ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފި

ފަނޑިޔާރާއި ލިޔުން ހަވާލު ކުރައްވަނީ/ ފޮޓޯ: ޖޭއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުގެ ތެރޭ ރަށްތަކުގެ ދެ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުން އައްޔަނު ކުރީ ދ. ކުޑަހުވަދޫ މެނިސްޓްރޭޓު ކޯޓަށް ޔާސިރު އަހުމަދާއި ށ. ފުނަދޫގެ މެޖިސްޓްރޭޓު ކޯޓަށް އިބްރާހިމް ނައީމެވެ.

ޖޭއެސްސީން ބޭއްވި ރަސްމިއްޔާތުގައި ދެ ބޭފުޅުންނާއި ފަނޑިޔާރުކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. އަދި ދެބޭފުޅުން ވަނީ ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފަ އެވެ. ފަނޑިޔާރު ޔާސިރާއި، ފަނޑިޔާރު އިބްރާހިމް ނައީމާއި ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަދި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނެވެ.

މި ސަރުކަރު އުފެދުމަށް ފަހު ސުލޫކީ މައްސަލަތަކެއް ފާހަގަވާ ފަނޑިޔާރުންތަކާއި މެދު ފިޔަވަޅު އަޅައި މަގާމުން ވަކިކޮށްފައިވެ އެވެ. އަދި ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަކަން ފެށުމުން އެބޭފުޅުން އަމިއްލައަށް އިސްތިއުފާ ދެއްވިކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: