ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުދީ ހިފެހެއްޓީ ރައީސް ޔާމީން: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސެކޮމް) ގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުދިމުގެ ސަބަބުން ތަނުގެ ހިދުމަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވިކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެއާޕޯޓުތަކުގައި މަސައްކަތް ކުރާ އޭވިއޭޝަން ކޮމާންޑްގެ މުވައްޒަފުންގެ ތެރެއިން މަގާމުގެ ކުރިއެރުން ލިބުނު މުވައްޒަފުންނަށް ހަނދާނީ ލިއުން ހަވާލުކޮށްދެއްވުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުދީ، ހިފެހެއްޓީ ރައީސް ޔާމީންކަމަށް ތުހުމަތު ކުރައްވައި މާރިޔާ މިއަދު ވިދާޅުވީ ކޮންމެ މީހަކަށް ވެސް އެ މީހަކު ކުރާ މަސައްކަތާއި ގާބިލުކަމަށް ބަލައި ކުރިއެރުން ދޭން ޖެހޭ ކަމަށެވެ. ހާއްސަކޮށް އެ މީހެއްގެ ގާބިލިއްޔަތުކަމަށް ތައުރީފުކޮށް، ހައްގުވާ މުސާރައަކާއި އެކު ދިރިއުޅުމުގެ ފުރުސަތު އޮންނަން ޖެހޭކަމަށް މާރިޔާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންގެ ކުރިއެރުން ހުއްޓުވުމުގެ ސަބަބުން ހިދުމަތް ދިނުމުގައި އޭރު ގޮންޖެހުންތަކެއް ދިމާވިކަމަށް މާރިޔާ ވިދާޅުވި އެވެ. އެގޮތުން ތަނުގައި ގިނަ ދުވަސް ވީ އިސް މުވައްޒަފުން ތަން ދޫކޮށް ދިއުމާއި، އެހެން މުވައްޒަފުންގެ މަަސައްކަތުގެ ޝައުގު ގެއްލުނުކަމަށް މާރިޔާ ވިދާޅުވި އެވެ.

މި ސަރުކާރުން ކޮވިޑު-19 ގެ ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގައި ވެސް މަަސައްކަތް ކުރީ، މުވައްޒަފުންނަށް ދޭން ޖެހޭ އުޖޫރަ އަދި ހައްގުވާ މަގާމުގެ ކުރިއެރުން ދިނުމަށްކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ އޭގެ ނަތީޖާއެެއްގެ ގޮތުން މިހާތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އެކި ރޭންކުތަކުން 138 މުވައްޒަފަކަށް ވާޒީފާގެ ކުރިއެރުން ލިބި މުވައްޒަފުންގެ އަގުވަޒަން ކުރާކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ. މާރިޔާ ވިދާޅުވީ އަލަށް މުވައްޒަފުންނަށް ދިން ޕްރޮމޯޝަނާއި އެކު އަދަދު 180 އަށް އިތުރުވެގެން ދާނެކަމަށެވެ.

އޭވިއޭޝަން ސެކިއުރިޓީ ހިންގުމުގައި ދިމާވާ އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި މާރިޔާ ވިދާޅުވީ، ސެކިއުރިޓީ ސާވިސްއެއް ސިވިލް ސާވިސްގެ ގަވައިދުތަކާއި އެއްގޮތަށް ހިންގަން ޖެހުމެވެ. އެހެންވެ ޗުއްޓީ އާއި ސަލާމުގެ ދުވަސްތައް އިންތިޒާމުވެފައި ހުންނަ ގޮތުން ބައެއް ފަހަރަށް ފަސެންޖަރުން ފުރާއިރު ޗެކް ކުރުމުގައި ބައެއް ދަތިތަކެއް ދިމާވާކަން މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އެއާޕޯޓާއި ފަސިންޖަރުންގެ ސެކިއުރިޓީއަށް ރިއާޔަތްކޮށް މަސައްކަތް ބިނާވާން ޖެހެނީ މައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭނެހެން ކަމަށެވެ. އެެހެންވެ އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންގެ ފަރާތުން މާރިޔާ އެދުނީ ޒިންމާއަށް ފަރުވާތެރިވެ، ސަމާލުވުމަށެވެ. އަދި ލެގެޖު ސްކްރީން ކުރުމާއި، އެ ނޫން ވެސް އެކްސެސް ކޮންޓްރޯލްތަކަށް ފަރުވާތެރިކަމާއި އެކު މަސައްކަތް ބެހެއްޓަށް އެދިވަޑައިގަތެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވުނު ބައެއް މަސައްކަތްތައް ހިއްސާކުރައްވައި މިނިސްޓަރ ވިދާޅުވީ އެއާޕޯޓުގެ ކޮންޓްރޯލް އޭރިއާތައް ޕެޓްރޯލްކޮށް ބެލެހެއްޓުމުގައި އެެއާޕޯޓުގައި ދުއްވާނެ އުޅަނދުތައް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ތަމްރީނަށް ރާއްޖޭގެ ބޭރުގެ ގައުމުތަކުން ފުރުސަތުތައް ހޯދައިދިނުމާއި އެކު އެހެން ގައުމުތަކުގެ އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތް ކުރިޔަށް ދާ ގޮތް ދެނެގަތުމުފެ ފުރުސަތުތަކެއް އޮފިސަރުންނަށް ދެވުނުކަމަށް މާރިޔާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މުންޖޭ ކިޔާބަލަ.ވޭތުވެދިޔަ 4 އަހަރު ކިހިނެއްވީ؟މިހާރު ތި ދިނީ އިންސާފުންތަ؟ކާޑެއްދޫ ސާމިރު އަށް ދިނީ ކޮން ގޮތަކުން؟ކިހިނެއް ބަލާފަ؟ޔާމީނު ވަރެއް ނެތް އަދިވެސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: