ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައި ކޯޓުގައި އެންމެ ފަނޑިޔާރަކު އިންނަވައިގެން ފުރަތަމަ ފަހަރަށް ޝަރީއަތެއް

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު އިސްލާހާއެކު ފުރަތަމަ ފަހަރަށް ހައިކޯޓުގައި 1 ފަނޑިޔާރު މައްސަލައެއް ކުރިއަށް ގެންދެވުން/ ފޮޓޯ: ހައިކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އެންމެ ފަނޑިޔާރަކު ބެންޗުގައި އިންނަވައިގެން ޝަރީއަތެއް ކުރިޔަށް ގެންގޮސްފި އެވެ.

ހައިކޯޓު އުފެދި މިއަދާއި ހަމައަށް ވެސް މައްސަލަތަކުގެ ޝަރީއަތްތައް ކުރިޔަށް ގެންގޮސްފައި ވަނީ ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެންމެ ފަނޑިޔާރެއް ހުންނަވައި މިއަދު މައްސަލައެއް ކުރިޔަށް ގެންދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުންނެވެ. ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެންމެ ފަނޑިޔާރަކު ހުންނަވައިގެން މައްސަލައެއް ކުރިޔަށް ގެންދެވޭނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މަަދަނީ މިންގަނޑަކުން މައްސަލަ ކުރިޔަށް ގެންދިއުމާއި މެދު ދަށު ޖޯޓުގެ ނިންމުންތަކުގެ އިސްތިއުނާފުތައް އެކަންޏެވެ. ގާނޫނުގައި އޮންނަނީ މިފަދަ މައްސަލަތައް ހަތް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެގޮތަށް ހައިކޯޓުގައި ފުރަތަމަ ފަހަރަށް މައްސަލައެއް ބެއްލެވީ، ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ގާނޫނާއި ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގައި، ހައިކޯޓުން މައްސަލަތައް ބަލަން ޖެހޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: