ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދުގެ އޮތީ ކަސްބީ ސިޔާސަތެއް، ހުޅުވަން ބުނާ ކޮންމެ ތަނެއް ޖެހޭނީ ހުޅުވަން: ރައީސް ޔާމިން

ރައީސް ޔާމީން "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެއްވެސް ހާރިޖީ ސިޔާސަތެއް ނެތްކަމަށާއި، އޮތީ ނާށިގަނޑު ހިފައިގެން ދުވާ ކަސްބީ ސިޔާސަތެއްކަމަށް ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތްކަމަށް ބުނެ، އިދިކޮޅުން ސަރުކާރަށް އަމާޒު ކުރާ ފާޑުކިއުންތައް މިރޭ ވެސް ރައީސް ޔާމިން ތަކުރާރު ކުރެއްވި އެވެ. އެމަނިކުފާނުގެ ސަރުކާރަށް އަމާޒުކޮށް ގައުމުތަކާއި ގުޅުމެއް ނެތްކަމަށް ބުނުމާއި، ހޯދުނު އެހީއެއް ނެތްކަމަށް ބުނާއިރު މި ސަރުކާރަށް ވެސް ކުރެވުނު އެއްވެސް ހާރިޖީ މަސައްކަތެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“ފެލާލައިފި” ގެ ނަމުގައި އިިދިކޮޅުން ކުރިޔަށް ގެންދިޔަ ޖަލްސާގައި، ރައީސް ޔާމީން އެެހެން ރޭތަކާއި ހިލާފަށް މާބޮޑަށް ސަރުކާރަށް ފާޑުވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ޝާހިދަށް ދިވެހިންގެ ކަނޑު ވިއްކަލި މައްސަލަ ބަލަން ވެސް ނުކެރޭނެ ކަމަށެވެ. އަދި މޮރީޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި ސިޓީ ވެސް ދައްކާލަން ނުކެރުނުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ސަރުކާރެއް ނަމަ، ރައްޔިތުންނަށް އިހުލާސްތެރިކަމާއި އެކު ހިދުމަތްތައް ކުރަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިއީ ހަމައެކަނި މެނިފެސްޓޯއެއްގައި ލިޔެލާ ވާހަކަތަކެއް ނޫންކަމަށާއި ވެރިކަމަށް އައިސް އެއްވެސް މަސައްކަތެއް ނުކޮށް ވައުދުތައް ފުއްދިއްޖެކަމަށް ބުނުމުން އެ ވާހަކަތައް ހަމަ ނުޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތާއި މެދު ސުވާލު އުފައްދައި ރައިސް ޔާމީން ވިދާޅުވީ، މިދިޔަ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނުހޯދުނު އެހީ އެއް އަހަރު ތެރޭގައި ހޯދުނުކަމަށް ބުނާއިރު އެ އެއްޗެއް ފެންނަން ވެސް ނެތްކަމަށެވެ. އެހެން ކަމުން، އަމިއްލަފުޅަށް ކުރާ މަސައްކަތުގެ ފޮނި ވާހަކަ ދައްކަން ވެސް ވާނީ ކޮންމެވެސް ހަގީގަތެއް އޮވެގެންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 02 ބިލިއަން ރުފިޔާ ހޯދާނެކަމަށް ލިޔެފައިވާއިރު އެ އަދަދާއި ކިރިޔާ ވެސް ގާތް ކުރާ އަދަދަކަށް ހިލޭ އެހީ ލިބުނުތޯ ރައީސް ޔާމިން ސުވާލު އުފެއްދެވި އެވެ. ދިވެހި ދައުލަތަށް ލިބުނީ 320 މިލިއަނެއްހާ ފައިސާކަމަށާއި މިއީ ލަދު ގަންނަން ޖެހޭ ސަބަބެއްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“އެހެންވީމަ ވަރަށް މޮޅު ބައެއް ތާ.. ދެހާސް މިލިއަން ހޯދަން ޖެހި ބަޔަކަށް މިއުޅެނީ އޭގެ 11 ވަރަކަށް ޕަސަންޓު ހޯދިގެން މިއުޅެނީ.. އެހެންވީމަ ހާރިޖީ ސިޔާސަތަކީ ވެސް ހަމަ ކަސްބީ ސިޔާސަތެއް.. ވަރަށް ކަސްބީ ސިޔާސަތެއް.. ލޯ ހުޅުވާށޭ ބުނީމަ ލޯ ހުޅުވާލާނެ.. ދެން ވެސް ހުޅުވާލާށޭ ބުނާތަނެއް ހުޅުވަން ޖެހޭނީ” ރައީސް ޔަމީން

މިއީ ކަސްބީ ސިޔާސަތެއްކަމަށް ބުނަން ޖެހެނީ، ނާޝިގަނޑު ހިފައިގެން ގައުމުތަކަށް ސަލާން ޖަހަން ދާތީކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ހާރިޖީ ސިޔާސަތުތަކުން ހަމައެކަނި އެންމެ ދިމާލަކަށް މިސްރާބު އޮތީ ވެސް ހަމަ އެ ކަސްބީ ސިޔާސަތުތަކާއި ހެދިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އަމިއްލަ ގައުމާއި، ގައުމުން ބައިތައް ދިނުމުން ބަދަލުގައި ދޭ އެހީއެއް ބޭނުން ނުވާކަމަށެވެ. އަދި އެއީ ކުރިޔަށް ދެވެން އޮތް މަގެއްކަމަށް ގަބޫލު ކުރާނަމަ މަގާމުން ދުރުވުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

އަމިއްލަފުޅަށް ރަސްކަލުންނާއި، ދޮންބަންޑާރައިގެން ދަރިފަސްކޮޅަށް ނިސްބަތްވާކަމަށް އަމިއްލައަށް ދައުވާ ކުރުމަށް ފަހު ގައުމާއި ދެކޮޅަށް އިންޑިއާގެ ޓީވީއަކަށް އަރައި ހުރެ ވާހަކަ ދެއްކުމަށް ޝާހިދު އެއްވެސް ލަދެއް ނުގަންނަނީ ތޯ ރައީސް ޔާމީން ސިވަލު ކުރެއްވި އެވެ.

“އެތާ ދެއްކީ ޖީއެމްއާރުއަތުން އެއާޕޯޓު އަތުނުލެވުނީ ހޭ، ތިމަންނާމެން މިއަށް ވުރެ ސްމާޓްވި ނަމަ.. މިތާ މަދަނީ ހެދުން އަޅައިގެން ތިބެން ޖެހެނީ އިންޑިއާގެ އަސްކަރިއްޔާ އޭ.. އެއަށް އަތް ޖަހާފަ ތާއީދު ކުރަން އިން މީހެއް މީނަ މީ.. އެއީ ހާރިޖީ ސިޔާސަތު ކަސްބީ ވާގޮތް..”

މިރޭ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ޝާހިދަށް ފާޑުކިއުން އަމާޒު ކުރީ ގައުމު ހިންގުން ހަވާލު ކުރުމުން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް ދައުރު ނިންމާލައި ދިރިއުޅުއްވަން ގެއެއް އެޅުއްވިކަމަށް ވިދާޅުވުމުންނެވެ. އެމްޑީޕީގެ ޖަގަހަ ޖަލްސާއެއްގައި ޝާހިދު ވިދާޅުވީ، ރައީސް ޔާމީން ބަޖެޓުން ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަށް ފައިސާ ހަރަދު ކުރުމުގެ ބަދަލުގައި، އެކަން ހޭދަ ކުރެއްވީ އިތުރު އެހެން އަމިއްލަ ބޭނުންތަކަށް ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: