ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ޝަރީފްގެ ފާޑުކިއުން ސަރުކާރަށް: ރައީސް ޓިކެޓު ނެންގެވީ އަމިއްލަފުޅަށް، ޑެލެގޭޝަނަށް ހަރަދު ކުރީ ކާކު؟

އުރީދޫ ގްރޫޕްގެ އިސް މެނޭޖްމަންޓާއި އެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަތަރުގައި މިހާރު ކުޅެމުން ދާ، ވޯލްޑްކަޕްގެ އެންމެ ފޯރިގަދަ ދެ މެޗު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ވަޑައިގެންނެވި ސެކިއުރިޓީންނާއި ޑެލެގޭޝަންގެ ހަރަދުތައް ވެސް ހަމަޖެއްސެވީ ވެސް އެމަނިކުފާނު ތޯ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ސުވާލު އުފައްދަވައިފި އެވެ.

ވޯލްޑްކަޕްގެ ފައިނަލް މެޗު، ނުވަތަ ފައިނަލް މެޗަށް ރައީސް ސޯލިހު ގަތަރަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ހާމަކުރުމާއި އެކު އެކަމަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވި އެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށް ދައުލަތުގެ ފައިސާ ބޭކާރު ގޮތުގައި ހަރަދު ކުރަނީކަމަށް ބުނެ ފާޑުކިއުން އަމާޒުވުމުން ފަހުން ރައީސް އޮފީހުން ބުނީ ރައީސް ގަތަރަށް ވަޑައިގަންނަވާނީ އަމިއްލަ ހަރަދުގައި ޓިކެޓު ނަންގަވައިގެން ކަމަށެވެ.

ގައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ޕްރޮޓޮކޯލް އިންތިޒާމުތައް ހަމަޖެހިފައި ހުންނަ ގޮތުން ސެކިއުރިޓީންނާއި އެހެން އިސްވެރިން ވެސް އަރިހުގައި ގަތަރަށް ދާނެ އެވެ. އަދި ރައީސް އޮފީހުގެ ފޮޓޯގްރާފަރަކާއި ވީޑިއޯގްރަފާއެއް ދާކަން ފާހަގަކުރެވެ އެވެ.

ވޯލްޑްކަޕްގެ ސެމީ ފައިލް މެޗު ބެއްލެވުމަށް ރައީސް ވަޑައިގަތީ އަނބިކަބަލުން ފަޒްނާ އަހުމަދާއި އެކު އެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ދެބޭފުޅުން އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

މި ދަތުރަށް ފާޑުކިއުން އަމާޒުކޮށް އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ ސެކިއުރިޓީ އާއި ޕާސަނަލް އެސިސްޓަންޓަށް ވެސް ޓިކެޓު ނެންގެވީ ރައީސް އަމިއްލަފުޅަށްތޯ ސުވާލު އުފެދޭ ކަމަށެވެ. ރައްޔިތުންނަށް ސަރުކާރުން އޮޅުވާލުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، ގައުމު އޮތީ މައްސަލަތަކުން ފުރިފައި ކަމަށެވެ. އަދި ހަރަދުތައް ކުޑަކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރުމަށް ފަހު، ދައުލަތުގެ ވެރިންގެ ކަމަކަކީ މަޖާކުރަން ދަތުރު ކުރުންކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ދަތުރުގެ އެތެރޭގެ ބައެއް ހަރަދުތައް ހަމަޖައްސާނީ ގަތަރުންނެވެ. އެގޮތުން ކެއުމުގެ އިންތިޒާމާއި، ހުރުން ހަމަޖައްސާނީ އެގައުމުންކަމަށް މައުލޫމާތު ދިނެވެ.

ދަތުރުގައި ބައިވެރިވި ދައުލަތުގެ އެހެނިހެން އިސްވެރިންނާއި ގުޅޭ މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓުގައި އެމަނިކުފާނު އުރީދޫ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރާއި ކުންފުނީގެ ސީނިއާ މެނޭޖުމަންޓާއި އެކު ބޭއްވި ބައްދަލުވުމުގެ މައުލޫމާތު އިނގިރޭސި ސެކްޝަނުގައި ހިއްސާކޮށްފައި އެބަހުއްޓެވެ. އަދި ބާއްދަލުވުމާއި ބެހޭ މައުލޫމާތާއި އެކު އާއްމުކޮށްފައިވާ ފޮޓޯއިން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި، ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނުކަން ކުރި މިހާރުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ އިބްރާހިމް ހޫދާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާރު ފެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: