ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު ވެސް ޕްރައިމެރީގެ ރަސްމީ މަސައްކަތްތަކަށް!

ކެމްޕެއިން ފެއްޓެވުމުގެ ގޮތުން ރައީސް ސޯލިހު ސޯލްޓުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމެރީގެ ތައްޔާރީތައް ފަށައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނާއި އަރިސް ގައުމީ މަޖިލީސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި އެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ، އެތެރޭގެ އިންތިހާބުގައި ވާދަ ކުރުމަށް ކެނޑިޑެސީ ފޯމު 500 މެމްބަރުންގެ ތާއީދު ސޮޔާއި އެކު ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވައި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރަސްމީ މަސައްކަތްތައް ފައްޓަވާފަ އެވެ. ނަމަވެސް، އެމަނިކުފާނު ވަނީ އިންތިހާބުގެ އިންސާފުވެރިކަމާއި މެދު ސުވާލު އުފައްދާފަ އެވެ.

އެނގިފައިވާ ގޮތުން، ރައީސް ސޯލިހު އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތަކުގެ އިދާރީ މަސައްކަތްތައް ކުރިޔަށް ގެންދަވާނީ ސޯލްޓް ކެފޭގަ އެވެ. މިރޭ ގައުމީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، ރައީސަށް ތާއީދު ކުރާ އެމަނިކުފާނުގެ އަރިސް މެމްބަރުންނާއި ބައްދަލު ކުރައްވައި ޕްރައިމެރީގެ މަސައްކަތްތައް އިއުލާނު ކުރެއްވި އެވެ.

ބައްދަލުވުމުގައި މިރޭ ބައިވެރިވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނެވެ. އަދި ދާދި ފަހުން ޕާޓީއާއި ގުޅިވަޑައިގެންނެވި، ރީކޯ މޫސާ މަނިކު ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

ސޯލްޓުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނެ އެވެ. އަދި މަޖިލީސް މެމްބަރުން ވެސް ތިއްބެވި އެވެ.

މިރޭގެ ބައްދަލުވުމުގައި ޕްރައިމެރީގައި ވާދަ ކުރާނެކަން އިއުލާނު ކުރުމާއި ކެމްޕެއިން ހަރަކާތްތަކުގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: