ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2019 ވަނަ އަހަރުގެ އިގްތިސާދީ ހާލަތަށް ރުޖޫއަ ވުމަށް އެބަ މަސައްކަތް ކުރަން: ފައްޔާޒު

މިނިސްޓަރު ފައްޔާޒު "ބެލްޓް އެންޑް ރޯޑު" ފޯރަމްގައި ވާހަކަދައްވަނީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2019 ވަނަ އަހަރު އިގްތިސާދު އޮތް ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތްތައް ކުރައްވަމުންދާކަމަށް އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޗައިނާ އަދި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދިޔަ ”ބެލްޓު އެންޑު ރޯޑު“ ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ދިވެހި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ 2019 ވަނަ އަހަރުގައި އޮތް ހާލަތަށް އިގްތިސާދު ރުޖޫއަ ކުރުމަށްކަމަށެވެ.

އެނާ ވިދާޅުވީ، ރާއްޖެއިންވަނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ލޮޅުންތަކުގެ ތެރެއިން ނުކުތުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް މަސައްކަތްކޮއްފައިކަމަށެވެ. އަދި އިގްތިސާދު ހަމައަކަށް އެޅުމަށް ކުރެވުނު މަސައްކަތްތަކާއި ވެކްސިން ޖެހުމަށް ކުރި މަސައްކަތްތަކުގެ ސަބަބުންނާއި ބޯޑަރު ހުޅުވާލުމުގެ ސަބަބުން ރާއްޖެއަށްވަނީ އެ ހާލަތުން އެހެނިހެން ގައުމުތަކަށްވުރެ އަވަސް ހާލަތެއްގައި އަރައިގަނެވިފައިކަމަށެވެ.

ފައްޔާޒު ވިދާޅުވީ 2020 ވަނަ އަހަރުގެ ނިމުމާއި ހިސާބުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށިކަމަށެވެ. އަދި 2021 ވަނަ އަހަރު އިގްތިސާދީ ހާލަތު ރަނގަޅުވާން ފެށިކަމަށާއި މި އަހަރުގެ ތެރޭގައި 12 އިންސައްތައިން އިގްތިސާދު ފުޅާވެގެންދާނެކަމަށް ލަފާކުރާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، ޕެންޑެމިކްގެ ކުރިން ފަތުރުވެރިން އައި މިންވަރަށްވުރެ ގިނައިން ފަތުރުވެރިން އަންނާނެ ކަމަށް ނުވަތަ އެއް ވަރުވެގެންދާނެކަމަށްވެސް އުންމީދުކުރައްވާކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތަކަށް އަލި އަޅުއްވައި އިތުރަށް ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެހެން ގައުމުތަކަކޭ އެއްފަދައިން ރާއްޖެއަށްވެސް އެކަމުގެ ސަބަބުން އެކި ކަންކަމުގައި ގެންގުޅުން ވިސްނުންތަކަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހުނުކަމަށެވެ.

ޗައިނާ އަދި ރާއްޖޭގެ ގުޅުމަށް ފަންސާސް އަހަރު ފުރުން ފާހަގަކޮށް ބޭއްވި މި ފޯރަމްގައި ފައްޔާޒުވަނީ ދެގައުމުގެ ގުޅުމަށްވެސް އަލި އަޅުއްވާފައެވެ.

އެނާ ވިދާޅުވީ ދެގައުމުގެ ދެމެދު އޮންނަ ވިޔަފާރި އަދި  އިގްތިސާދީ ގުޅުންތައް ބަދަހިވެފައިވާތީ އުފާ ކުރައްވާކަަމަށެވެ. އަދި އެ ފޯރަމް މެދުވެރިކޮށް އިތުރަށް ގުޅުން ބަދަހިވުމުގެ ފުރުސަތުތައް ހުޅުވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ފައްޔާޒު ވިދާލުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: