ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮފައިލް ޝީޓުގެ ހިދުމަތަކީ ދެފުށް ފެންނަ ގޮތަށް ވިޔަފާރިތައް ކުރެވޭނެ ނިޒާމެއް: ވިސާމް

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓްރީއިން ތައާރަފްކޮށްފައިވާ ޕްރޮފައިލް ޝީޓު ބެލުމުގެ ހިދުމަތަކީ، ވިޔަފާރި ކުރާ ތަންތަން ރެޖިސްޓްރީ ކުރެވިފައިވާކަން ކަށަވަރު ކުރުމަށް އިންތިޒާމު ކުރެވިފައިވާ ހިދުމަތެއްކަމަށް މިނިސްޓްރީގެ ރެޖިސްޓްރާރ އޮފް ކޮމްޕަނީޒް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

“ސަންގުޓީވީ” އަށް ދެއްވި އެކްސްލޫސިވް އިންޓަވިއުއެއްގައި އޮންލައިން ވިޔަފާރިތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިސާމް ވިދާޅުވީ، ބައެއް އޮންލައިން ވިޔަފާރިތަކުން މުދަލެއް ފޯރުކޮށްދޭނެކަމަށް ބުނެ ދުރާލައި ފައިސާ ހޯދުމަށް ފަހު، ފަސް ތާރީހެއްގައި މުދާ ފޯރުކޮށްދިނުން ފަދަ ކަން ކަން އެކި މިންގަނޑުތަކުގައި ކުރެވެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ގަންނަ ފަރާތްތަކުގެ ހައްގުތައް ގެއްލިގެންދާކަމަށް އެނާ ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ، މިނިސްޓްރީން އެފަދަ ކަންކަން ހުއްޓުވައި ހައްލު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، މައުލޫމާތު ހާމަކުރުން ހިމެނޭކަމަށެވެ. އަދި ވިދާޅުވީ މިނިސްޓްރީގެ ބިޒްނަސް ރެޖިސްޓްރީން ކޮންމެ ފަރާތަކަށް ވެސް ވިޔަފާރިއެއްގެ ޕްރޮފައިލް ޝީޓެއްގައި ހުންނަ އަސާސީ މައުލޫމާތުތައް ހޯދުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.

އެނާ ވިދާޅުވީ، އެ އުސޫލުގެ ދަށުން އެ ވިޔަފާރިއަކީ، ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިއެއްކަން، އަދި މިނިސްޓްރީގެ މައުލޫމާތުގައިވާގޮތުން އެ ވިޔަފާރިއެއް ގާއިމުކޮށްފައި ހުރިކަމަށް ބުނާ ތަނެއްގެ އިތުރުން ވިޔަފާރީގެ ވެރިފަރާތުގެ ނަން އަދި ވިޔަފާރީގެ ހަރަކާތްތަކާއި ގުޅޭ މައުލޫމާތުވެސް ހޯދެން ހުންނާނެކަމަށް ވިސާމް ވިދާޅުވިއެވެ.

އެކި ނަންނަމުގައި ބްރޭންޑު ކުރެވިގެން އޮންލައިން ވިޔަފާރިތައް ކުރަމުންދާކަމަށް އިޝާރާތްކުރައްވާ ވިސާމް ވިދާޅުވީ، އެ ނަމަކީ، ރެޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިއަކާއި ގުޅުން ހުރި ނަމެއް ތޯވެސް ބެލޭނެކަމަށެވެ.

ވިޔަފާރިތައް ފުޅާ ކުރުމަށް ބޭނުންވެގެން، ކޮންސަލްޓެންސީ ހޯދުމަށް ދާ ބައެއް ފަރާތްތަކުން އެ ވިޔަފާރިތައް ފަށާއިރު، ރެޖިސްޓްރީ ނުކުރާ ކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ވިސާމް ވިދާޅުވީ، އެހެން އެކަން ފެންނަމުން ދިއުމުގެ ސަބަބުން، ގާނޫނުގައި އޮތް ގޮތަށް ވިޔަފާރިއެއް ރެޖިސްޓްރީ ކުރުމުގެ ފަސޭހަކަމާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަމަށެވެ.

ވިސާމް ވިދާޅުވީ، ގާނޫނުގައި ވާގޮތަށް ރެޖިިސްޓްރީ ކުރުމަށް ދަތިތަކަށް މިނިސްޓްރީއަށް ގަބޫލު ނުކުރެވޭކަމަށެވެ. އެނާ ވިދާޅުވީ، ރެޖިސްޓްރީ ނުކޮށް ވިޔަފާރި ކުރުމުން އެ ވިޔަފާރީގެ ކުރިމަގަށް ހުރަސްތަކެއް އެޅިގެންދާނެކަމަށެވެ. އަދި 10 އަހަރުގެ މުއްދަތަކަށް ރެޖިސްޓަރ ކުރުމަށް ނަގަނީ 500 ރުފިޔާކަމަށްވެސް ވިސާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ، މިހާރު މިނިސްޓްރީއިން ވާނީ ކުރެވޭ ވިޔަފާރިތަކުގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގައި، މިނިސްޓްރީގެ ފަރާތުން އޮންލައިން ހިދުމަތެއް ތައާރަފްކޮށްފައިކަމަށެވެ. ވިސާމް ވިދާޅުވީ، ވިޔަފާރިއެއް ކުރުމަށް ނުވަތަ އޮންލައިންކޮށް މުދަލެއް ގަތުމަށް ނިންމާއިރު، އެ ވިޔަފާރީގެ އަސްލު ދެނެގަތުމުގެ ފަސޭހަކަމާއި، ރަޖިސްޓްރީ ކުރެވިފައިވާ ތަނެއްކަން ކަށަވަރު ކުރުމުގެ ފުރުސަތުވަނީ ފަހިކޮށްފައިކަމަށެވެ.

ވިސާމް ވިދާޅުވީ، ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރު ކުރެވޭނީ ޕްރޮފައިލް ޝީޓެއް ބަލައިގެން ކަމަށެވެ. ކޮންމެ ވިޔަފާރިއެއްގެ ވެސް ޕްރޮފައިލް ޝީޓެއް ވާނެކަން ފާހަގަކޮށް ވިސާމް ވިދާޅުވީ، އެ ޝީޓު ހިއްސާ ކުރުމުން އޭގައިވާ، ކޯޑެއް ބޭނުންކޮށްގެން، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން އެ ވިޔަފާރި އާއި ގުޅޭ ތަފްސީލު މައުލޫމާތު ލިބޭނެކަމަށެވެ.

އެނާ ވިދާޅުވީ، އެ ހިދުމަތް ދިނުމުގެ މައިގަނޑު އެއް ވިސްނުމަކީ، ދެފުއް ފެންނަ ގޮތަށް ވިޔަފާރިތައް ކުރެވޭނޭ ނިޒާމެއް ފަހިކޮށްދިނުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: