ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއިލާއިން ދެކޮޅު ހެދުމުން ވެސް، އެންއައިސީން ނިންމީ އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް!

އާއިލާ މެމްބަރުން މޯޗަރީއަށް ވަނުމަށް ފުލުހުން ވަނީ ހުރަސްއަޅާފައި/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގުގައި އިންސާފަށް ވާސިލުވުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމި ނިންމުމާއި އެއްގޮތަށް ކުރިޔަށްދާނެކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.

ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް، އަބްދުﷲ ގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްދޭން އެދުމުން ވަކި ގޮތެއް ނިންމުމަށް ފަހު ޖަވާބެއް ދޭނެކަމަށް ބުނެ އޭގެ އެއް ދުވަސް ފަހުން ކޮމިޝަނުން އާއްމު ކުރި ބަޔާނުގައި ބުނީ އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް ކުރިޔަށް ގެންދަނީ ޖިނާއީ ތަހުގީގެއް ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދާނީ ފުލުހުންނާއި ގުޅިގެން ނަމަވެސް ލީޑިން އިންވެސްޓިގޭޓަރެއްގެ ދައުރު އަދާ ކުރާނީ އެންއައިސީކަމަށް ބަޔާނުގައި ވެއެވެ.

މައްސަލައިގައި ފުލުހުންގެ ދައުރަކަށް ވާނީ، ކޮމިޝަނުގެ ތަހުގީގަށް އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށް ދިނުންކަމަށް ވެސް އެންއައިސީން ވަނީ ބުނެފަ އެވެ.

އާއިލާގެ އާދޭސްތަކަށް ބެލުމެއް ނެތި ކޮމިޝަނުގެ ނިންމުމާއި އެކު ކުރިޔަށް ދާން ނިންމައި ނެރުނު ބަޔާނުގައި ޕޯސްޓުމޯޓަމް ހެދުމަށް ނިންމި ސަބަބެއްކަމަށް ވަނީ އިންސާފަށް ވާސިލުވުމެވެ. އަދި އިންސާފު ހޯދުމަށް ތަހުގީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި އެއްގޮތަށް އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހަދާނެކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އަބްދުﷲ ގެ އާއިލާއަށް އަދި ވެސް އޭނާގެ މޫނު ދައްކާފައި ނުވެ އެވެ. ބޭނުން ވަނީ ވީހާވެސް އަވަހަށް އަބްދުﷲ ވަޅުލުމަށްކަމަށާއި، ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައި ކުރާކަމަކުން ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަން ފާހަގަކޮށް އާއިލާއިން ބުނީ އެފަދަ ރިޕޯޓަކުން ފެންނާނެ އިހުމާލެއް ނެތް ކަމަށެވެ. އާއިލާއިން ބުނެފައި ވަނީ އިތުރަށް، އެއްވެސް މައްސަލައެއް ޖައްސަން ބޭނުން ނުވާކަމަށާއި، ބޭނުން ވަނީ ޖަނާޒާ ބޭއްވުމަށް ކަމަށެވެ.

ހަށިގަނޑު އާއިލާއާއި ހަވާލުނުކޮށް، އަދި މޫނު ނުދައްކައި ޕޯސްޓުމޯޓަމް ހަދައިފި ނަމަ ހަށިގަނޑާއި ހަވާލު ނުވާނެކަމަށް އާއިލާގެ މެމްބަރުން މިއަދު މީޑިއާތަކަށް ބުންޏެވެ.

 

އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނައި ދުވަހުން ފެށިގެން އާއިލާގެ މެމްބަރުން ތިބީ މޯޗަރީ ކައިރީގަ އެވެ. ތަނުގެ ތެރެއަށް ވެއްދުމަށް ދެކޮޅު ހަދައި، މޯޗަރީ ކުރިމަތީ ފުލުހުން ދަނީ ޑިއުޓީ އަދާ ކުރަމުންނެވެ.

މީޑިއާތަކާއި ވާހަކަ ދައްކަމުން، އަބްދުﷲ ގެ މަންމަ ބުނީ ބޭނުން ވަނީ ދަރިފުޅަށް އިތުރު ގެއްލުމެއް ނެދީ ޖަނާޒާ ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: