ޗައިނާއިން މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި މަގު ބައްތި ހަދިޔާކޮށްފިއެވެ.
މި ތަކެތި ޗައިނާ އެއްބަސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ހަދިޔާ ކޮށްފައިވަނީ، މާލެ ސިޓީ ކައުންސިލްގައި މިއަދު ހެދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޗައިނާ އެއްބަސީގެ ފަރާތުން މި ލިބުނު އަގުހުރި ހަދިޔާގެ ސަބަބުން ވަރަށް ޒަމާންވަންދެއް ބަދަލުނުކުރެވި ހުރި ވިލީގެ ހުރިހާ މަގު ބައްތިތައް ޒަމާނަނަށް ފެތޭ އަލި ހެޔޮވަރު ލެޑު ލައިޓްތަކަކަށް ބަދަލުކުރެވިގެންދާނެކަމަށެވެ.
މުއިއްޒު ފާހަގަކުރެއްވީ މީގެ ކުޑަ ދުވަސްކޮޅެއްކުރި ޗައިނާ އިން ރައްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންޖީ ލިއޯން އާއި އޭނާ ބައްދަލުވީކަމަށާއި އަދި އެ ބައްދަލުވުމުގައި އެކމަނާ އާއި ސިޓީ ކައުންސިލުގެ ފަރާތުން ކުރެވެމުންދާ މަސައްކަތްތައް ހިއްސާކުރެއްވިންކަމަށެވެ. އަދި އެގެ ނަތީޖާއަކަށްވީ މިއަދު މަގު ބައްތިތައް ލިބުންކަމަށް މޭޔަރު ވިދާޅުވިއެވެ.
މި ފުރުސަތުގައި އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބަކީ މާލޭގެ އުމްރާނީ ތަރައްގީއަށް އަދި ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމަށް އަބަދުވެސް ޗައިނާއިން ވެދެމުންދާ ދީލަތި އެހީތެރިކަމަށް ޗައިނާ ސަރުކާރަށް އިހުލާސްތެރި ޝުކުރެއް ދެންނެވުން
ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ހަމަހަމަކަމާއި އިހުތިރާމުގެ ނުގުޑާ އަސާސެއްގެ މައްޗަށް ބިނާވެފައިވާގޮތަށް ދިވެހިރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއްދީފައިވާ ތަރައްގީގެ ބައިވެރިޔާކަމަށް މުއިއްޒު ވިދާޅުވިއެެވެ. އެގޮތުން މުއިއްޒު ވަނީ ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތްގުޅުން ފާހަގަކުރައްވާ އެ ގުޅުމަށް ޗައިނާގެ އެއްބަސީއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޗައިނާއިން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންޖީ ލިއޯންގެ އިތުރުން ފޮރީން މިނިސްޓްރީގެ ފަރާތުން ސެކެރެޓަރީ ޑރ ހާލާ ހަމީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

