ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޑައިގަތީ ހެޔޮ ވެރިކަމެއްކޮށްދޭން؛ ބަހާލީ އެތައްމިތާތިބި ރައްޓެހިންނަށް ފައިސާ: ސުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިންމުން އިރު ދައުލަތުގައި އެއްކޮށްފައި ހުރި ރިޒާވް މި ސަރުކާރުން ގާތް ރަހުމަތްތެރިންނަށް ބަހާލައިފިކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ސިފަކުރައްވައިފިއެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ސުޖާއު އެންމެ ފުރަތަމަ ޝުކުރުދެންނެވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގދ ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން އެމަނިކުފާނާއި ދެކޮޅަށް އިހުތިޖާޖުކުރި މަސްވެރިންނަށެވެ.

މި ސަރުކާރުން މަސްވެރިންނަށް ހޯދައިދެއްވަން ވައުދުވެވަޑައިގެންނެވި “ހަމައަގު” އަށް ފާޑުކިޔުން އަމާޒުކޮށް، ޝުޖާއު ވިދާޅުވީ އެ ވައުދު ފުއްދައިދީފިކަމަށެވެ. މަސްވެރިންނަށް ހަމަ އަގު ހޯދައިދީފިކަމަށާއި، އެ ހަމައަގަކީ އެދުވަހަކު އޮންނަ އަގުކަމަށް ޝުޖާއު ވިދާޅުވިއެވެ.

ސަރުކާރުން މަސްވެރިންގެ ވާހަކަދައްކަވާއިރު، މަސްބޭނުމަށް ނިކުތުމަށް އޮތް ކަނޑު އިންޑިއާއަށް ވިއްކާލައިފިކަމަށް ފާހަގަކުރައްވާ، ޝުޖާއު އިޝާރާތްކުރެއްވީ ޗާގޯސްގެ މައްސަލައަށެވެ. އަދި ވިދާޅުވީ މިއީ ރައީސް ސާލިހު ހިންގެވި ބޮޑު ވައްކަމެއްކަމަށެވެ.

ފޯޅަވަހިި ވިއްކާލައިގެން މިއުޅެނީ އިންޑީއާއަށް، މިއީ ބޮޑު ސިންގާ ވައްކަމެއް މި ސަރުކާރުން ހިންގި، އިބްރާހީމް މުހައްމަދު ސާލިހު ބޮޑު ސިންގާ ވައްކަމެއް ހިންގި. ދިވެހިރާއްޖޭގެ ކަނޑު ވިއްކާލައިގެން މިއުޅެނީ. ދެން ކޮން ވާހަކައެއް އަޅުގަނޑުމެން ދައްކާކަން، މިއީ ގައުމެއްތަ؟

ސުޖާއު ވިދާޅުވީ މިއީ ވައްކަމެއް ނޫންނަމަ އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުން ފުލުހުންނާއި ސިފައިންގެ ކައިރިއަށް ނުދާނެކަމަށެވެ. ކަންތައްތައް މިހެން އޮވެއްޖެނަމަ ވަކި ހިސާބަކުން މަސްވެރިންނަށް މަހަށް ނުދެވޭނެކަމަށް ފާހަގަކޮށް ޝުޖާއު ސުވާލުއުފެއްދެވީ މަސްވެރިންގެ ހައްގުތައް ކަށަވަރުނުކޮށްދެވޭއިރު، ކީއްކުރަން ފާހަގަކުރާ މަސްވެރިންގެ ދުވަހެއްތޯއެވެ.

މީގެ އިތުރުން ސުޖާއު ވަނީ އޭނާގެ ވާހަކައިގައި ގައުމުގެ މާލީ ހާލަތަށްވެސް އަލިއަޅުއްވައި ވާހަކަދައްކަވާފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނުއިރު ރިޒާވްގައި ފައިސާހުރިކަމަށް ޝުޖާއު ވިދާޅުވިއެވެ. މި ސަރުކާރަށް އަމާޒުކޮށް ސުޖާއު ވިދާޅުވީ “ހެޔޮ ވެރިކަމެއް” ކޮށްދެއްވަން ވަޑައިގެން މި ސަރުކާރުން އެ ފައިސާތައް ބޭނުންނުވާ ކަންކަމަށް ހޭދަކޮށްފިކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ރައްކާކުރެއްވި ފައިސާ “އެތައް މިތާ ތިބި ރަށްޓެހިންނަށް ބަލާހީ” ކަމަށެވެ.

ހެޔޮވެރިކަމުން އައިސް ކޮށްލި ގޮތަކީ، ރަށްޓެހިންނަށް އެތައް މިތާ އުޅޭ ބަހާ ހުސްކޮށްލުމުގެ ނަތީޖާ މިފެންންނަނީ މިއަދު މި ބައްދަލުކުރަނީ މި ހުރިހާކަމެއް މި ހިސާބަށް ގެނައިސް ދެން ވިދާޅުވަނީ އާން ވަރަށް ސަކަރާތްކޮށޭ މިއޮތީ. އެހެންވީމަ ވެއްޖޭ ޓެކްސް ބޮޑުކުރަން

ހަރަދު ދެކޮޅުނުޖެހޭ ހިސާބަށް ގައުމުގެ އިގްތިސާދީ ހާލަަތު ދިޔަ ސަބަބަކީ އެއީކަމަށް ވިދާޅުވެ ސުޖާއު ފާހަގަކުރެއްވީ، ރައްޔިތުންގެ ފައިސާ ބޭނުން ނެތް ކަންކަމަށް ހަރަދުކުރުމަށްފަހު ޓެކްސް ނެގީ އެކަން ފޫބައްދަންކަމަށެވެ. އަދި ޓެކްސް ގޮތުގައި ނަގާ ފައިސާވެސް ބޭނުންކުރަނީ ހަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި ނޫންކަމަށް ފާހަގަކޮށް ސުޖާއު ވިދާޅުވީ، އެ ފައިސާ ބޭނުންކުރަނީވެސް އުފެއްދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މުސާރަދެއްވުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: