ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނެޓު މެދުވެރިކޮށް ހިންގާ ހުއްދަ ނޫން އަމަލުތައް ކުށަކަށް ހަދަނީ!

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ބަންޑާރަ ނައިބު މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނެޓު މެދުވެރިކޮށް ހިންގާ ހުއްދަ ނޫން އަމަލުތަކަކީ ކުށް ކަމުގައި ކަނޑައެޅުމަށް ތިން ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުތައް ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައި ވަނީ ގާނޫނުލްއުބޫތަށް އިސްލާހު ގެނައުމުގެ ބިލަކާއި، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމާއި އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ.

ބިލާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މިއީ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ކުރަމުން އަންނަ ކުށްތައް ގިނަވެ، އެފަދަ ކުށްތައް ކުރާ މީހުން އެ އަމަލުތައް ހިންގަމުން ދާ ގޮތް ޓެކްނިކަލް ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުން ގެންދާތީ އެ އަމަލުތައް ކުށުގެ ގޮތުގައި ބަޔާން ކުރުމަށް ހުށަހަޅާ ބިލެއް ކަމަށެވެ.

ބިލުގައި ހުށަހަޅާ ކަންކަމުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޒާތީ މުއާމަލާތް އިންޓާސެޕްޓް ކުރުމުގައި މިހާރު އަމަލު ކުރަމުން ދާ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނައުމުގެ އިތުރުން ގާނޫނު ތަންފީޒު ކުރާ އިދާރާތްތަކަށް ވަކިވަކި ކަންކަމާއި ގުޅޭ ބާރުތައް ލިބިދިނުމަށްޓަކައި ކަނޑައަޅަން ޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށް ގާނޫނަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަނީ ހިމަނާފަ އެވެ.

އެގޮތުން ހުއްދަ ނެތި ކޮމްޕިއުޓާރ ސިސްޓަމަކަށް އެކްސެސްވުމާއި، ހުއްދަ ނެތި ކޮމްޕިއުޓާރ ޑާޓާއަށް ނުވަތަ ސިސްޓަމަކަށް އިންޓަފިއާވުމުގެ އިތުރުން ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުމާއި ސައިބާވަޔަލަންސްގެ އަމަލުތައް އަދި ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ މައްސަލަތަކުގެ އިތުރުން ކޮޕީރައިޓާއި އެހެނިހެން ހައްގުތަކަށް އަރައިގަތުން ހިމެނެ އެވެ.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައި، އޭގެ އެންމެ ބޮޑު އެއް ބޭނުމެއްގެ ގޮތުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވަނީ ކޮމްޕިއުޓާރ ސިސްޓަމް މެދުވެރިވެގެން ކުރާ ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވޭ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެނިހެން ގައުމުތަކާއެކު ހޯދަން ޖެހޭ ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމެވެ.

ބިލުގައި އިސްލާހުތަކުގެ ގޮތުގައި ހިމަނާފައި ވަނީ އިލެކްޓްރޯނިކް ހެކި ހޯދުމުގެ ގޮތުންނާއި ޓްރެފިކް ޑޭޓާރ ރިއަލް ޓައިމްގައި ނެގުމުގެ ގޮތުންނާއި މިފަދަ ކަންކަމާ ގުޅޭ ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ އުސޫލާއި، އިލެކްޓްރޯނިކް ހެކި ހޯދަން ޖެހޭ ފަދަ ކުށްތަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ބޭރު ގައުމުތަކުން ހޯދުމަށް 24/7 ނެޓްވޯކެއް ގާއިމްކުރުމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަގްސަދެއްކަމަށް ވަނީ މި ބިލުން މިފަދަ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް ދީ، މައްސަލަ ތަހުގީގުކޮށް ދައުވާ އުފުލުމުގައި އަމަލު ކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައެޅުމެވެ. ބިލުގައި ހިމެނެނީ ސާވިސް ޕްރޮވައިޑަރުން ސަބްސްކްރައިބާރ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑޭޓާ ރިޓެއިން ކުރުމާއި ގުޅޭ އިޖުރާއަތު އަދި ރައްކާކޮށްފައިވާ ކޮމްޕިއުޓާރ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވްކުރުމަށާއި ޓެރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާއި ގުޅޭ އިޖުރާއަތު އަދި ކޮމްޕިއުޓާރ ޑޭޓާ ސަބްސްކްރައިބާރ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތުގެ އިތުރުން ރައްކާކޮށްފައިވާ ކޮމްޕިއުޓާރ ޑޭޓާ ބަލައި ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާއި ހިފެހެއްޓުމާއި ގުޅޭ އިޖުރާއަތު އަދި ޓެރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެ އަމުރު ތަންފީޒު ކުރުން އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: