ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ތަރައްގީގައި ޗައިނާ ދައުރު ބޮޑު: ރައީސް ސާލިހު

ރައީސް ސާލިހު އާއި ޗައިނާގެ ރައީސް ޝީ ޖިންފިންގ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިޖްތިމާއީ، ސަގާފީ އަދި އިގްތިސާދީ ތަރައްގީގައި ޗައިނާއިން ބޮޑު ހިއްސާއެއް ވެދީފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާ ޗައިނާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި ޕްރިމިއަރ އޮފް ދަ ސްޓޭޓް އޮފް ކައުންސިލް ޗައިނާ ލީ ކީކްޔާންގ އަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައެވެ.

ޗައިނާގެ ރައީސް ޝީ ޖިންގޕިންގ އަށް ތަހުނިޔާ ވިދާޅުވެ ރައީސް ފޮނުއްވި މެސެޖްގައި، ދިވެހިރާއްޖެއާ ޗައިނާގެ މެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ، ދިގުތާރީހެއް އޮތް ގުޅުމެއް ކަމުގައި ވިދާޅުވިއެވެ.

ފާއިތުވި ވިހި އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޖްތިމާއީ، ސަގާފީ އަދި އިގްތިސާދީ ތަރައްގީގައި ޗައިނާ އިން ނުހަނު ބޮޑު ހިއްސާއެއް ވެދީފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވި ގޮތުގައި ރާއްޖެއާ ޗައިނާގެ ގުޅުން ބިނާވެފައިވަނީ ތާރީހީ ގުޅުންތަކާއި ސިޔާދަތީ ހަމަހަމަ ކަމާއި ދެގައުމުގެ މެދުގައި އޮތް އިހްތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖެއާ ޗައިނާގެ މިގުޅުން އިތުރަށް ކުރިއަރައި ދެމިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް ސާލިހުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

ޗައިނާގެ ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ވަކިން ރައީސް  ފޮނުއްވެވި މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާގެ ތާރީޚީ ގުޅުމާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެގައުމުންވެސް އެއްޤައުމު އަނެއްޤައުމުގެ އިސްތިޤުލާލަށް ކުރާ އިޙްތިރާމަކީ، ދެޤައުމުގެ ގުޅުމުގެ ހަރުދަނާ ބިންގާކަމަށާއި، ފާއިތުވި 50 އަހަރުވެސް ރާއްޖެއާ ޗައިނާގެ ގުޅުން ދެމިގެން އައީ އެ ބިންގަލުގެ މަތީގައި ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، އިޖުތިމާޢީ ތަރައްޤީ އާއި އިޤްތިޞާދީ ތަރައްޤީގެ އާ އުސްމިންތަކަށް ރާއްޖެ ވާޞިލްވުމުގައި، ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީ އާއިއެކު، ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ސާލިހު، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ވަކިވަކިން ފޮނުއްވެވި މި ދެ މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާއިން ގާތުން ގުޅިގެން ކުރެވޭ މަސައްކަތްތަކުން، ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތެރިކަމުގެ ގުޅުން ބަދަހިވެގެންދާނޭ ކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: