ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީޑަރުން މުޒާހަރާތައް ނިމެން ދެން ތިބޭ، އެއްވުން ދޫކޮށް ފިލާފައި ނުވާނެ: އަބްދުއްރަހީމް

ރައީސް ޔާމީނަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުން ލީޑާޝިޕްގެ ބޭފުޅުން ކޯޓު ސަރަހައްދުން ހިނގާފައި ޕާޓީ އޮފީހަށް ވަޑައިގަންނަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދާ އެއްވެސް އިހުތިޖާޖެއް އާއްމުންނަށް ދޫކޮށްލުމަށް ފަހު ޕާޓީގެ ލީޑާޝިޕްގެ މެމްބަރުން ފިލާފައި ނުވާނެކަމަށް ޕީއެންސީގެ ރައީސް އަބްދުރައްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވ. އާރަށް މައްސަލައިގައި ދައުލަތުން އިދިކޮޅު ރިޔާސީ ކެނޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސަބިތާކަމަށް ނިންމައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އިދިކޮޅުން ވަނީ މިއީ ބޭއިންސާފު ހުކުމެއްކްމަށް ބުނެ، މަގުމަތީ ހަރަކާތްތައް ފަށާފަ އެވެ. އަދި ތަކުރާރުކޮށް ބުނަމުން ދަނީ ރައީސް ޔާމީންގެ ނަން އިންތިހާބުގެ ކަރުދާހުގައި އޮންނާނެ ކަމަށެވެ.

އިހުތިޖާޖުތައް ފެށުމާއި އެކު އިދިކޮޅަށް ތަކުރާރުކޮށް އަމާޒުވާ ފާޑުކިއުންތަކަކީ، ހަމައެކަނި އާއްމުން މަގުތަކަށް ނިކުންނަކަމާއި އިސް ސަފުން ލީޑާޝިޕް ނުފެންނަ ކަމަށެވެ. މީގެ ކުރިން ވެސް ރައީސް ޔާމީނަށް ގއ. ވޮޑަމުލާ މައްސަލައިގެ އިއްވި ފަސް އަހަރުގެ ހުކުމަށް ފަހު ވެސް ބައެއް އެފަދަ މަންޒަރުތައް ފާހަގަކުރެވުނުކަމަށް އާއްމު މެމްބަރުން ތުހުމަތު ކުރެ އެވެ.

އެއްވުންތައް ކުރިޔަށް ދާއިރު، ޕާޓީގެ ލީޑާޝިޕްގެ ފަރާތުން އެދެވޭ މަސައްކަތްތައް ނުފެންނަކަމަށާއި އަދި ވަކި ހިސާބަކުން އެއްވުންތައް ދޫކޮށް ދާ މައްސަލައިގައި އަމާޒު ވާ ފާޑުކިއުންތަކަށް ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

އެގޮތުން ފާއިތުވެ ދިޔަ ދެ ރޭ ވެސް ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގައި ލީޑާޝިޕުން ބައިވެރިވިކަމަށާއި އެއްވެސް ބޭފުޅަކު އެ ސަރަހައްދެއް ދޫކޮށް “ފިލައި ގޮސްފައި” ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުރިހާ ލީޑަރުން ވެސް އެއްވުމުގައި ބައިވެރިވިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މުޒާހަރާތަކަށް އާއްމުން ނެރުމަށް ފަހު، އިދިކޮޅު ލީޑަރުން ފިލާކަމަށް ބުނާ ވާހަކައިގެ ރައްދަށް އަބްދުއްރަހީމް ވިދާޅުވީ ހަރަކާތްތަކުން ހައްޔަރު ކުރާ މީހުންގެ ގާނޫނީ އެހީތެރިކަން ހަމަޖެއްސުމަށް ލީޑާޝިޕުން ވަގުތުން އެޓެންޑުވާކަމަށެވެ. އެހެންކަމުން، މުޒާހަރާތަކަށް އާއްމުން ދޫކޮށް ޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ފިލާކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އަބްއްދުއްރަހީމް ވިދާޅުވީ އެގޮތަށް ދުވަހަކު ވެސް ކަންތައް ހިނގާފައި ނުވާނެކަމަށާއި މިއީ ކުރިޔަށް އޮތް ތަނުގައި ވެސް ވާނެ ގޮތެއް ނޫންކަމަށެވެ.

”ދެން މިވާގޮތަކީ މުޒާހަރާތައް ކުރިޔަށްދާއިރުގަ އެއާއި އެކުއެކީގައި ބަޔަކު އެބަ ހައްޔަރު ކުރޭ… އެ މީހުންގެ ކަންތައްތައް ވެސް އަޅުގަނޑުމެން ބަލަހައްޓަން ޖެހޭ.. އެހެންވީމަ އެކަހަލަ ހާލަތްތަކުގައި ލީޑަރުން ވަގުތުން އޮފީހަށް އައިސް އެކަމަށް އެޓެންޑުވާން ޖެހޭ ހާލަތްތައް އެބައާދޭ.. އެހެންވީމަ އަޅުގަނޑުމެންގެ ލީޑާޝީޕަކީ މުޒާހަރާތަކަށް އާއްމު މެމްބަރުން ނެރެފައި ފިލާ ބައެއްކަމަށް އަޅުގަނޑެއް ނުދެކެން“ އަބްދުއްރަހީމް

އެއަށް ފަހު އަބްދުއްރަހީމް ވިދާޅުވީ ބައްދަލުވުންތަކާއި ހަރަކާތްތައް ދޫކޮށް ދާ ބަޔަކީ އެމްޑީޕީކަމަށާއި ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުން ރޭ ފެނިގެން ދިޔައީ އެ މަންޒަރު ކަމަށެވެ. އެކަން ފާހަގަކޮށް އަބްދުއްރަހީމް ގޮވާލީ، ޕީޕީއެމްގެ ހަރަކާތް ވަގުތުން ގެނެސްދިން ލައިވް ކަވަރޭޖު ބެލުމަށެވެ. އަދި އެ ކަވަރޭޖުން ޕާޓީގެ ހުރިހާ ލީޑަރުން މުޒާހަރާ ފެށި ގޮސް ނިމެންދެން ތިބިކަން ސާފުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އިދކިކޮޅުން މިއަދު ވެސް ބުނީރައީސް ޔާމީނަށް އިއްވި ހުކުމުން އެމަނިކުފާނު ސަލާމަތް ކުރުމަށް އިދިކޮޅުން ހުއްޓާނުލައި މަސައްކަތް ކުރާނެކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: