ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނި ހަދަން ހުއްދަ ނުދޭތީ ސިޓީ ކައުންސިލްގެ ފާޑުކިޔުން ސަރުކާރަށް

މާލެ ސިޓީ ކައުންސިލްގެ އާއްމު ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދަ އަށް އެދި އެއް އަހަރުވެފައިވާއިރުވެސް އެ ހުއްދަ ދީފައިނުވާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 81 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައިވާ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ޢިޖުރާއަތްތަކެއް ފުރިހަމަ ކުރި ފުރަތަމަ ކައުންސިލަކީ މާލެ ސިޓީ ކައުންސިލް ކަމަށާއި އެހެންނަމަވެސް ޓްރޭޑް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ހުއްދަ ދީފައި ނުވާކަމަށެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށައަޅާފައިވަނީ އޭރު އޮތް ޤަވާއިދާ އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށައެޅިތާ 8 މަސްދުވަސް ފަހުން ޤަވާއިދު ބަދަލުކޮށްފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ޓްރޭޑް މިނިސްޓްރީއާއި ރެޖިސްޓްރާ އޮފް ކޮމްޕެނީސް އާއި ފިނޭންސް މިނިސްޓަރ އަދި ލޯކަލް ގަވާރމެންޓް އޮތޯރިޓީ އާއި މާލެ ސިޓީ ކައުންސިލުން ބައްދަލުކޮށްފައިވާ ކަމަށާއި އަދި އެބޭފުޅުން ވިދާޅުވިގޮތަށް ލިޔެކިއުންތަކަށް ބަދަލުތައް ގެނެސްފައިވާނެ ކަމަށާއި އެހެންނަމަވެސް ސަރުކާރުން އެކަން މާލެ ސިޓީ ކައުންސިލަށް ކޮށްދީފައި ނުވާކަމަށެވެ.

ޑެޕިއުޓީ މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް އެކަން ނުކޮށްދޭކަމަށް ބޮޑަށް ބެލެވެނީ ސިޔާސީ ކަމަކާއި ގުޅިގެން ކަމަށެވެ. އަދި ޑެޕއިޓީ މޭޔަރު ވަނީ ވީހާވެސް އަވަހަކަށް މާލެ ސިޓީ ކައުންސިލުން އެދިފައިވާ ފަދައިން ލޯކަލް އޮތޯރިޓީ ކުންފުނި ހެދުމަށް ހުއްދަ ދިނުމަށް ގޮވާލައްވާފައެވެ.

ކުންފުނި އުފެއްދުމުގެ ހުއްދަ ނުދިނުމުން ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރ އަހުމަދު އައިފާންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ކައުންސިލަރު އައިފާން ވިދާޅުވީ ލޯކަލް އޮޓޯރިޓީ ކުންފުނި ރަޖިސްޓްރީ ކުރުމަށް މާލެސިޓީ ކައުންސިލުން އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ކައުންސިލުން އެދުމުން ޤަވާއިދު ބަދަލު ކުރިކަމަށެވެ. ލޯކަލް އޮތޯރިޓީ ކުންފުނި ހެދުމުގެ ޤަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ކުންފުނީގެ މައްޗަށް ކައުންސިލަށް އޮންނަ ބާރު ގެއްލޭ ފަދަ ގޮތަކަށް އޮތްކަން އައިފާން ވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: