ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ކުނި އެތެރެކުރަން ރައީސް ތާއީދެއް ނުކުރޭ : މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެހެނިހެން ގައުމުތަކުން އުފައްދާ ކުނި އެތެރެ ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު އަދި ސަރުކާރުގެ ތާއީދު އޮތް ކަމެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ތަސްދީގުކުރައްވާފައިވާ ކުނި މެނޭޖު ކުރުމުގެ ބިލުގެ 44 ވަނަ މާއްދާއިން ދިވެހިރާއްޖެއަށް ކުނި އެތެރެ ކުރުމުގެ މަގު ފަހިވެފައިވުމުން، ރާއްޖޭގެ ތިމާވެށި އެކްޓިވިސްޓުންނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިންވެސް ވަނީ ސަރުކާރުގެ އެ ނިންމުމަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބިލާއިމެދު ސުވާލު ކުރުމުން މިއުވާން ވިދާޅުވީ، އެ ބިލުގައިވާ ކުނި އެތެރެ ކުރެވޭ މާއްދާއަކީ، މަޖިލީހަށް ފޮނުވި ފަހުން ހިމަނާފައިވާ މާއްދާއެއްކަމަށެވެ. އަދި ސަރުކާރުން އެކަމަށް ތާއީދު ނުކުރާކަމަށް އެނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، މަޖިލީސް މިވަގުތު އޮތީ ޗުއްޓީގައިކަމަށެވެ. އެހެންނަމަވެސް މަޖިލީސް އަލުން ފެށުމުން މިހާރު ތަސްދީގު ކުރެވިފައިވާ ކުނި މެނޭޖު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާނެކަމަށް އެނާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ އެ ގާނޫނު ތަސްދީގު ކުރެވިފައިވަނީ އެ ގާނޫނުގައި ވާ ބައެއް މާއްދާތަކަށް އަމަލު ކުރުމަށް ކަމާބެހޭ ބައެއް މުއައްސަސާތަކުން ބޭނުންވާތީކަމަށެވެ.

އެނާ ވިދާޅުވީ، ކުނި އެތެރެ ކުރެވޭނެ ގޮތަށް ފަހިވެފައިވާނަމަވެސް، އެކަން ކުރެވޭނީ ގާނޫނުގެ ދަށުން އެކުލަވާލާ ގަވައިދެއް މަތިންކަމަށް ބަޔާންކޮއްފައިވާނެކަމަށެވެ. އެހެންނަމެސް ސަރުކާރުން މިކަމަށް ތާއީދު ނުކުރާތީ އެ ގަވައިދު ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެފައިވާކަމަށާއި އެ ގަވައިދު ހެދުމަށް ގާނޫނީ ގޮތުން ވަކި މުއްދަތެއްވެސް ބަޔާންކޮށްފައިނުވާކަމަށް އެނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ސަރުކާރުން ގެންގުޅެނީ ގާނޫނަށް އިސްލާހު ގެނައުމުގެ ވިސްނުމެއް ކަމަށެވެ. އެހެންކަމުން ފުރަތަމަ އެކަން ކުރާނެކަމަށާއި ގާނޫނު ފާސްވެފައިވާނަމަވެސް ރާއްޖެއަށް ކުނި އެތެރެ ނުކުރާނެކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: