ބޭނުކޮށްގެން ކުރާ ކޮންމެ ކަމެއްގެ ޒިންމާ ފަރުދީ ގޮތުން ޑިރެކްޓަރުން ވެސް ނަގަން ޖެހޭނެ ކަމަށެވެ.

ފެނަކައިން ފައިސާ ދޫކުރުމުން، އެ ފައިސާ ޝަރޫ ކުންފުނިން ނެގިއިރު ވެސް އެއަށް ވާ އެއް މިލިއަން ޑޮލަރު ދެއްކޭނެ ގާބިލުކަމެއް ކުންފުނީގެ ނެތްކަން ހިސާބުތަކުން އެނގެން އެބައޮތްކަން ހުކުމުގައި ފާހަގަ ކުރި އެވެ. ފައިސާ ނަގައި، އެ ފައިސާ ޝަރޫއިން ބޭނުން ކުރި ކޮންކަމެއްގައިކަން އެނގޭނެ ލިޔުންތަކެެއް ނުވަތަ ރިކޯޑެއް ނެތްކަމަށް ހުކުމުގައި ވެއެވެ. އެހެން ކަމުން މިއީ ޑިރެކްޓަރުން ޒިންމާވާން ޖެހޭ ހާލަތެއްގެ ގޮތުގައި ހުކުމުގައި ބުނެފައި ވެއެވެ.

ހުކުމުގައި ބުނެފައި ވަނީ ކުންފުންޏެއްގެ ހަރަދުތަކާއި، ލިބޭ ފައިސާގެ ހުރިހާ ތަފްސީލެއްގެ ލިޔުންތައް ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ލިޔުންތައް ރިކޯޑު ނުކުރާނަމަ އެއީ ކުންފުންޏެއް ނޫންކަމަށް ވެއެވެ.

މީގެ އިތުރުން އެ ފައިސާ ފެނަކައަށް ދޫކޮށްފައިވަނީ ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއްކަން ކަށަވަރުނުކޮށްކަން ސާބިތުވާކަމާއި، ޝަރޫ ލިމިޓެޑަކީ ގާނޫނީ ގޮތުން ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތެއްކަން ކަށަވަރު ކުރުމަކާނުލައި، ފެނަކައިގެ ފަރާތުން ޝަރޫއަށް ފައިސާ ދިން ދިނުމަކީ، ފެނަކައިގެ އިސްފަރާތްތަކުން ވެސް ޝަރުއީ ގާނޫނީ ގޮތުން ހުއްދަނޫން މުއާލަމާތެއްގެ ތެރެއަށް ވަނުމުގެ ޒިންމާ ގާނޫނީ ގޮތުން އުފުލަންޖެހުމުގެ އިތުރުން އެ ކަމުގެ ތަގްޓީރީ ޒިންމާވެސް އުފުލަންޖެހޭނެކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ފެނަކަ އަށް ޝަރޫއިން ދޫކުރި ޗެކް ބައުންސްވި މައްސަލާގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ މުވައްޒަފަކާއި އިތުރު ބަޔަކު ހައްޔަރުކޮށް، އެ މައްސަލަ ތަހުގީގު ވެސް ކުރިއެވެ. އަދި ބޭރު ފައިސާ ވިއްކުމުގެ ހުއްދަ ނެތީސް، ޝަރޫ އަށް ޑޮލަރު ގަތުމަށް ހަވާލުކުރި މައްސަލާގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެ ކުންފުނީގެ އިތުރު ބައެއް އިސް މުވައްޒަފުންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ އިދާރާއިން އޭރު ނިންމީ އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 89%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: