ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ނަން ނެތި ރިޔާސީ އިންތިހާބެއް ނޯންނާނެ: އަބްދުލްރަހީމް

އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ނެތި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޭއްވުމަށް ޖާގައެއް ނުދެއްވާނެކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ “ހަރާން” ހުކުމެއް ކަމަށް ބުނެ، އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައި، އިދިކޮޅު ކޮންގްރެސް ކޯލިޝަނުންވަނީ މުޒާހަރާއެއްކޮށްފައެވެ. އިދިކޮޅުގެ މި މުޒާހަރާ ބޭއްވުމުގެ ކުރިން ފުލުހުންގެ ހުއްދަ ލިބިފައިވާކަންވެސް ހާމަކޮށްފައިވެއެވެ.

އިދިކޮޅުގެ އިސް ސަފުގައި ތިއްބަވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި މުޒާހަރާގެ ބައިވެރިން ތިބީ ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ ހުކުމް “ހަރާންކަމަށް” އަދި އެމަނިކުފާނު މިނިވަންކުރުމަށް ލިޔެފައިވާ ބެނާއެއް ހިފައިގެންނެވެ.

އިދިކޮޅުގެ މުޒާހަރާގެ ބައިވެރިންނާއި ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ، ރައީސް ޔާމީންނަށް ހުކުމް ކުރުމުގެ މަގުސަދަކީ އެކަމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުވާލުންކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް ތާއީދުކުރާ ރައްޔިތުންނާއި އިދިކޮޅުގެ މެމްބަރުން އެ ފުރުސަތު ނުދޭނެކަމަށާއި، ރައީސް ޔާމީންގެ ނަން ނެތި ރިޔާސީ އިންތިހާބަށް ޖާގަ ނުދޭނެކަމަށްވެސް ބުނެފައިވެއެވެ.

އަބްދުލްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން ކޮށްފައިވާ ފަސް އަހަރުގެ ހުކުންވެސް ކުރެވިފައިވަނީ ނުހައްގުންކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެ ހުކުން ބާތިލު ކުރުމުން މިނިވަންވެވަޑައިގެން ލިބިގެންދިޔަ އަނިޔާތަކާއިއެކު ސިޔާސީ މައިދާނަށް ނުކުންނެވީ ރާއްޖެ އަނބުރާ ދިވެހިންނަށް ހޯދައިދިނުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: