ޗާގޮސްއަކީ ރައްކައުތެރި ކުރެވިފައިވާ ތަނެއް ގޮތުގައި ދެމެހެއްޓުމުގެ ކަންކަމާއިމެދު މަޝްވަރާ ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގެ ސަރުކާރުގެ ކިބައިން އެދިވަޑައިގެންފިއެވެ.
ބްރިޓިޝް އިންޑިއަން ޓެރިޓޮރީގެ ޑީކޮލޮނައިޒޭޝަންގެ މަސައްކަތްތައް ކުރެވެމުންދާކަމާއިމެދު އިނގިރޭސިވިލާތައް މަރުހަބާ ކިޔުއްވާ ރައީސް ނަޝީދު ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވާގޮތުން ދަލުގެ މަސްވެރިކަން ކުރާ ގައުމުތަކުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގައިވަނީ އިންތިހާއަށް މަސް މަދުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ ސަރަހައްދުގައި އެފަދަ މަސްވެރިކަމުގެ އުސޫލުތަކުން ހަމަ އެކަނި ރައްކައުތެރި ކުރެވިފައިވާ ސަރަހައްދަކީ ރާއްޖެ އަދި ޗާގޮސްގެ ސަރަހައްދެވެ. އަދި ރާއްޖެއިން މަސްވެރިކަން ކުރަމުންދަނީ ދެމެހެއްޓިނިވި އުސޫލެއްގެ މަތިންކަމަށާއި ކަމާއި ނުގުޅޭ އެއްވެސް ދިރުމެއް އެފަދަ އުސޫލެއްގެ މަތިން ބޭނުމުން ނުނެގޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ބްރިޓިޝް އިންޑިއަން ޓެރިޓޮރީގެ ރަށްތައް ޑީކޮލޮނައިޒް ވަމުން އަންނަ އިރު ޗާގޮސް އަދީ ރައްކައުތެރި ކުރެވިފަިއވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި އެ ގޮތުގެ މަތިން ދެމެހެއްޓުމާއިމެދު މޮރިޝަސް ލަންކާ ސީޝެލްސް އަދި ރާއްޖެއަށްވެސް އެއްބަސްވެވޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ޗާގޮސް ސަރަހައްދުގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަލުގެ މަސްވެރިކަން ފަދަ ގެއްލުން ހުރި އުސޫލުތަކުގެ މަތިން މަސްވެރިކަން ކުރަމުން އަންނަ އެއްވެސް ފަރާތަކަށް ރާއްޖެއިން ބައެއް ސަރުކާރުން އެއްވެސް ބައެއް ދޫނުކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ.


2 Responses
ސާބަސް ރައީސް ނަޝީދު ތީގައުމު ދެކެވާލޯބި ތިކަމުުންވެސް ފާޅުވޭ .
ސާބަސް ރައީސް ނަޝީދު ތީގައުމު ދެކެވާލޯބި ތިކަމުުންވެސް ފާޅުވޭ .