ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމަ ދުވަހު އަބްދުﷲ ގެ ޕޯސްޓުމޯޓަމަށް ފޮނުވާކަމަށް ޕީޖީން ކޯޓުގައި ބުނުމުން، އާއިލާއަށް ސިހުމެއް!

އަބްދުﷲ ގެ އާއިލާއިން މީޑިއާތަކާއި ބައްދަލު ކުރުން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގުގައި އިންސާފަށް ވާސިލުވާންކަމަށް ބުނެ އޭނާގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައި ވާތީ އާއިލާއިން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް މި މަހުގެ 31 ގައި ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދުގެ އާއިލާއިން ނޫސްވެރިންނާ ބައްދަލުކޮށް އެދިފައިވަނީ ޕޯސްޓްމޯޓަމް ނުހަދައި އޭނާގެ ހަށިގަނޑު ހަވާލުކޮށްދޭންށެވެ.

އާއިލާގެ ރުހުމަކާއި ނުލައި އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމި ސަބަބެއްކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެފައި ވަނީ މައްސަލައިގެ އިންސާފަށް ވާސިލުވުމަށެވެ. މިއީ ގޮތް ނޭނގޭ މަރެއް ނޫންކަމާއި، ހަށިގަނޑުގެ ބޭރުފުށުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތުމުގެ އިތުރުން ހެލްތް ސެންޓަރުގެ ރިޕޯޓުގައި އަބްދުﷲ މަރުވީ ސަޑެން ކާޑިކް އެރެސްޓެއްގެ ސަބަބުންކަމަށް ވާތީ އާއިލާއިން އެދެނީ އިތުރު އެއްވެސް ޓެސްޓުތަކެއް ކުރިޔަށް ނުގެންދިއުމަށެވެ.

އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހަދައިގެން، ފުލުހުން އޭނާއާއި މެދު ވީ އިހުމާލުތައް ނުފެންނާނެކަމަށާއި، އެހެން ކަމުން ހަށިގަނޑަށް އިތުރު އެއްވެސް ގެއްލުމެއް ދޭން ބޭނުން ނުވާކަމަށް ތަކުރާރުކޮށް އާއިލާއިން ވަނީ ބުނެފަ އެވެ. އިސްލާމް ދީނުގައި ވާ ގޮތަކީ ވެސް، މައްޔިތާ ވީހާވެސް އަވަހަށް ހިނުވައި ވަޅުލުންކަމަށް ވާއިރު އެ ފުރުސަތު ނުދޭން މަސައްކަތް ކުރާ ސަބަބާއި މެދު އާއިލާއިން ސުވާލު އުފައްދަ އެވެ. އެންމެ ފަހުން އާއިލާއިން މީޑިއާތަކާއި ބައްދަލުކޮށް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި ކަމަކީ ވެސް އެއީ އެވެ. އަދި މިހާތަނަށް އާއިލާގެ އެއްވެސް މެމްބަރަކަށް އަބްދުﷲ ގެ މޫނު ދައްކާފައި ނުވާކަމަށް ވެސް މައުލޫމާތު ދެ އެވެ.

ސިވިލް ކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި އާއިލާގެ ފަރާތުން އެދިފައި ވަނީ އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުވައިދީ ހަށިގަނޑު ހަވާލުކޮށްދިނުމަށެވެ. އަދި މިހާތަނަށް ވެސް ރަސްމީކޮށް އެއްވެސް ލިޔެކިއުމެއް ބޭނުންކޮށްގެން އާއިލާއާއި އެއްވެސް މުއާމަލާތެއް ނުކުރާކަމަށް އާއިލާއިން މައްސަލައިގައި ފާހަގަ ކުރި އެވެ.

ހަށިގަނޑު ވަޅުލުމަށް ހޯދުމަށް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގައި އާއިލާގެ ހުރިހާ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. ފުލުހުންނަށް ރައްދުވާ މި މައްސަލައިގައި، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ތަދައްހުލްވި އެވެ. އަދި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތާއި، ފުލުހުން އަދި ޕްރޮސެކިއުޓާރ ޖެނެރަލްގެ ވަކީލުންގެ ވާހަކައަށް ފަހު މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ވީހާވެސް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

އެއާއި އެކު ފުރުސަތަކަށް އެދިވަޑައިގެން ފުލުހުން ބުނީ ޕޯސްޓުމޯޓަމަށް ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށް އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭތީ ވީހާވެސް އަވަހަށް ގޮތެއް ކަނޑައަޅައިދޭން އެދޭ ކަމަށެވެ. އޭގެ ފަހުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނީ، ހޯމަ ދުވަހުގެ ކުރިން ގޮތެއް ނިންމަވައިދޭން އެދޭކަމަށެވެ. އެއީ މިވަގުތު ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން އަބްދުﷲ ގެ ހަށިގަނޑު މި މަހުގެ 31 ގައި ރާއްޖެއިން ބޭރަށް ފޮނުވާތީކަމަށް ވިދާޅުވި އެވެ.

އެއަށް ފަހު ގާޒީ ވަނީ މައްސަލައިގެ އަޑުއެހުން ނިންމަވާލައްވާފަ އެވެ.

ޝަރީއަތް ކުރާ މާލަމުން ނިކުމެ، އާއިލާގެ ފަރާތުން އެތަނަށް ހާޒިރުވި ނޫސްވެރިންނަށް ބުނީ އެފަދަ އެއްވެސް އެންގުމެއް މީގެ ކުރިން އަންގާފައި ނެތް ކަމަށާއި އަބްދުﷲ ގެ ހަށިގަނޑު 31 ގައި ރާއްޖެއިން ބޭރަށް ގެންދަން އުޅޭކަން އެނގުނީ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިންކަމަށެވެ. ކަންބޮޑުވުންފާޅުކޮށް އާއިލާއިގެ މެމްބަރުން ބުނީ، މިއީ އެއްގޮތަކަށް ވެސް ކަން ހިނގައިގެން ވާނެ ގޮތެއް ނޫން ކަމަށެވެ. އެފަދަ ބޮޑު ނިންމުމެއް ނިންމިއިރު އާއިލާއާއި އެއްވެސް ވާހަކައެއް ދައްކާފައި ނުވާކަމަށް ވެސް ފާހަގަ ކުރި އެވެ.

އާއިލާގެ މެމްބަރުން ބުނީ، އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނައި ދުވަހުން ފެށިގެން 24 ގަޑިއިރު އެނެމެން ތިބެނީ މޯޗަރީ ކުރިމަތީ ނުވަތަ ތަނުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެފަދަ ވާހަކައެއް އާއިލާއާއި ހިއްސާ ނުކުރީ ކީއްވެގެން ތޯ ސުވާލު އުފެއްދި އެވެ.

ބްދުﷲ ގެ އާއިލާއަށް އަދި ވެސް އޭނާގެ މޫނު ދައްކާފައި ނުވެ އެވެ. ބޭނުން ވަނީ ވީހާވެސް އަވަހަށް އަބްދުﷲ ވަޅުލުމަށްކަމަށާއި، ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައި ކުރާކަމަކުން ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަން ފާހަގަކޮށް އާއިލާއިން ބުނީ އެފަދަ ރިޕޯޓަކުން ފެންނާނެ އިހުމާލެއް ނެތް ކަމަށެވެ. އާއިލާއިން ބުނެފައި ވަނީ އިތުރަށް، އެއްވެސް މައްސަލައެއް ޖައްސަން ބޭނުން ނުވާކަމަށާއި، ބޭނުން ވަނީ ޖަނާޒާ ބޭއްވުމަށް ކަމަށެވެ.

އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނައި ދުވަހުން ފެށިގެން އާއިލާގެ މެމްބަރުން ތިބީ މޯޗަރީ ކައިރީގަ އެވެ. ތަނުގެ ތެރެއަށް ވެއްދުމަށް ދެކޮޅު ހަދައި، މޯޗަރީ ކުރިމަތީ ފުލުހުން ދަނީ ޑިއުޓީ އަދާ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: