މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިންގަމުންދާ ވޮށިންޓަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަން، އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީގެ ނަމަށް ބަދަލުކުރުމާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަސައްކަތްތަކުގެ ދާއިރާތަކަށް ގެނެވުނު ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމަށް އެދި މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދުގެ މަޖިލީހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަސައްކަތްތަކަަށް ގެނެވުނު ބަދަލުތައް ދިރާސާކުރުމަށްވަނީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ “ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ” ގެ ނަން “އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ”ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުކުރެއްވީ ނިމިދިޔަ ސެޕްޓެމްބަރު މަބހުގެ 25 ވަނަ ދުވަހުއެވެ.
މި ބަދަލާއެކު، ދައުލަތުގެ އިދާރާތަކުން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީ/ނޯޓުގައި ޖައްސަވަމުން ގެންދަވާނީ ނަންބަރު 488ކެވެ.
އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގައި މިހައިތަނަށް ހުންނެވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ތިލްމީޒާ ހުސައިން އެވެ.

