ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީގެ އެދުމަށް މުވައްޒަފަކު، ހައްޖުގެ އެހީތެރިއެއްގެ ގޮތުގައި ދިޔަ: ޑރ. ޒާހިރު

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖުގެ އަޅުކަމަށް ހައްޖު ކޯޕަރޭޝަނުގެ އެހީތެރިންގެ ގޮތުގައި ގެންދާނެ މީހުން ހޮވާފައި ވަނީ އުސޫލުތަކާއި އެއްގޮތަށްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ. 

ހައްޖަށް އެހީތެރިން ގެންދިއުމުގައި ނުފޫޒާއި، ބާރުގެ ބޭނުންކޮށް ކޮރަޕްޝަނަށް މަގުފައިވާ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރައްވާފައި ވަނީ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އެވެ. އެކަން ސާފު ކުރުމަށް، މެމްބަރުގެ ފަރާތުން މަޖިލީސް މެދުވެރިކޮށް ހުށަހެޅު ސުވާލުގައި ވަނީ އެއްވެސް ގޮތަކަށް ސައުދީ އަރަބިއްޔާއަށް ދަތުރު ކުރައްވާފައި ނުވާ އަދާލަތު ޕާޓީގެ މެމްބަރުންނާއި، އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން ވަކި ބަޔަކަށް ފުރުސަތު ދީގެން ހައްޖު ކޯޕަރޭޝަނުގެ މެމްބަރުންގެ ގޮތުގައި މީހުން ގެންގޮސްފައިވޭތޯ އެވެ.

އިބްރާހިމް ރަޝީދު ވަނީ ހައްޖާއި އުމުރާ ދަތުރުތަކަށް ވަޑައިގެން އަމަލީ ގޮތުން މަސައްކަތް ކުރައްވާ، އަދި އަރަބި ބަސް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން ކުރިމަތިލާފައި ވަނިކޮށް އެ މީހުންނަށް ފުރުސަތު ނުދޭކަމަށް ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ވޭތޯ ސާފުކޮށްދޭން ވެސް އެދިފަ އެވެ.

ސުވާލުގެ ޖަވާބު ލިޔުމުން ދެއްވައި މިނިސްޓަރު ވިދާޅުވީ، ހައްޖު އެހީތެރިން ހޮވާފައި ވަނީ ރިސޯސް ޕޮލިސީގައި ދަށުން އެކަމަށް އިއުލާނުކޮށް، ފޯމު ހުށަހެޅި މީހުންނާއި އިންޓަވިއުކޮށް އެންމެ މަތީން ޕޮއިންޓު ހޯދި މީހުންނަށް އިސްކަން ދީގެން ކަމަށެވެ. އަދި ތަނުގެ މުވައްޒަފަކު އެހީތެރިއެއްގެ ގޮތުގައި ބައިވެރިވީ މިނިސްޓްރީން އެގޮތަށް އެދިގެންކަމަށް ޖަވާބުގައި ވެއެވެ.

ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލުއޭޓްކޮށް، ޕޮއިންޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފައިވާ އަމަލުތައް ހިންގާ މައްސަލަތައް ވެސް ދޭތެރެއަކުން ފެންމަތިވެ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ނަގާ ހައްޖު ކޯޓާތަކާ މެދު އަމަލުކުރާނެ އުސޫލެއް އާންމުނުކޮށް ޖާގަތައް ނުނެގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އަންގާފަ އެވެ. ނަމަވެސް އުސޫލު ރިވިއު ނުކޮށް މިދިޔަ އަހަރުތަކުގައި ޖާގަ ރިޒާވް ކުރުމުން އެ މައްސަލަ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

މި އަހަރު ރާއްޖެއަށް ލިބުނު 453 ހައްޖު ކޯޓާގެ ތެރެއިން، 68 ކޯޓާ އިސްލާމިކް މިނިސްޓްރީއަށް ވަނީ ނަގާފަ އެވެ. މީގެ ކުރީގައި އެ އަދަދު 80 އަށް ވެސް އަރާފައި އެބަހުއްޓެވެ. މިގޮތަށް ޖާގަތައް މިނިސްޓްރީން ރިޒާވް ކުރަނީ “ދިވެހި ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު” ގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: