ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުވެރިންގެ ޕީސީއާރު ޓެސްޓު ހެދުމަށް މެޑިފްލެކްސްއަށް ދިނީ އައިޖީއެމްއެޗް އަގުބޮޑުކަމުން!

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖުވެރިންގެ ސައޫދީއަށް ފުރުމުގެ ކުރިން ހަދަން ޖެހޭ ޕީސީއާރް ޓެސްޓް މެޑިފްލެކްސް ލެބޯޓަރީ މެދުވެރިކޮށް ހަދަން ޖެހުނީ، އައިޖީއެމްއެޗްގެ އަގުތައް ބޮޑު ވެގެންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ހައްޖުގެ އަަޅުކަން އަދާކުރުމަށް އެހީތެރިންގެ ގޮތުގައި ދާ މިޝަންގެ މެމްބަރުން އެކުލަވާލުމުގައި އުސޫލާއި ހިލާފަށް އަމަލުކޮށްފައި ވާނެތޯ އާއި، ސަރުކާރުގެ ހޮސްޕިޓަލުތަކުން ހައްޖުވެރިންނަށް ކޮވިޑު ޓެސްޓު ހެދޭނެ ގޮތް ހަމަޖެހިފައި ވަނިކޮށް ހައްޖު ކޯޕަރޭޝަނުން އެއްވެސް އަމިއްލަ ކްލިނިކަކަށް ފައިސާ ދައްކައިގެން ޓެސްޓު ހަދާފައިވާނެތޯ މިނިސްޓަރާއި ސުވާލު ކުރައްވާފައި ވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އެވެ.

ލިޔުމުން ޖަވާބު ހުށަހަޅުއްވައި މިނިސްޓަރު ވިދާޅުވީ ހައްޖުވެރިން ސައުދީއަށް ފުރުމުގެ ކުރިން، ކޮވިޑު-19 އަށް ޓެސްޓު ކުރުމަށް ހަދަން ޖެހުނު ޕީސީއާރު ޓެސްޓު ހެދީ މެޑިފްލެލްސް ލެބޯޓްރީން ކަމަށެވެ. އަދި އެ ކުންފުންޏާއި އެގޮތަށް މަސައްކަތް ހަވާލު ކުރަން ޖެހުނު ސަބަބެއްކަމަށް ޑރ. ޒާހިރު ވިދާޅުވީ އައިޖީއެމްއެޗުގެ ޓެސްޓު ހެދުން އަގުބޮޑުވުމެވެ.

ހައްޖުވެރިންނަށް ޕީސީއާރު ޓެސްޓު ހައިދައިދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކުރީ، ހައްޖު ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓު ޕޮލިސީގެ ދަށުންކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެއާއި އެގޮތަށް އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ މެޑިފްލިކް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކުންފުނިން ހުށަހެޅީ، ޓެސްޓުތައް ބޮލަކަށް 200 ރުފިޔާގެ ރޭޓުންނެވެ.

އައިޖީއެމްއެޗުން އެ ހިދުމަތް ދެނީ ބޮލަކަށް 700 ރުފިޔާގެ ރޭޓުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން ޑރ. ޒާހިރު ވިދާޅުވީ ޕީސީއާރު ޓެސްޓުތައް ފުލުހުންގެ މުވައްސަސާ މެދުވެރިކޮށް ހަމަޖެހޭތޯ ވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ފުލުހުންނާއި އެ މަސައްކަތް ހަވާލު ނުކުރެވުނީ އެވަގުތު ފުލުހުންގެ އެކަމަށް ބޭނުންވާ ބައެއް ވަސީލަތްތައް ނެތުމުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޑރ. ޒާހިރު ވިދާޅުވީ ފުލުހުންގެ އެ ވަސީލަތްތައް ފުރިހަމަ ކުރުމަށް ހެލްތް ޕްރޮޓެކްޝަން (އެޗްޕީއޭ) އާއި އެކު ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: