ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މަސްކަނޑުތައް ވިއްކާނެކަމަށް ތަކުރާރުކޮށް ބުނިން، މިއޮތީ އެދުވަސް ޖެހިފައި: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ްއިދިކޮޅު ކޮންގްރެސް ކޯލިޝަން ނޫން އެހެނިހެން ހުރިހާ ޕާޓީތަކެއް ގުޅިގެން ދިވެހިރާއްޖޭގެ ”މަސްކަނޑުތައް“ ވިއްކާލާފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެހެނިހެން ގައުމުތަކުގެ މަސްވެރި ބޯޓުތައް ވަދެ މަސްބާނަމުންދާކަމުގެ ޝަކުވާތައް ކުރެވެމުންދާ ދަނޑިވަޅެއްގައި ސަރުކާރާއި ކޯލިޝަން މެމްބަރުންނަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާ ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންވަނީ، ކޮޗިން ފެރީއާއި އެކު ރާއްޖެއަށް ތަނަވަސްކަމެއް ލިބިގެންދާނެކަމަށް ފާހަގަކޮށްފައިކަމަށެވެ.

ޝުޖާއު ވިދާޅުވީ، ކޮޗިން ފެރީގެ ސަބަބުން ތަނަވަސްކަމެއް ލީބޭނެކަމަށް އެމްޑީޕީއިން ސިފަކުރުމުން އިދިކޮޅުންވަނީ އެކަމަށް އިންކާރުކޮށް، އެކަމުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ކުރިމަތިވާނެކަމަށް އިޝާރާތްކޮށްފައިކަމަށެވެ. އަދި ރާއްޖޭގެ ”މަސްކަނޑުތައް“ ވިއްކާލާނެކަމަށާއި އެކަން ކުރާނީ ދިވެހި އަސްކަރިއްޔާގެ އަނގަމަތީ މަލަން އަޅައި ތަތް ކުރުމަށް ފަހުކަމަށްވެސް އިދިކޮޅުން ފާހަގަކުރިކަމަށް އެނާ ވިދާޅުވިއެވެ.

އިންޑިއާގެ މަސް ބޯޓުތަކަށް ދިވެހި ކަނޑުގެ ސަރަހައްދުން މަސްބޭނުމަށް ކޯސްޓް ގާޑުން ފުރުސަތު ދެމުންދާކަމަށް ތުހުމުތަކެއް ކުރެވިފައިވާކަމަށް އިޝާރާތްކުރައްވާ މިހާރު ކަން ހިނގަމުންދަނީ އިދިކޮޅު ކޯލިޝަނުން އިންޒާރުތަކެއް ދީފައިވާގޮތަށް ކަމަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ސިޔާސަތުތައް ބަލައިނުގަންނަވާ ހަމައެކަނި ސިޔާސީ ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށެވެ.

ޝުޖާއު ވިދާޅުވި، އެހެނިހެން ބޭފުޅުން ތިއްބެވީ ރައީސް ސާލިހު ގެންގުޅުއްވާ ސިޔާސަތުތައް ރަނގަޅުކަމަށް ބުނެ މަޖިލީހުގައި ”ހައްޕުކިޔައިގެން“ ކަމަށެވެ. އަދި އެހެނިހެން ހުރިހާ ޕާޓިތަކެއް ގުޅިގެން ދިވެހިރާއްޖޭގެ މަސްވެރިކަމަށް ގެއްލުންތަކެއް ދެމުންދާކަމަށް ޝުޖާއު ސިފަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދު ތެރެއިން އިންޑިއާގެ މަސް ބޯޓެއް މަސްވެރިކަން ކުރަމުންދާކަމަށް ތުހުމަތުކޮށްފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. އެނާވަނީ ބޭރު ގައުމަކަށް ނިސްބަތްވާ ބޯޓެއް ރާއްޖޭގެ ކަނޑުގައި ދާ އަޅަމުންދާ މަންޒަރެއް އާންމުކުރައްވާފައެވެ. އަދި އެ މައްސަލަ ކޯސްޓު ގާޑުގެ ސަމާލުކަމަށް ގެނައުމުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: