ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދަކީ “ކޮރަޕްޓް ވަގެއް” ކަމަށް ވާތީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ފެނަކަ އާއި ދުރަށް! 

ފެނަކަ ކޮޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު
ފެނަކަ ކޮޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އިބުރޭ) އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އިބުރޭ އަކީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބެވެ.

އިބުރޭ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވީ މި މަހުގެ 7ގަ އެވެ. މަގާމުން އިސްތިއުފާ ދެއްވައި އޭނާ ސައީދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ފެނަކަ ހިންގަމުންދަނީ ޗެއާމަން މުހައްމަދު ރަޝީދާއި އެމްޑީ ސައީދުގެ “އަމިއްލަ ކުންފުންޏެއް”ގެ ގޮތުގަ އެވެ.

އިސްތިއުފާގެ ސިޓީގައި އިބުރޭ ވިދާޅުވީ، ފެނަކަ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާ ކަމަށެވެ. އެގޮތުން ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބިލްތަކަށް ވެސް ގަވައިދުން ފައިސާ ދައްކަމުން ނުގެންދާ ކަމަށާއި ބިލްތަކަށް ފައިސާ ދެނީ ހަމައެކަނި ސައީދާ ގުޅުން އޮންނަ ވިޔަފާރިތަކަށް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދާއި ގުޅުންނެތް ވިޔަފާރިތަކަށް ފައިސާއެއް ނުދައްކާ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ނުހިމެނޭ އެތައް ކަމެއް ސައިދާއި ޗެއާމަނަށް ފައިދާވާ ގޮތަށް ދަނީ ކުރަމުން ކަމަށް އިބުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސައީދު އެގޮތައް އަމަލުކުރުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް އޭގެ ގެއްލުންތައް ދަނީ ލިބެމުން ކަމަށެވެ.

ސައީދަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ގިނަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަށް ކުންފުނީގެ ގަވައިދުތައް ބަދަލުކުރަން ދައުލަތުގެ މުއްސަސާތަކުން ދަނީ އަންގަމުން ކަމަށް ވެސް އިބުރޭ ވިދާޅުވިއެވެ.

“މަނިކުފާނު (ސައީދު) އާއި ޗެއާމަން ރަޝީދު އާއި ކުންފުނި ހިންގަން ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި އޮތް 680 މިލިއަން ރުފިޔާ ތިޔަ ދެ ބޭފުޅުން ހިންގަވަމުން ގެންދަވާ ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކާ އަދި ދެ ބޭފުޅުންގެ ނާގާބިލުކަމުން މިއަދު ވަނީ 1.5 ބިލިއަން ރުފިޔާއަށް އިތުރުވެފައި،” އިބުރޭގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ސިޓީގައި އޭނާ ވިދާޅުވީ، މިދިޔަ ތިން އަހަރުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ޗެއާމަނާއި ރަޝީދާއި އެމްޑީ ސައީދު ހުރަސް އަޅުއްވާފައިވާ ކަމަށެވެ. “މަނިކުފާނާއި އެކު ތިޔަ ކުންފުނީގައި އިތުރަށް ވަޒީފާގައި ދެމިހުރުމަށް އަޅުގަނޑުގެ ޒަމީރު ގަބޫލުނުކުރާތީ މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން އިސްދިއުފާ ދިން ވާހަކަ ދެންނެވިން،” އިބުރޭގެ ސިޓީގައިވެ އެވެ.

އިބުރޭ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ ޖެނުއަރީ 2019 ގައެވެ.

ސައީދު ފެނަކަ އެމްޑީގެ މަގާމުގައި ހުރެ ހިންގަމުން ގެންދާ ކޮރަޕްޝަންގެ ގިނަ ކަންކަން ވަނީ އޭސީސީއަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް އެމައްސަލަތަކުގެ ތަހްގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުގެންދެއެވެ.

ވަރަށް ގަދަ
58%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 4%ވަރަށް ދެރަ 19%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ތީ އެންމެނަށް އިނގޭ ހަގީގަތެއް.އެމްޑީޕީ ވެރިކަމަށް އައިމަ ފެނަކަ ހަވާލު ކުރޭ.ގުޅިގެން ހިންގާ ޖަރީމާއެއް.ސައީދަކީ ރާއްޖޭތެ ނެތްފަދަ ތަޖުރިބާހުރި ކަރަޕްޓް މީހެއް.ފެނަކަ އިމާރާތް އަވަސް އަރުވައިގެން އަޅަމުން އެދަނީ ކަރަޕްޓް ސިޔާސަތުގެ ދަށުން.ކޮންމެ އިމާރާތަކުން މިލިޔަނުން މިލިޔަނުން ކައްވާލާ.

  2. 2019 ގެ ވެރިކަން ލިބި ސައިދު އަށް ހުވަފެނުން ފެންނަނީ ފެނަކައިގެ ތިޖޫރި ، ފިނޭންސް މިނިސްޓްރީގެ ސާކިއުލަރ އެއްގޮތަށް ޑީއެމްޑީގެ / އެމްޑީގެ ކޮމްޕޮސިޝަން ކަނޑައެޅުމަށް ފޮނުވި މެމޯ ސައީދު ލީ ޑަސްބިނަށް . ޑީއެމްޑީ މަސައްކަތުގެ މަސްސޫލިޔަތުން ބޭރުކޮށްފައި ހުންނަތާ 4 ވަނަ އަހަރު ، ސާބަހޭ ޒީރޯ ޓޮލަރެންސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: