ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ ސްކޫލުގެ ކޮަރަޕްޝަން: އެޑްމިނިސްޓްރޭޓަރަށް ޕްރޮމޯޝަން ދިންކަމަށް ބުނެ އިހުތިޖާޖު ކުރި މުވައްޒަފުންނަށް ފިޔަވަޅު އަޅަނީ

ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލުގެ ކޮރަޕްޝަން މައްސަލައެއް ފެންމަތިވެ ކުރި އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާޒީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި ދެ މުވައްޒަފެއްގެ ފަރާތުން ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކެއް ފާހަގަކުރެވި އެކަން ތަހުގީގު ކުރަމުން ދަނިކޮށް އެޑްމިނިސްޓްރޭޓަރަށް ޕްރޮމޯޝަނެއް ދީފައިވާކަމަށް ބުނެ ސްކޫލުގެ މުވައްޒަފުންތަކެއް އިހުތިޖާޖު ކުރި މައްސަލަ ބަލާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ގާޒީ ސްކޫލުގައި ކޮރަޕްޝަނާއި ފުރައްސަރައިގެ އަމަލުތަކެއް ހިނގަމުންދާކަމަށް ބުނެ އެ ސްކޫލުގެ މުވައްޒަފުންތަކެއް މިއަދު އިހުތިޖަޖުކޮށްފައި ވެއެވެ. އިހުތިޖާޖު ކުރި ޓީޗަރުން ވަނީ ރިޕޯޓު ފޮތް ތައްޔާރު ކުރުމަށް ދަތިތަކެއް ވަމުން ދާއިރު މަސައްކަތްތަކަށް ބޭނުންވާ ސާމާނުތައް ގަތުމަށް ސްކޫލުން ދެކޮޅު ހަދައި ބަޖެޓެއް ނެތްކަމަށް ވެސް ބުނަމުން ދާ ކަމަށެވެ. އަދި ސްކޫލުގެ ސެކިއުރިޓީ ނުހައްގުން ގަވައިދާއި ހިލާފަށް ބަޔަކާއި ހަވާލު ކުރުމާއި ސްކޫލުގެ ޕީޓީއޭ ހަރަކާތްތަކުން ލިބުނު ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަން ފާހަގަކުރި އެވެ.

މީގެއިތުރުން ބެލެނިވެރިން ހަދިޔާ ކުރި ޓީވީތަކުގެ ތެރެއިން ތިން ޓީވީއެއް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ނޫސްވެރިންގެ ސުވާލުތައް ގިނަވެ، އެ މައުލޫމާތުތައް ދޭން އެދުމުން ވެސް އެއްވެސް ތަފްސީލެއް ނުދީ އޭގެ ފަހުން އާއްމު ކުރި ބަޔާނެއްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ މުދަލާއި ފައިސާ ބެލެހެއްޓުމާއި ގުޅުން ހުރި ޝަކުވާތަކެއް ލިބި އެ މައްސަލަ ބެލުމަށް އޮޑިޓެއް ހެދި ކަމަށެވެ. މުދަލާއި ފައިސާ ހަރަދު ކުރުމުގައި ދިވެހި ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް އަމަލު ކުރިކަން އޮޑިޓުން ފާހަގަކުރެވި މިނިސްޓްރީން އިދާރީ ތަހުގީގެއް ކުރިޔަށް ގެންދިޔަކަން ފާހަގަކޮށް ބަޔާނުގައި ބުނީ އެ މަރުހަލާގެ ތެރޭގައި އިތުރު ބައެއް ކަންތައް ވެސް ހާމަވި ކަމަށެވެ.

އިތުރަށް ހާމަވި ބައެއް ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކާއި އެކު ބަޔާން ނެގުމުގެ މަރުހަލާ ދިގުލައިގެން ދިޔަ ނަމަވެސް އިދާރީ ތަހުގީގު ނިންމައި މައްސަލައިގެ ރިޕޯޓު އެކުލަވާލުމަށް ފަހު އޭގެއިން ފާހަގަ ކުރެވުނު ކަންކަމަށް ރިއާޔަތްކޮށް އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ދާކަމަށް ބަޔާނުގައި ވެއެވެ.

ޓީޗަރުންގެ އިހުތިޖާޖުތަކާއި އެކު މައްސަލަ މީޑިއާތަކާއި ހަމައަށް ފެންމަތިވީ މިއަދު ނަމަވެސް މިނިސްޓްރީގެ ބަޔާނުން އެނގޭ ގޮތުގައި ޝަކުވާތަކަށް އޮޑިޓު ހަދައި މައްސަލަ ތަހުގީގު ކުރަމުން ދާތާ ގިނަ ދުވަސް ވަނީ ވެފަ އެވެ. އިންޓާނަލް އޮޑިޓު އެކުލަވާލި ތާރީހާއި، އަދި މިނިސްޓްރީއަށް އެ ޝަކުވާ ލިބުނީ ކޮން ތާރީހެއްގައި ތޯ ސަންގު ޓީވީން ސުވާލު ކުރުމުން މިނިސްޓްރީގެ އެއްވެސް ޖަވާބެއް ނުލިބުނެވެ.

މިނިސްޓްރީން ބުނެފައި ވަނީ، ތަހުގީގުން ދެ މުވައްޒަފަކު ޑޮކިއުމަންޓުތަކެއް ފޯޖު ކުރި މައްސަލައެއް ފާހަގަކުރެވުނު ކަމަށެވެ. އަދި ސްކޫލަށް ލިބުނު ޓީވީއެއް، ޓީޗަރަކު އޭނާގެ ގެއަށް ގެންދިޔަ މައްސަލައެއް ފާހަގަކުރެވުނު ކަމަށެވެ. މި މައްސަލަތަކަކީ މިއީ ޖިނާއީ ކުށްތަކެއްކަމަށް ވުމާއި އެކު އެކަން ފުލުހަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.

މައްސަލައިގެ ތުހުމަތު ކުރާ އެޑްމިނިސްޓްރޭޓަރު މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް ބަދަލު ކުރިކަމަށް ވާހަކަ ދެކެވޭތީ އެޑިއުކޭޝަނުގެ ބަޔާނުގައި ބުނީ މި މަހުގެ 06 އިން ފެށިގެން އޭނާ މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް ބަދަލު ކުރީ ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން ކަމަށެވެ. އަދި އެކަން ސްކޫލު ހިންގުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕްރިންސިޕަލަށް އެންގިކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން، އެއީ ޕްރޮމޯޝަނެއް ނޫންކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭ އެންމެންގެ މައްޗަށް ފިޔަވަޅު އަޅާނެކަމަށާއި، އެކަމުގައި ސިވިލް ސާވިސްގެ ގަވައިދުތަކަށް ރިއާޔަތް ކުރާނެކަން ފާހަގަކޮށް މިނިސްޓްރީގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ ޓީޗަރުން އިހުތިޖާޖު ކުރި މައްސަލަ ބަލާނެ ކަމަށެވެ.

އެޑިއުކޭޝަނުން ވަނީ މީޑިއާތަކުން މި މައްސަލައިގައި ދޮގު މައުލޫމާތު ނުފެތުރުމަށް ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: