ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން 2023: ޕާޓީއިން ކަނޑައަޅާ ކެނޑިޑޭޓަކަށް ފުރުސަތު ލިބެންވާނެ: އީސީ ރައީސް ފުއާދް

އީސީގެ ރައީސް ފުއާދް އަދި ނައިބު ރައީސް ހަބީބު: ފޮޓޯ/ އިލެކްޝަންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑުއެއް ސިޔާސީ ޕާޓީކަމަށްވުމުން، އެ ޕާޓީއިން ކަނޑައަޅާ ކެނޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމުގެ ފުރުސަތު ލިބެންވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދް ތައުފީގް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލުވެފައިވާކަމުގެ ތުހުމަތު ކުރެވި، އެކަމާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ކުރެވެމުންދާ ދަނޑިވަޅެއްގައި ފުއާދު އެކަމާއި މެދު ދެކެވަދައިގަންނަވާ ގިތާއިމެދު ”ސަންގު“ އިން ސުވާލު ކުރުމުން އެނާ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައާއިމެދު އިލެކްޝަންސް ކޮމިޝަނުން ސީދާ ވަކި އެއްޗެއް ވިދާޅުވާން ނެތްކަމަށެވެ.

އެހެން ނަމަވެސް މިވަގުތު އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީއިން ރައީސް ޔާމީން އެ ޕާޓީގެ ކެނޑިޑޭޓު ކަމަށް ކަނޑައަޅާފައިވުމުން، އިންތިހާބުގައި ކުރިމަތިލެއްވުމުގެ ފުރުސަތު ލިބެންވާނެކަމަށް ފާހަގަކުރައްވާ އެނާވަނީ އެއީ އެނާ ޕާރސަނަލީ ދެކިލައްވާ ގޮތްކަމަށް ވިދާޅުވެފައެވެ.

ފުއާދު ގަބޫލު ކުރައްވާގޮތުން އިލެކްޝަންސްގެ ގިނަ މެމެބްރުންވެސް އެގޮތަށް އެއްބަސްވެވަޑައިގަންނަވާނެއެވެ. އެހެން ނަމަވެސް ޖުޑިޝަރީއަކީ އެހެން މުވައްސަސާއެއްކަމަށާއި އެ މުވައްސަސާގެ މައްސަލަތަކުގެ ވާހަކަތައް އިވެމުންދިޔަ ނަމަވެސް ޖުޑިޝަރީއިން ނިންމަވާ ގޮތެއް އިލެކްޝަންސްއިން ބަލައިގަންނާނެކަމަށް އެނާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ، އިލެކްޝަންސްއިން ޖުޑިޝަރީގެ ނިންމެވުންތައް ގަބޫލު ކުރަން ޖެހޭނެކަމަށެވެ.

ފުއާދު ވިދާޅުވީ، ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އިންތިހާބުގައި ހޮވިވަޑައިގަންނަވާނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ކެނޑިޑޭޓެއްކަމަށާއި އެއްވެސް ކެނޑިޑޭޓަކާއިމެދު އިލެކްޝަންސްއިން ތަފާތު ނުކުރާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. .

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: