ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްގެ އިހުމާލުން އެކައުންޓުން ފައިސާ ގެއްލުން: ކަހާތަން ހިރުވާވެސް ނުލާ!

ބީއެމްްއެލްގެ ސްޓާފް ނައިޓުގައި މުވައްޒަފަކަށް އެވޯޑް ދެނީ. ބީއެމްއެލްގެ އެކައުންޓަތަކުން ގޮތް ނޭނގޭ ގޮތަށް ފައިސާ ގެއްލޭކަމަށް ރައްޔިތުން ޝަކުވާ ކުރޭ.. ފޮޓޯ ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލްގެ ޝަކުވާއަކީ ރައްޔިތުންގެ އާއްމު ޝަކުވާއެވެ، ބޭންކް އޮފް މޯލްޑިވްސްގެ ޝަކުވާއެއް ރައްޔިތަކު ދުވަހެއް ނިންމާލައިފިނަމަ އެއީ އައުދަޔާ ހިލާފް ދުވަހެކެވެ. ބީއެމްއެލްގެ އެޕް ޑައުން ވެދާނެއެވެ. އޭޓީއެމްތައް ހިދުމަތް ހުއްޓިދާނެއެވެ. ކަސްޓަމަރކެއަރއިން ކަސްޓަމަރަކު ގަޑި ދެ ގަޑިއިރު ކިއުގައި ބަހައްޓަފާނެއެވެ. ގަޑި ދެ ގަޑިއިރު ކިއުގައި ބަހައްޓާފައި ފޯން ކަނޑާލަފާނެއެވެ، ނުވަތަ ރުންކުރު ޖަވާބަކާއެކު ކޯލް މެދުކަނޑާލަފާނެއެވެ. ކަސްޓަމަރަށް ނޭނގި އެކައުންޓްގައި ހުންނަ ލާރިކޮޅު ހުސްވެދާނެއެވެ. މިއަދު ދައްކާލަން މިއުޅެނީ މިވާހައެވެ.

ކަސްޓަމަރުންނަށް ނޭނގި، އެކައުންޓުން ފައިސާ މަދުވާކަމުގެ ޝަކުވާތައް ކެނޑިނޭޅި ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް އެ މައްސަލައިގައި އެކަށީގެންވާ ގޮތެއްގައި އެ ބޭންކުން ވާހަކަ ދައްކާފައި ނުވެ އެވެ. ފަހަކަށް އައިސް އެއްވެސް ކޯލެއް ނުވަތަ މެސެޖެއް މެދުވެރި ނުވެ އެކައުންޓުން ފައިސާ އުނިވާ މައްސަލައިގެ ޝަކުވާތައް ކަސްޓަމަރުން ކުރެ އެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންގެ ކާޑުން ވިޔަފާރި ކުރިކަމަށް ނުވަތަ، ރާއްޖެއިން ބޭރުގެ ތަނަކުން އޮންލައިން ޕޭމަންޓެއްގެ މެސެޖު އަންނާތީ އެކަމުގެ ޝަކުވާ ކުރުމުން ބަޔާނެއް އާއްމުކޮށް ބީއެމްއެލް ބުނީ ކަސްޓަމަރުންގެ އެއްވެސް މައުލޫމާތެއް ލީކުވެފައި ނުވާނެކަމަށެވެ.

ބީއެމްއެލްގެ ސެކިއުރިޓީ ބްރީޗެއްގެ ވާހަކަ ދެކެވުނު ނަމަވެސް، އެކަން އެ ބޭންކުން ދޮގު ކުރެ އެވެ. އަދި ތަނުގެ މުވައްޒަފުންގެ ބައިވެރިވުން އެކަމުގައި އެބައޮތްކަމަށް ބުނެ ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތްކަމަށް ވަނީ ބުނެފަ އެވެ.

ވެރިފަރާތަށް ނޭނގި އެހެން އެކައުންޓުތަކަށް ފައިސާ ޖަމާވުމުގެ ސަބަބުން ގިނަ ކަސްޓަމަރުންގެ އެތައް ހައްގެއް ވަނީ ގެއްލިފަ އެވެ. އަދި އެކަމުގެ ޝަކުވާ ކުރުމުން ބޭންކުން ބުނެފައި ވަނީ އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތްކަމަށާއި، އެ ފައިސާ ޖަމާވި އެކައުންޓުގެ ވެރިފަރާތައް ނުގުޅޭކަމަށެވެ. އަދި ތިން ދުވަސް ފަހުން ދެން އިތުރަށް އެޅޭނެ ފިޔަވަޅެއް ނެތްކަމަށް، ވެސް ބުންޏެވެ.

މިފަދަ ކުށްތަކުން ގެއްލޭ ފައިސާ ހޯދޭނެ ހަރުދަނާ އުސޫލެއް ނެތުމަކީ ކަންބޮޑުވުމެއްކަން ގިނަ އާއްމުން ފާހަގަކުރެ އެވެ. އެތައް އަހަރެއް ވަންދެން ރައްކާ ކުރާ ފައިސާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގެއްލޭއިރު، މައްސަލަ ހައްލު ކުރުމަށް މިހާތަނަށް ސެކިއުރިޓީ ވަރުގަދަކޮށް ބީއެމްއެލް އެކަށީގެންވާ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެވެ އެވެ. އަދި ކަސްޓަމަރުންގެ އެކައުންޓުން ކޯލެއް ނުވަތަ މެސެޖެއް މެދުވެރި ނުވެ ފައިސާ ޓްރާންސްފާ ވާ މައްސަލައިގައި އެކަށީގެންވާ ޖަވާބެއް ނުލިބެ އެވެ.

މީގެ ކުރިން ބޭންކުން ބުނަމުން އައީ، ގޮތް ނޭނގޭ ކޯލުތަކުން އެކައުންޓުގެ މައުލޫމާތު ދޭން އެދުނު ނަމަވެސް ނުދިނުމަށާއި އަދި ވެރިފައި ނުވާ ލިންކުތަކަށް ނުވަނުމަށެވެ. ނަމަވެސް ގިނަ އާއްމުން ފަހުން ބުނާ ގޮތުގައި، އެކައުންޓުން ފައިސާ އުނިވީއިރު އެ މީހުންނަށް އެފަދަ އެއްވެސް ކޯލެއް ނުވަތަ ލިންކެއް ލިބިފައި ނުވެ އެވެ.

އެންމެ ބޮޑު ތުހުމަތަކީ މިއީ ބީއެމްއެލްގެ އެތެރެއިން ބަޔަކު ހިންގަމުން އަންނަ އަމަލެއް ކަމަށެވެ. ނުވަތަ ބީއެމްއެލްގެ އެތެރޭގެ ބައެއް ސެކިއުރިޓީ މައުލޫމާތެއް ލީކުވެ، އޭގެ ނާޖާއިޒް ފައިސާ ބަޔަކު ނަގަމުން ދިއުމެވެ.

މިއީ ޖަލުގެ އެތެރެއިން ހިނގާކަމެއްކަމަށް ބުނި ނަމަވެސް އެކަމަށް ސަރުކާރުގެ އިދާރާއަކަށް އަދި ފިޔަވަޅެއް ނޭޅެ އެވެ. އެކެއްގެ ނަން މަތީގައި އަށް ހާހަށް ވުރެ ގިނަ ސިމް ނަގާފައިވާކަމަށް ސިސްޓަމުން ދެއްކި ނަމަވެސް ސިމްތައް ދޫކުރުމުގައި އަދިވެސް ހަރުކަށި އުސޫލެއް ވަނީ ގާއިމު ނުކުރެވިފަ އެވެ.

ސްކޭމް ކޯލުތައް ކުރުމުގައި، މީހާގެ އެކައުންޓުގެ މައުލޫމާތުތައް ނުހޯދައި މެއިލް ހެކް ކުރުން ހިމެނެ އެވެ. އަދި މެއިލްގެ ޓޫ ފެކްޓާރ އޮތޮންޓިކޭޝަން ހެދުމަށް ފަހު ބީއެމްއެލްގެ ޔޫސާ ނޭމާއި، ޕާސްވޯޑު ހޯދައި އަމިއްލަ އެކައުންޓަށް ޖަމާ ކުރުމަށް ފަހު އިތުރު މީހެއްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގަނީ އޭޓީއެމްއިނެވެ. އެހީވެދިނުމަށް މިގޮތަށް ފައިސާ ނަގައި ދިނުމުން، ބީއެމްއެލްއިން އޭގެ ޖެހިގެން އަންނަ ދުވަހު އިން އެކްޓިވް ނުވަތަ ބްލޮކް ކުރަނީ އެވެ. އެހެންކަމުން، އެޅޭ މާބޮޑު ފިޔަވަޅެެއް ނެތެވެ.

ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބީއެމްއެލް ދޫކޮށް އެހެން ބޭންކެއް ބޭނުން ކުރަން ވަނީ ގޮވާލާފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ބީއެމްއެލް ބޭނުން ވާނަމަ އޯޓީޕީގެ އުސޫލު ބަދަލުކޮށް، ކަަސްޓަމަރުންގެ އެކައުންޓުތައް ސެކިއުރިޓީގެ ގޮތުން އިތުރަށް ވަރުގަދަ ކުރެވޭނެ ތީ އެވެ.

މަސް ދުވަސް ކުރިން ފިހާރައަކުން ކުރި ވިޔަފާރިއަކަށް އެކައުންޓުން ޑަބަލްކޮށް ފައިސާ އުނިވާ މައްސަލައިގައި ވަރަށް އާދައިގެ ގޮތަކަށް ބީއެމްއެލް ބުނީ އެއީ ޖެނުއިން ޓްރާންސެކްޝަންތަކެއް ކަމަށެވެ. ނަމަވެސް މީގެ ކުރިން ދުވަހަކު ވެސް ވިޔަފާރިކޮށްފައި ނުވާ ފިހާރަތަކުން، ވިޔަފާރި ކުރިކަމަށް ޓްރާންސެކްޝަންތަކެއް ބޭންކް ހިސްޓްރީތަކުން ދައްކާއިރު އެއީ ސުވާލު އުފެދޭ ކަމެކެވެ.  އޭގެ އިތުރުން އިންޓަނޭޝަނަލް އެޓީއެމްތަކުން ފައިސާގެ ޓްރާންސެކްޓަން ހިންގާފައިވާކަމަށް، އިންޓަނެޓް ބޭންކްއިންގެ ހިސްޓްރީން ދައްކައެވެ.

މީގެ ކުރިން ޕްރޮސެސް ނުވެ، ހޯލްޑުކޮށްފައި ހުރި ފައިސާތަކެއް ކެނޑުނުކަމަށް ބޭންކުން ބުނި އިރު ވިޔަފާރި ކުރި ވަގުތު ފޯނަށް އޯޓީޕީ އައުމާއި އެކު ވަގުތުން ފައިސާ އެކައުންޓުން ފައުސާ ކެނޑުނުކަމުގެ މެސެޖު ލިބިފައި ވެއެވެ. އެކައުންޓުން އުނިވިކަމަށް ދައްކާ އަދަދަކީ އަސްލު ވިޔަފާރި ކުރި އަދަދަށް ވުރެ ވެސް ބޮޑު އަދަދެއްކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ. ސެޓްލްމަންޓް ނަހަދާ ހުރުމުން މާޗެންޓްގެ އެކައުންޓަށް ފައިސާ ނުވަންނާނެ އެވެ. އަދި ވަކި ދުވަހެއް ވަންދެން ސެޓްލް ނުކޮށް ހުންނަ ފައިސާއެއް މާޗެންޓަށް ނުހޯދޭނެއެވެ. ސަބަބަކީ ފައިސާ އިޝޫވި ތޯ ނުވަތަ ނޫން ތޯ ބެލުމަކީ މާޗެންޓްގެ ޒިންމާއެއް ވީމައެވެ.

އެކައުންޓުން ގޮތް ނޭނގޭ ޓްރާންސެކްޝަންތަކެއް ހިނގާއިރު، ރާއްޖޭގެ އެތައް ބަޔަކަށް ވަނީ މާލީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ބޭންކް އޮފް މޯލްޑިވްސްއާއިހެދި މިދަރަޖައަށް ރައްޔިތުންގެ ބިރުވެރިކަމެއްގައި އުޅޭއިރުވެސް ބޭންކުން ރައްޔިތުންނަށް ހަޖޫޖަހާފައި ކުޅެނީ އިޝްތިހާރެވެ، އިޝްތިހާރުން ބުނެދެނީ ރައްޔިތުން ގަމާރީކަމަށެވެ، ނިންމާލަނީ މަލާމާތްކޮށްފައި ހިނިގަނޑަކުންނެވެ.

ވަރަށް ގަދަ
66%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. މުސާރަ ޖަމާވާ ދުވަހު ސުކޭމް ކޯލް ކުރާ މީހުނައް އިންގޭ ޖަމާވެފަ ހުންނަވަރު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: