ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސަތުން ޓެކްސް ބިލަށް ވޯޓަށް ނޭހި، މެމްބަރުން ރައީސްގެ އަރިހަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް ނާހައި މިއަދު ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.

ޖީއެސްޓީ ހަ ޕަސަންޓުން އަށަކަށް އިތުރުކޮށް، ޓީޖީއެސްޓީ ބާރަ ޕަސަންޓުން 13 އަށް ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ފާސް ކުރީ އެއަށް އިތުރު އެއްވެސް އިސްލާހެއް ގެނައުމެއް ނެތި އެވެ. ރިޕޯޓު އިއްޔެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، އެއްވެސް މެމްބަރަކު ރިޕޯޓަށް ބަސް ކުރުމަށް އެދިފައި ނުވެ އެވެ. އަދި ވޯޓު ގަޑީގައި މަޖިލީހުގެ ޖަލްސާ ނިންމާލާފައި ވަނީ ކޯރަމް ހަމަނުވާކަމަށް ބުނެ އެވެ. އޭރު ރިޔާސަތުގައި ހުންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސާއި އަރިސް މެމްބަރެއްގެ ގޮތުގައި ފާހަަގަ ކުރެވޭ އަފީފް ބިލަށް އިއްޔެ ވޯޓަށް އަހާފައި ނުވާ ސަބަބެއްކަމަށް ވިދާޅުވީ ތާވަލުގައި އެގޮތަށް ނެތުމެވެ. އަދި އެކަމުގައި އެއްވެސް މައްސަލައެއް ނުވަތަ ގޯހެއް ނެތްކަމަށް ސަންގުގެ ޕްރޮގްރާމެއްގައި ރޭ އޭނާ ވިދާޅުވި އެވެ.

އެހެން ދުވަސްތަކާއި ހިލާފަށް، މިއަދު މެންދުރު ފަހު ބިލަށް ވޯޓު އަހަން އޮތް އިރު ރިޔާސަތުގައި ހުންނެވީ ރައީސް ނަޝީދެވެ. އެހެން ދުވަސްތަކުގައި އާއްމުކޮށް މެންދުރު ރިޔާސަތުގައި ހުންނަވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނުވަތަ އަފީފެވެ. މަޖިލީހުގައި ވޯޓަށް އަހަން ހުރި ބިލުތައް ތާވަލު ކުރައްވައި ވޯޓައް އެއްސެވުމަށް ފަހު ރިޔާސަތުން ޖަލްސާ ނިންމާލީ ޓެކްސް ބިލަށް ވޯޓަށް ނާހަ އެވެ. އެހެންވެ މަޖިލީހުގެ ތަޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ގެންދެވީ ވަރަށް ބޮޑަށް އަޑުގަދަ ކުރަމުންނެވެ. އެއަށް ފަހު ޖަލްސާ ނިންމަވާލެއްވުމަށް ފަހު މެމްބަރުން ވަޑައިގަތީ ރައީސްގެ އަރިހަށްކަމަށް މައުލޫމާތު ލިބެ އެވެ.

ގަވައިދާއި ހިލާފުވެ ވިލަށް ވޯޓަށް އަހާފައި ނުވާކަމަށް ބުނެ ރައީސްގެ އަރިސް މެމްބަރުން ގެންދަވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: