ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ކަސްޓަމަރުންނަށް، ދިވެހި ބަހުން މުއާމަލާތްކުރާ ފުރަތަމަ ޑިޖިޓަލް ކެއާ އެސިސްޓެންޓް “އެވީ”!

އުރީދޫ މޯލްޑިވްސް އިން އޭއައި ޓްކްނޮލޮޖީ މެދުވެރިކޮށް ދިވެހި ބަހުން މުއާމަލާތްކުރާ ފުރަތަމަ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" ތައާރަފު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައދައިފައިވާ ޑިޖިޓަލް ކެއާ އެސިސްޓެންޓް “އެވީ” އަޕްގްރޭޑްކޮށް، ކަސްޓަމަރުންނަށް ދިވެހި ބަހުން ޑިޖިޓަލް އެސިސްޓެންޓާ މުއާމަލާތް ކުރެވޭނެ ގޮތް އަލުން އެވީ ލޯންޗުކޮށްފިއެވެ.

މިއީ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ، މިހާރަށް ވުރެ ހުރިހާ އުމުރުފުރައެއްގެ ކަސްޓަމަރުންނަށް ހިދުމަތްތައް ހޯދުމުގައި ޓެކްނޮލޮޖީގެ އެހީގައި ލުއިގޮތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގެނައި ބަދަލެއްކަމަށް އުރީދޫއިން މައުލޫމާތު ދެ އެވެ.

އުރީދޫ ބްރޭންޑުގެ އާ ވިޝުއަލް އައިޑެންޓިޓީ އާއި އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ މުޅިން އާ ދިވެހި ފޮންޓް ވެސް ރަސްމީކޮށް ތައާރަފްކޮށްފަ އެވެ. “އަޕްގްރޭޑް ޔޯ ވޯލްޑް” ގެ ދަށުން ދާދި ފަހުން ކުންފުނީގެ ބްރޭންޑް އައިޑެންޓިޓީއަށް ގެނައި ސްޓްރެޓެޖިކް ބަދަލުތަކަކީ އުރީދޫގެ ޝަހުސިއްޔަތާއި ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް ކުރަމުން އަންނަ ދަތުރާއި ވިޔަފާރިއަށް އަންނަ ކުރިއެރުން ރަމްޒުކޮށްދޭ ކަމެކެވެ. އުރީދޫއިން ބުނީ މި ބަދަލުން ދައްކުވައިދެނީ ޓެކްނޮލޮޖީއާއި އެކު ހުޅުވިގެންދާ ފުރުސަތުތައް ތަނަވަސްކުރުމުގެ ވިސްނުން ކަމަށެވެ.

މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އޭއައި މެދުވެރިކޮށް ގުޅުވާލަދޭ ހިދުމަތްތަކާއި އެހެނިހެން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ބަދަލުކޮށް، މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިވާނެ ފަދަ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި މުޖުތަމައުގެ ތަސައްވަރާއި މަގްސަދާއި އެއްގޮތްވާ ގޮތުގެ މަތިން، އޭއައި ޕަވާޑް ޑިޖިޓަލް އެސިސްޓެންޓް އެވީ އާއި ދިވެހިން މުޢާމަލާތްކޮށް ހިދްމަތްތައް ހުރިހާ ކަސްޓަމަރުންނަށް ހޯދުމުގެ ފުރުސަތު ހުޅުވާލަދެވުމަކީ ލިބޭ އުފަލެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޚާލިދު ވިދާޅުވީ އުރީދޫ އޮޕަރޭޓްކުރާ ކޮންމެ މާކެޓެއްގައި އެގަމެއްގެ ބަހާއި ސަގާފަތް ހިފެހެއްޓުމަކީ އުރީދޫގެ ވަރަށް ބޮޑު އަމާޒެއްކަމާށާއި އެގޮތުން ރާއްޖޭގައި އުރީދޫގެ އަމިއްލަ ދިވެހި ފޮންޓެއް ރަސްމީކޮށް ތައާރަފްކުރުމަކީ ކުންފުންޏަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ދެކޭކަމަށެވެ. އަދި ވިދާޅުވީ މި ފޮންޓުގެ ސަބަބުން ދިވެހި ބަހުން މުއާމަލާތްތަކަށް އިސްކަންދީ، ކަސްޓަމަރުންނާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެ މުއާމަލާތްތަކުން އުރީދޫ ބްރޭންޑް އައިޑެންޓިޓީގެ އަސްލު ދައްކުވައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް އެސިސްޓެންޓް، އެވީ މެދުވެރިކޮށް މޮބައިލް ކަސްޓަމަރުންނަށް ކަސްޓަމާ ކެއާ އެޖެންޓަކާ ވާހަކަ ދެއްކުމަށް ކޯލްގައި ވަގުތު ހޭދަ ނުކުރައްވާ ޑޭޓާ، އެސްއެމްއެސް، ވޮއިސް އަދި ބިލް ބެލެންސް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. އަދި 929 އައިވީއާރު، ފޭސްބުކް މެސެންޖާ އަދި ވައިބާ ޕްލެޓްފޯމް މެދުވެރިކޮށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމަށް މިހާރު ހުޅުވަލާފައިވާއިރު، އެހެން ބޮޓްތަކެކޭ އެއްފަދައިން އެވީ ވެސް މިވަގުތު ހުރީ ދިވެހި ބަހުން ކަސްޓަމަރުންނާ މުޢާމަލާތްކުރުމުގެ އުނގެނުމުގެ މަރުހަލާގައެވެ.

މެޝިން ލަރނިންގ މެދުވެރިކޮށް އެވީ ހިދުމަތް އިތުރަށް ރަނގަޅުކޮށް ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ. އެވީ މެދުވެރިކޮށް ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން 929 އަށް ގުޅައި، ދިވެހި ބަހުން ކުރިއަށްގެންދިއުމަށްފަހު އޮޕްޝަން 1 އިޚްތިޔާރު ކުރެއްވުމުން އެވީ މެދުވެރިކޮށް ޙިދުމަތް ހޯދާލެވޭނެއެވެ.

އަލަށް ތައާރަފު ކުރި ހިދުމަތާއި ބެހޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާކޮށް އުރީދޫން ބުނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޑިޖިޓަލް ކެއަރ އެސިސްޓެންޓް “އެވީ” އަށް އިތުރަށް އިންވެސްޓްކޮށް، ހިދުމަތް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ޗެނަލްތަކުގައި ކަސްޓަމަރުންގެ މެދުގައި އޮންނަ މުއާމަލާތްތައް ބަދަލުކުރުމަށް ކުރިއަށްތޮތްތަނުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: