ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނެރެދޭނެ ހާލަތެއް ނެތް: ސިވިލް ކޯޓު

އާއިލާ މެމްބަރުން މޯޗަރީއަށް ވަނުމަށް ފުލުހުން ވަނީ ހުރަސްއަޅާފައި/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގުގައި އިންސާފަށް ވާސިލުވާންކަމަށް ބުނެ އޭނާގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައި ވާތީ އާއިލާއިން އެކާއި ދެކޮޅަސް މައްސަލަ ހުށަހެޅި ނަމަވެސް  ޕޯސްޓުމޯޓަމް ހެދުން ހުއްޓުވާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދުގެ އާއިލާއިން ނޫސްވެރިންނާ ބައްދަލުކޮށް އެދިފައިވަނީ ޕޯސްޓްމޯޓަމް ނުހަދައި އޭނާގެ ހަށިގަނޑު ހަވާލުކޮށްދޭންށެވެ.

އާއިލާގެ ރުހުމަކާއި ނުލައި އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމި ސަބަބެއްކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެފައި ވަނީ މައްސަލައިގެ އިންސާފަށް ވާސިލުވުމަށެވެ. މިއީ ގޮތް ނޭނގޭ މަރެއް ނޫންކަމާއި، ހަށިގަނޑުގެ ބޭރުފުށުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތުމުގެ އިތުރުން ހެލްތް ސެންޓަރުގެ ރިޕޯޓުގައި އަބްދުﷲ މަރުވީ ސަޑެން ކާޑިކް އެރެސްޓެއްގެ ސަބަބުންކަމަށް ވާތީ އާއިލާއިން އެދެނީ އިތުރު އެއްވެސް ޓެސްޓުތަކެއް ކުރިޔަށް ނުގެންދިއުމަށެވެ.

އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހަދައިގެން، ފުލުހުން އޭނާއާއި މެދު ވީ އިހުމާލުތައް ނުފެންނާނެކަމަށާއި، އެހެން ކަމުން ހަށިގަނޑަށް އިތުރު އެއްވެސް ގެއްލުމެއް ދޭން ބޭނުން ނުވާކަމަށް ތަކުރާރުކޮށް އާއިލާއިން ވަނީ ބުނެފަ އެވެ. އިސްލާމް ދީނުގައި ވާ ގޮތަކީ ވެސް، މައްޔިތާ ވީހާވެސް އަވަހަށް ހިނުވައި ވަޅުލުންކަމަށް ވާއިރު އެ ފުރުސަތު ނުދޭން މަސައްކަތް ކުރާ ސަބަބާއި މެދު އާއިލާއިން ސުވާލު އުފައްދަ އެވެ. އެންމެ ފަހުން އާއިލާއިން މީޑިއާތަކާއި ބައްދަލުކޮށް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި ކަމަކީ ވެސް އެއީ އެވެ. އަދި މިހާތަނަށް އާއިލާގެ އެއްވެސް މެމްބަރަކަށް އަބްދުﷲ ގެ މޫނު ދައްކާފައި ނުވާކަމަށް ވެސް މައުލޫމާތު ދެ އެވެ.

ސިވިލް ކޯޓުގައި އާއިލާގެ ފަރާތުން އެދިފައި ވަނީ އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުވައިދީ ހަށިގަނޑު ހަވާލުކޮށްދިނުމަށެވެ. އަދި މިހާތަނަށް ވެސް ރަސްމީކޮށް އެއްވެސް ލިޔެކިއުމެއް ބޭނުންކޮށްގެން އާއިލާއާއި އެއްވެސް މުއާމަލާތެއް ނުކުރާކަމަށް އާއިލާއިން މައްސަލައިގައި ފާހަގަ ކުރި އެވެ.

މި މައްސަލަ ސިވިލް ކޯޓުގައި ބެއްލެވި ސިވިލް ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ހުކުމުގައި ވަނީ ގާނޫނާއި ގަވާއިދުގައި ވާ ގޮތުގެ މަތީން އިހުމާލުން މީހަކު މަރުވިކަމަށް ބެލެވޭ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދަން ނިންމުމުގެ އިހްތިޔާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވާ ކަމަށެވެ. އެހެންވެ އާއިލައިން އެދިފައިވާ ގޮތަށް ޕޯސްޓުމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމާފަ އެވެ.

އާއިލާގެ މެމްބަރުން ބުނީ، އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނައި ދުވަހުން ފެށިގެން 24 ގަޑިއިރު އެނެމެން ތިބެނީ މޯޗަރީ ކުރިމަތީ ނުވަތަ ތަނުގެ ތެރޭގައި ކަމަށެވެ. އަދި މާދަމާ ޕޯސްޓުމޯޓަމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ކޯޓުގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ހާމަކުރުމުން، އާއިލާއިން ވަނީ އެކަން ފުރަތަމަ އާއިލާއާއި ހިއްސާ ނުކުރީ ކީއްވެގެން ތޯ ސުވާލު އުފެއްދި އެވެ.

އަބްދުﷲ ގެ އާއިލާއަށް އަދި ވެސް އޭނާގެ މޫނު ދައްކާފައި ނުވެ އެވެ. ބޭނުން ވަނީ ވީހާވެސް އަވަހަށް އަބްދުﷲ ވަޅުލުމަށްކަމަށާއި، ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައި ކުރާކަމަކުން ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަން ފާހަގަކޮށް އާއިލާއިން ބުނީ އެފަދަ ރިޕޯޓަކުން ފެންނާނެ އިހުމާލެއް ނެތް ކަމަށެވެ. އާއިލާއިން ބުނެފައި ވަނީ އިތުރަށް، އެއްވެސް މައްސަލައެއް ޖައްސަން ބޭނުން ނުވާކަމަށާއި، ބޭނުން ވަނީ ޖަނާޒާ ބޭއްވުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: