ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން ސަންގަށް އިންޒާރު ދިނުން: ”ބޭންކު މީހުންކައިރީ ބުނެބަލަ، މިހިރަ ކޮމެންޓްތައް ކިޔާލަން!“

ބެންކް އޮފް މޯލްޑިވްސްގެ ޕީއާރް މެނޭޖަރ ސައީދު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ އަތުން ގެއްލިގެންދާ ފައިސާތައް ގެއްލުމުގައި ބީއެމްއެލްގެ އެއްވެސް އިހުމާލެއް ނެތްކަމަށް ސިފަކޮށް ބޭންކުން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުން ރައްދު ދީފިއެވެ.

ދާދި ފަހުން ސަންގުއެމްވީ އިންވަނީ ރައްޔިތުންގެ އިހުސާސްތައް ހިއްސާކޮށް، ރައްޔިތުންގެ ތެރޭގައި ބޭންކާއިމެދު ދެކެވެމުންދާ ވާހަކަތަކާއި، ކުރެވެމުންދާ ތުހުމަތުތައް ލިޔުމެއްގައި ޝާއިއުކޮށްފައެވެ. ލިޔުން ޝާއިއު ކުރުމާއިއެކު، ބޭންކުންވަނީ ސަންގަށް އިންޒާރުދީ، އެ ލިޔުންތަކުގައިވާ ވާހަކަތައް ދޮގުކޮށް، ލިޔުންތައް ނުނަގައިފިނަމަ، ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައެވެ.

ރައްޔިތުންވަނީ އެބައިމީހުންގެ އިހުސާސްތަކާއި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ބޭންކުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދީފައެވެ. ބީއެމްއެލްއިން ނެގުމަށް އަންގާފައިވާ ލިޔުމަށް ހިޔާލު ފާޅުކޮށްފައިވާ ފަރާތްތަކުން ބުނެފައިވާގޮތުން، ބޭންކުން ދޮގު ހަދައި މަކަރު ހަދާކަންވެސް އެ ބޭފުޅުންވަނީ ތަޖުރިބާކޮށްފައެވެ. ބައެއް ބޭފުޅުން އެހެނިހެން ބޭންކުތަކުގެ ހިދުމަތްތައް ހޯދުމަށް އިލްތިމާޒްކޮށްފައިވާއިރު، އަނެއް ބަޔަކު ބުނެފައިވާގޮތުން ”އަހަރެމެންގެ ބޭންކުން އަހަރެމެންގެ އަތުން ކުރަނީ ވައްކަން“ އެވެ.

ސަންގުން ޝާއިއުކޮށްފައިވާ ލިޔުމަށް ހިޔާލު ފާޅުކޮށްފައިވާ ބައެއް ބޭފުޅުން ބުނާގޮތުން ނެގުމަށް އަންގާފައިވާ ލިޔުމުގައި ޝާއިއުކޮށްފައިވާ ވާހަކަތަކަކީ ޝައްކެއްވެސް ނެތް މިންވަރަކަށް އެ ފަރާތަށް އިނގޭ ކަމެކެވެ. އަދި ބައެއް ބޭފުޅުންވަނީ ބީއެމްއެލްގެ ހިދުމަތްތައް ލިބިގަތުން ހުއްޓާލެއްވުމަށް ގަސްތުކުރައްވާކަމަށް ފާހަގަކުރައްވާފައެވެ.

ބޭންކުން ސަންގަށް އިންޒާރު ދިން ކަން ހާމަކޮށް ޝާއިއު ކޮށްފައިވާ ލިޔުމަށް ހިޔާލުފާޅުކޮށްފައިވާ މީހުން ބުނެފައިވާގޮތުން އެހެނިހެން ބޭންކުތަކުން ފައިސާ ގެއްލޭ ވާހަކައެއް ނުދެކެވެއެވެ. އަދި ދެކެވެނީ ބީއެމްއެލް އިން ފައިސާ ގެއްލޭ ވާހަކަ ކަމަށް އިޝާރާތްކޮށް، ބީއެމްއެލްނޫން އެހެން ބޭންކެއްގެ ހިދުމަތްތައް ހޯދުން މުހިންމުކަމަށް ސިފަކުރައްވާފައިވެއެވެ.

ސްކޭމް ކޯލްސް މެދުވެރިކޮށް ފައިސާ ފޭރިގަނެވެނީ، ބޭންކުގެ ތެރެއިން ބަޔަކު މީހުން އެކަމުގައި ޝާމިލުވެ ކަސްޓަމަރުންގެ މައުލޫމާތުތައް ލީކު ކުރުމުންކަމަށްވެސް ހިޔާލު ފާޅުކުރައްވާފައިވާ ބައެއް ބޭފުޅުން ފާހަގަކުރައްވައެވެ. އަދި އިސްލާމިކް ބޭންކްގައިވެސް ބައެއް ފަރާތްތަކުން ފައިސާ ރައްކައުކުރާކަމަށްވީ ނަމަވެސް އެ ބޭންކުގައި ރައްކައު ކުރާ ފައިސާ ނުގެއްލޭކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ރައްޔިތުންގެ ހިޔާލުތައް ހިއްސާކޮށް ސަންގުން ޝާއިއުކޮށްފައިވާ ލިޔުމާއި ގުޅިގެން އިންޒާރު ދީ އެ ލިޔުންތައް ނެގުމަށް އަންގާފައިވާކަން ޝާއިއުކުރުމާއި ގުޅިގެންވެސް ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ އިންޒާރުތައް ދޭންވީ ބީއެމްއެލް އަށް ކަމާއި މެދު ސުވާލު އުފައްދާފައެވެ.

ހިޔާލު ފާޅުކުރައްވާފައިވާ ބައެއް ބޭފުޅުންވަނީ ބޭންކުން ހިދުމަތް ބަލައިގަތުމުގެ ތެރޭގައި ކުރެވިފައިވާ ތަޖުރިބާ އަދި ފައިސާ ގެއްލިގެން ކުރެވުނު ތަޖުރިބާތައްވެސް ހިއްސާކުރައްވާފައެވެ. އަދި ސަންގުން ޝާއިއުކުރި ލިޔުމަކީ ތެދު ހަގީގަތްކަމަށް ފާހަގަކުރައްވާ ބިރު ދެއްކި ނަމަވެސް ހަގީގަތް ބަދަލު ނުވާނެކަމަށް ފާހަގަކުރައްވާފައެވެ.

ހިޔާޅު ފާޅުކުރައްވާފައިވާ ގިނަ ފާރާތްތަކުންވަނީ ބީއެމްއެލްއަށް އިތުބާރު ނުކުރައްވާކަން ހިއްސާކުރައްވާފައެވެ. އަދި ބޭންކުގައި ބަހައްޓާފައިވާ ފައިސާތައް ގެއްލިގެންދާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލުން ނޫންކަމަށާއި އެކަން ކުރިމަތިވި އެތައް ބަޔަކު އެ ޝަކުވާ ކޮށްފައިވާކަމަށްވެސް ބައެއް ބޭފުޅުން ބުނެފައިވެއެވެ.

ބައެއް ބޭފުޅުންވަނީ ބޭންކުން އިންޒާރުގެ ސިޓީގައި ސޮއި ކުރި ފަރާތްތަކަށް ލިޔުންތަކަށް ހިޔާލު ފާޅުކުރައްވާފައިވާ ފަރާތްތަކުގެ ކޮމެންޓުތައް ބެއްލެވުމަށްވެސް އިލްތިމާސް ކުރައްވާފައެވެ. އަދި މީހުންގެ ހައްގުތަކާއި ހަވާލުވާ ބައެއްގެ ކިބައިގައި އެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގެ ގާބިލިއްޔަތު ނެތްނަމަ އަދި ގެއްލިގެންދާ ހައްގުތަކަށް ބޭންކުން ޒިންމާވާން ނުޖެހޭނަމަ، އެކަން ކުރުން ހުއްޓާލުމަށްވެސް ބައެއް ފަރާތްތަކުންވަނީ އިލްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 12%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 3%ވަރަށް ދެރަ 1%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

12 Responses

  1. އަހަރެންގެ ބެންކު ބީ އެމް އެލް ގަ ބެހެއްޓުމަށް ވުރެ ރައްކާތެރިވާނެ މަގުމަތީ ބެޓެރި ހުސްކުރި ކަރުދާސް ފޮއްޓެއްގަ ބެހެއްޓިޔަސް މާރައްކާތެރިވާނެ

  2. ސަންގު އާ މި ސައީދުއަކާ ހާދަ ގުޅުމެއް އެބައޮތޭ. ސަޅި ފޮޓޯއެއް. ތި ސޮރު ހިތްވަރު އެބަހުރި. ކެތްގަދަ.

  3. އަސާސީ ބޯހިޔާވަހިކަމަށް ގެދޮރު ހިޔާ ކުރަން ކުދި ލޯން ނަގާ ރައްޔަތުންގެ އަތުން ، 12 އަދި 18 % ރިބާ ނެގުމަށްފަހު ބިލިޔަން ރުފިޔާ ފައިދާ ވެއްޖޭ ކިޔާ އިސްތިހާރު ކުރާ ކުންފުންޏަކުން ކޮށްފައި ނުކުރާނެ ކަމެއް ބުނަން ވެސް ނޭންގޭ!

  4. ހަބޭސް… މަށެއް ވާ އެއް އިރެއްގައިވެސް އިތުބާރު ކުރާ ތަނެއް ނޫން ތީކީ..

  5. ހިޔާލަކީ އެއީ ވަރައްބަރާބަރު ވާހަކައެއް ބެންކު އޮފް މޯލްޑިވްސް ތެރޭ އާމު ކަމެއް ތިހެން ފައިސާ ގެއްލުމަކީ އަޅުގަޑައް ފެންނަނީ ތިތަން ބަންދު ކުރަން ރައްޔިތުންގެ ބޭންކު ނަންޓެގު އަޅުވައިގެން ރައްޔިތުންނައް އަނިޔާކުރީމާ އެކަން ބަލައި ނުގަނެވޭނެ ދޯ ފައިސާ ގެއްލުމުގެ ފަހަތުގައި ކަމާގުޅުން ހުރި ބަޔަކު ބެންކުތެރޭ ވާކަމައް ބޮޑައް ބެލެވެނީ

  6. ބޭންކް އޮފް މޯލްޑިވްސްގެ ސެކިއުރިޓީ ފީޗާރސްތައް ދައްވެގެންނާއި، ބޭންކް އުޅޭބައެއް މުއަށްޒަފުންގެ އަމަލުތައް ހުންނަ ގޮތުން މިގެއްލަެ ފައިސާތަށް ގެއްލުން ނުހުއްޓުވޭނަމަ ބޭންކް އޮފް މޯލްޑިވްސް އިން ކުރާ ހުރިހާ ފައިސާގެ މުއާމަލާތެއް ވަގުތުން ހުއްޓާލާ ، އަޅުގަޑުގެ ޢެކައުންޓްތަކުން ގެއްލިފަވާ ހުރިހާ ފައިސާއެއް އަޅުގަޑުގެ އެކަންޓަށް މިހާރުން މިހާރަށް ޖަމާކުރުމަށް ބޭންކް އޮފް މޯލްޑިވްސް އަށްގިވާލަން..

  7. މާގިނަ ވާހަކަ ނުދައްކާ!! ދިވެހިންގެ ބޭންކް.ލޯނެއްވިއްޔާ ދަރުވާލާ ބޭންކް!!

    ރިބާ ބޭންކް

  8. ބޭންކަށް ލާރި ލަނީ އެހެންގޮތެއް ނެތުމުންނެވެ. ނިޒާމު ބައްޓަން ކުރެވިފަ އޮތްގޮތުން މަޖުބޫރުވެގެންނެވެ. ބޭންކުގައި އަހަރެމެން ބަހަށްޓާ ފައިސާއިން މެކްސިމަމް ފައިދާ ބޭންކުން ނަގައެވެ. ކަސްޓަމަރަށް ލިބޭ އެއްޗެއް ނޯވެއެވެ. ނުވިތާކަށް ކަސްޓަމާގެ ހައްޤުތައްވެސް ނުހިފޭޓެއެވެ. ނިޒާމު ފަރުމާކޮށްފައޮންނަނީ ކޮންމެ ކަމެއް ދިމާވިޔަސް، އަބަދުވެސް ކަސްޓަމަރު ޒިންމާނަގަންޖެހޭގޮތަށެވެ. އެކައުންޓް ލާރިއެއް ގެއްލުނަސް، އޮޅިގެން ޓްރާންސެކްޝަނެއް ހެދުނަސް އަބަދުވެސް ކުއްވެރިވަނީ ކަސްޓަމަރެވެ. ބޭންކުން ކަސްޓަމަރާށް އަދާކޮށްދޭން ޖެހޭ ހައްގު ތަކަކީ ކޮބައިހެއްުެވެ؟ ހިދުމަތް ހޯދުމުގައި އިތުރު ތަކްލީފުތައް ޖެއްސުން ހެއްޔެވެ؟ މުއްސަދިން މުއްސަނދިކުރުވާ، ފަގީރުން ނިކަމެތިކުރުވާމި ނިޒާމުން އަހަރެމެން ސަލާމަތް ވާނީ ކޮންއިރަކުބާވައެވެ.

  9. ދިވެހި މީޑިއާ އަކުން މިހަތަނަށް ނުކުރާވަރުގެ ސަޅިކަމެއް ސަންގުން ތިކުރަނީ
    ތިޔައީ ޝުކުރުހައްގު ކެރުމެއް
    އަހަރެން އޭޓީ އެމް އަކަށް ރުފިޔާކޮޅެއް ޖަމާ ކޮށްލަން މެެޝިނަށް ލީތަނާ މެޝިނުގަ މައްސަލައެއް އުޅޭ ކިޔާފަ ލާރިގަނޑު ދަމައިގެންފި 15 މިނެޓްވަރު ލާރީ ގުނާ އަޑު އިވުނު ދެންއެރީ ކާޑަށް ޙިދުމަތް ނުދެވުނޭ މެޝިނަށް ލާރި ލެވުނީމަތަ އެހެންވާންޖެހެނީ ޓެކުނިކަލް އެރާއެއް އަރާފާނޭ އެކަމަކު ކޯލްސެންޓާރ އަށް ގުޅައިގެން 2 ގަޑިއިރު ހުންނަންޖެހުނު އޮޕަރޭޓާރ އެއް ބިޒީކަން ފިލަންދެން
    ރުފިޔާކޮޅު ޖަމާވީ ބަންދު ހުރިހާ ދުވަހެއްނިންމާފަ އެއީ 3 ދުވަސްފަސް މިވަރުވީމަ ކަޑަދޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: