ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރީ ދުވަހު ރައީސް ޔާމީން ފޮނުއްވި މެސެޖު: ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް!

ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިއާއަކީ ޗައިނާކަމަށާއި، އުންމީދަކީ ކުރިޔަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވި އިގްތިސާދާއި ގުޅުން ހުރި ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދެވުންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޗައިނާ އާއި ގާތް ގުޅުމެއް ބޭއްވި، ރައީސް ޔާމީން އެ ގައުމަށް ހާއްސަ މެސެޖެއް ފޮނުއްވާފައި ވަނީ 73 ވަނަ އަހަރީ ދުވަހުގެ މުނާސަބާގެ ތަހުނިޔާ ފޮނުއްވަމުންނެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެއާއި އެ ގައުމުގެ ގާތް ގުޅުމަށް 50 އަހަރު ފުރިފައިވާކަމަށެވެ. ނަމަވެސް އޭގެ މާ ކުރިން ވެސް ފެށިގެން ވެސް ރާއްޖެއާއި ގުޅުން ހުރި އެތައް މަސައްކަތެއްގައި ޗައިނާއިން ވެދިން އެހީ ތާރީހުން ފެންނަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ގުޅުމަށް އެތައް ރޮނގަކުން ކުރިއެރުން ލިބިފައިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.

ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑު އުންމީދަކީ ކުރިޔަށް އޮތް ތަނުގައި ވެސް މި އެކުވެރިިކަމާއި އެއް އަޒުމެއްގައި މަސައްކަތް ކުރުން ކަމަށެވެ.

ރާއްޖޭގެ ތަރައްގީ އާއި ގުޅުން ހުރި ގިނަ މަޝްރޫއުތަކެއް ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އިން ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި މާލެ ހުޅުމާލެ، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގުޅުވާފައިވާ ސިނަ މާލެ ބްރިޖާއި، އެއާޕޯޓާއި ގުޅުން ހުރި ގިނަ މަޝްރޫއުތައް ފާހަގަ ކުރެވެ އެވެ.

ރައީސް ޔާމީން ޗައިނާއާއި އެކު އޭރު ގާތް ގުޅުމެއް ބާއްވާފައި ވާތީ، އެކަމަށް މިހާރު ވެރިކަމުގައި އޮތް އެމްޑީޕީގެ ފާޑުކިއުންތައް ވެސް އަމާޒުވި އެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ރައީސް ޔާމީން ލޯނު ނަންގަވާފައި ވާތީ، ޗައިނާ އިން ރާއްޖޭގެ އިގްތިސާދަށް އަތް ގަދަ ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ ހަރަކާތްތަކެއް ހިންގިކަން ފާހަގަ ކުރެވެ އެވެ. ސަރުކާރާއި އެމްޑީޕީ ގަބޫލު ކުރާ ގޮތުގައި ޗައިނާއިން އޮތީ ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފަ އެވެ.

ވަރަށް ގަދަ
35%ވަރަށް ގަދަ 35%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 29%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: