ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލުގެ ނުރުހުން ސަރުކާރަށް: ފުލުހުންގެ ގާނޫނާއި ހިލާފުވާއިރު އެޗްއާރުސީއެމް ކޮބާ؟

މަސްވެރިންގެ ދިފާއުގައި އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ފުލުހުން ފާޅުކަން ބޮޑުގޮތެއްގައި ގާނޫނު އަސާސީ އާއި ހިލާފު އަމަލުތަކެއް ހިންގަމުންދާއިރު ހިއުމަން ރައިޓް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ފިޔަވަޅެއް ނާޅާ ސަބަބާއި މެދު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސުވާލު އުފައްދައިފި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ފާޅުކަން ބޮޑުގޮތެއްގައި ފުލުހުން ގާނޫނާއި ހިލާފު އަމަލުތައް ހިންގަމުންދާއިރު ވެސް އެޗްއާރުސީއެމް އޮތީ ހަނުކަމަށާއި، ކޮމިޝަނަށް އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ.

މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދީ، މަހަށް ހަމަ އަގު ހޯދައިދޭން ގޮވާލައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިއްޔެ މަސް މާރުކޭޓު ސަރަހައްދުން ފެށި މުޒާހަރާ ރޫޅާލާފައި ވަނީ ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްގެންނެވެ. އަދި އެއްވުމުގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި 10 މީހަކު ހައްޔަރުކޮށް ތިބީ ބަންދުގަ އެވެ.

އެއްވުން ރޫޅާލުމަށް ފުލުހުން އަމަލު ކުރިގޮތުގެ މައްޗަށް ފާޑުކިއުންތައް އަމާޒުވެފައިވާއިރު، ޑރ. ޖަމީލް އެ ވާހަކަތަކަށް ތާއީދު ކުރައްވައި ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގެ ދަށުން ކަށަވަރުކޮށް ދިން ނަމަވެސް ފުލުހުންގެ ނަޒަރުގައި އެއީ މިހާރު ޖިނާއީ ކުށަކަށް ވެފައިވާކަމަށެވެ. ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން ދާއިރު އެފަދަ މައްސަލަތައް ބެލުމުގެ ޒިންމާ އޮންނަ އެޗްއާރުސީއެމްގެ އެއްވެސް ހިލަމެއް ނެތް ސަބަބާއި މެދު ޖަމީލު ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވީ ފުލުހުން ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނާއި ހިލާފުވަމުން ކަމަށެވެ.

މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލު ކުރީ ގޯސްކޮށްކަމަށް ބުނެ، އިއްޔެގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުންގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

މައްސަލަ ރައްޔިތުންގެ މަޖިލީހަށް، މިއަދު ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފަ އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮންނަ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅާފައި ވަނީ މަސް މާރުކޭޓުގެ ސަރަހައްދުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ އިހުތިޖާޖު ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރިކަމަށް ބުނެ އެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި އެ މައްސަލައިގައި ވިދާޅުވީ، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގެއްކަމަށެވެ. އަދި ސަރުކާރުން އެ ހައްގު ހަނިކޮށް ރައްޔިތުން ހައްގުތަކުން މަހުރޫމު ކުރަމުންދާއިރު އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ. މައްސަލައިގައި ބުނެފައި ވަނީ ބާރުގެ ބޭނުންކޮށް، އެއްވުމުގެ ބައިވެރިން ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ޕާޓީގެ ހައްގުތަކާއި ޒިންމާތައް އަދި މަސައްކަތްތަކަށް ހުރަސްއެޅުމަށް ސަރުކާރުން އަންގައިގެން ކަމަށެވެ. މިއީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި އަދި ގާނޫނާއި ހިލާފު އަމަލެއްގެ ގޮތުގައި ދެކޭތީ، އެ މައްސަލަ ބެލުމަށް ހުސެއިން މުހައްމަދު ހުށަހެޅުއްވި އެވެ.

ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 08 މެމްބަރުން ނެވެ. އަދި މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް 23 މެމްބަރަކު ވޯޓު ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: