ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އޮފީހާއި، ހިތަދޫގެ ބައެއް ތަންތަނުގައި ”އިންޑިއާ އައުޓް“ ޖަހައިފި

ހިތަދޫގައި ހުންނަ ނަޝީދުގެ އޮފީހުގައި އިންޑިއާ އައިޓް ޖަހާފައި - ފޮޓޯ: އައްޑޫލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ހިތަދޫގައި ހުންނަ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީސް ފާރުގައި އިންޑިއާ އައުޓް ސްޕްރޭކޮށްފި އެވެ.

އިދިކޮޅު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ އިސް ލީޑަރުން އައްޑޫއަށް ވަޑައިގަތް ދަތުރާއި ވެސް ދިމާވި ވަގުތުގައި ރައީސް ނަޝީދުގެ އޮފީހުގެ އިތުރުން މޭޔަރު އަލީ ނިޒާރު ދިރިއުޅޭ ގެއާއި ކައުންސިލް އިދާރާގެ ބޭރު ފާރު އަދި ރަށުގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް އިންޑިއާ އައުޓް ޖަހާފައި ވެއެވެ.

މީގެއިތުރުން  ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ގޭގައި ވެސް ވަނީ އިންޑިއާ އައުޓް ޖަހާފައި ވެއެވެ.

އައްޑޫގެ ބައެއް އިމާރާތަކުގައި އިންޑިއާ އައުޓް ސްޕްރޭކޮށްފައި/ފޮޓޯ: އައްޑޫ ލައިވް

ކަޅު ކުލައިގެ ސްޕްރޭ ބޭނުންކޮށްގެން، ފާރުގައި ލިޔެފައި ވަނީ އިންޑިއާ އައުޓް އެކަންޏެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ނުވީ ނަމަވެސް، އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން ބަލަމުން ދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވެ އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު އޮތްކަމަށް ބުނެ، އިދިކޮޅުން އިސްނަގައިގެން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޭގެ ދަށުން ކުރިޔަށް ގެންދާ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވާފަ އެވެ. ރައީސްގެ ގަރާރު ނެރުމުގެ ކުރިން މާލޭގައި އިންޑިއާ އައުޓް ބެނާތައް ޖެހުމާއި، އެކި ގެތަކުގެ ފާރުގައި އިންޑިއާ އައުޓް ސްޕްރޭ ކުރުމުގެ މައްސަލަ ވަރަށް ބޮޑުވި އެވެ. އަދި ކޯޓު އަމުރުތަކެއްގެ ދަށުން ރައީސް ޔާމީން ދިރިއުޅުއްވާ ގޭގައި ހަރު ކުރި ބެނާ ހިމެނޭހެން އިތުރު ބައެއް އިމާރާތްތަކުން ވެސް ބެނާ ނަގާފައި ވެއެވެ.

ހިތަދޫ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީން އެމަނިކުފާނުގެ ގޭގައި ނެގި އިންޑިއާ އައުޓް ބެނާ ކޯޓު އަމުރެއްގެ ދަށުން ގެންދިޔަ މައްސަލައިގައި ވާހަކަ ދެއްކެވި އެވެ. ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ޖެހި ޓީޝާޓުތަކާއި އެކު ނިމުކެ ހިންގި ހަރަކާތްތަކަށް ހުރަސް އެޅީ ސަރުކާރުންކަމަށެވެ.

އައްޑޫގެ ދަތުރުފުޅަށް ފަހު، އިއްޔެގެ އިރުއޮއްސުނު ވަގުތު ރައީސް ޔާމީން ވަނީ މާލެ ވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: