ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ކުރީ ކޮރަޕްޓު ވެރިކަމެއް، ހުރިހާ ވައްކަން ހާމަ ކުރާނަން: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް/ ފޮޓޯ: އެމްޑީޕީ ހިނގާލަން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަކީ، ކޮރަޕްޝަނުގެ އަމަލުތައް ހިންގަވައި އެމަނިކުފާނުގެ ވެރިކަމުގައި ފަޅުރަށްތައް ނުއަގުގައި ވިއްކައި އާއިލާގެ މީހުންނަށް ރަށްތައް ހިލޭ ބެއްސެވި ބޭފުޅެއްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށާއި، ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތަކަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ރައީސް ނަޝީދާއި އަރިސް މެމްބަރުން ވާހަކަ ދައްކަވާފައި ވެއެވެ. ޓެކްސް ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ މުޅި މަޖިލީހުގެ ކޮމިޓީ އާއި، ހެއްކާއި ބެހޭ ގާނޫނުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއަށް ހުށަހެޅި އިސްލާހުގެ ބަހުސް އަދި ބަޖެޓު 2023 ބަހުސްގައި މެމްބަރުން ވަރަށް ބޮޑަށް ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.

އެގޮތުން އަހަރުން އަހަރަށް ބަޖެޓު ބޮޑުވާއިރު ރައްޔިތުންނަށް ވާ ފައިދާއާއި މެދު ސުވާލު އުފައްދައި، އެންމެ ފަހުން މަޖިލީހުގެ ޖަލްސާގައި އިންތި ވިދާޅުވީ، އެ އަހަރެއް ނިމޭއިރު ބަޖެޓު ހަގީގަތާއި ވަރަށް ދުރު ކަމަށެވެ. އަދި ރައްޔިތުން އިތުރަށް ވަނީ ނިކަމެތިކަން ފާހަގަކޮށް ވިދާޅުވީ، ދިރިއުޅުމުގެ ހާލަތަށް މިވީ ދުވަސްތަކުގެ ތެރޭގައި އައި ބަދަލެއް ނެތް ކަމަށެވެ.

ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނުގެ ސިޔާސަތެއް ގެންގުޅުނު ނަމަވެސް، މިހާރު ކޮރަޕްޝަނަށް ދެނީ ބީރު ކަންފަތެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އިންތި އާއި، އަދި އެކަން ތަކުރާރުކޮށް ވާހަކަ ދެއްކެވި މެމްބަރުންނަށް ރައްދު ދެއްވައި އެންމެ ބޮޑަށް ފާޑުވިދާޅުވީ ރޮޒެއިނާ އެވެ. ރޮޒެއިނާ ވިދާޅުވީ، އޭނާއަކީ މުޅި ޕާޓީ ހާލަކުކޮށްލައި ލީޑަރުންގެ ބޮލަށް ފައިން އަރާނެ މީހެއް ނޫން ކަމަށެވެ. އަދި އެކަމުގައި ބައިވެރިއެއް ވެސް ނުވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދާއި، އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން އެއީ ކަލްޓު ގުރޫޕެއްގެ ގޮތުގައި ސިފަކޮށް ރޮޒެއިނާ ވިދާޅުވީ ހިޓްލަރު ފަދަ މީހުން ވެސް ފަހުން ވީ އެންމެ ނުބައި މީހުންގެ ތެރޭގައިކަމަށެވެ. އެހެންކަމުން އެފަދަ ބައެއްގެ ފަހަތުން ދުވަން ނުޖެހޭކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދުގެ ފަހަތުން ކޮރަޕްޝަން ހުއްޓުވުމަށް ދާނެ ގޮތެއް އޭނާއަށް ނުވިސްނޭ ކަމަށެވެ. 2013 ގައި ވެރިކަމަށް ވަޑައިގެން ފަޅުރަށްތައް ހިލޭ ބަހާލުމުގެ ފަހަތުގައި ހުންނެވީ ރައީސް ނަޝީދުކަމަށް ތުހުމަތުކޮށް ރޮޒެއިނާ ވިދާޅުވީ، ދިރާގުގެ ޝެއާގެ ބޮޑު އިންސައްތައެއް ނުއަގުގައި ވިއްކާލީ ވެސް ރައީސް ނަޝީދު ކަމަށެވެ. ރައީސް ނަޝީދާއި އަރިސް މެމްބަރުން އަނެއްކާވެސް ސަރުކާރަށް ފާޑުކިއަނީ އެކަން ތަކުރާރު ކުރުމަށް ބޭނުންވާތީކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ލިއުމެއް ހިއްސާކޮށް ރޮޒެއިނާ ވަނީ ރައީސް ނަޝީދަކީ ކޮރަޕްޓު ވެރިއެއްކަމަށް ވިދާޅުވެފަ އެވެ. އާއިލާ އާއި ގާތްތިމާގެ ރައްޓެހިންނަށް ނުއަގުގައި އާއި، ހިލޭ ފަޅުރަށްތައް ބަހައި ހެދުމަށް ފަހު މިހާރު ސަރުކާރަށް ފާޑުވިދާޅުވަނީ ރައީސް ސޯލިހުގެ ވެރިކަމަށް ރައްޔިތުން ތާއީދު ކުރާތީ އެކަމަށް ހަޖަމު ނުކުރެވިގެންކަމަށް ވިދާޅުވި އެވެ.

މި ތުހުމަތުތަކާއި އެކު ރޮޒެއިނާ ވިދާޅުވީ، އޭނާގެ އަތުގައި އެކަމުގެ ހުރިހާ ތަފްސީލީ ލިއުމެއް އެބަހުރިކަމަށެވެ. އަދި އެ ވަކިވަކިން ބެލުމަށް ފަހު އެ ހާމަ ކުރާނެކަމަށް ވެސް ވިދާޅުވި އެވެ. މިއީ ރައްޔިތުންނަށް ހާމަވާން ޖެހޭ ހަގީގަތެއްކަމަށްވުމާއި އެކު، ރައީސް ނަޝީދުގެ އަސްލު ސިފަ އެންމެންގެ ކުރިމައްޗަށް ގެންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒެއިނާ ގެންދަނީ ހުއްޓުމެއް ނެތި، ރައީސް ނަޝީދަށް އަމާޒުކޮށް ޓުވީޓުތަކެއް ކުރަމުންނެވެ. އަދި ރައްދުގައި އެމަނިކުފާނަށް ތާއީދު ކުރާ މީހުން ދަނީ ޑީއާރުޕީގެ މެމްބަރަކަށް ހުންނަވައި ރޮޒެއިނާ އެކި ޖަލްސާތަކުގައި ދެއްކެވި ވާހަކަތަކާއި އެމްޑީޕީ އާއި ގުޅުމަށް ފަހު ރައީސް ނަޝީދުގެ ދިފާއުގައި ދައްކަވާފައި ހުރި ވާހަކަތަކުގެ ވީޑީއޯތައް ދައުރު ކުރަމުންނެވެ. މީގެ ތެރޭގައި ރައީސް ނަޝީދު ހައްޔަރުކޮށް ޖަލު ހުކުމެއް އިވުމުން، އެމްޑީޕީގެ މެމްބަރުން ނިކުމެ ކުރި އިހުތިޖާޖުތަކުގައި ރޮޒެއިނާ ދައްކަވާފައިވާ ވާހަކަތައް ވެސް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: