ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނަށް އިދިކޮޅު ޓީމު ނ. އަތޮޅަށް!

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވީ ނަމަވެސް އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންތައް ހުއްޓާނުލައި ކުރިޔަށް ގެންދިއުމަށް އިދިކޮޅުން ނިންމައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ޓިކެޓުގައި ވާދަ ކުރާނެކަމަށް ނިންމައި ޕާޓިން ވަނީ ޓކެޓު ހަވާލުކޮށްފަ އެވެ. އަދި ކެމްޕެއިންތައް ވެސް ފަށާފައި ވަނިކޮށް މިދިޔަ މަހުގެ 25 ގައި ރައީސް ޔާމީނަށް މިދިޔަ މަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

ރިޔާސީ އިންތިހާބާއި ދެމެދު މާ ގިނަ ދުވަހެއް ނެތް ނަމަވެސް އިދިކޮޅުން ގަބޫލު ކުރާ ގޮތުގައި، ރައީސް ޔާމީންގެ ނަން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެ އެވެ. އަދި ރައީސް ޔާމީނަށް އިއްވާފައި ވަނީ ނާއިންސާފު ނުހައްގު ހުކުމެއްކަމަށް ވެސް ބުންޏެވެ.

ރައީސް ޔާމީންގެ ކެމްޕެއިންތައް ހުއްޓުމެއް ނެތި ކުރިޔަށް ދާނެކަން ހާމަކުރައްވައި، ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން ދަތުރެއް ޖެނުއަރީ 06 އިން 10 އަކަށް ނ. އަތޮޅުގެ ރަށްތަކަށް ކުރުމަސް ހަމަޖެހިފައިވާ ކަމަށެވެ.

ޖަލު ހުކުމުގެ ކުރިން ވެސް ގިނަ ރަށްތަކަކަށް ދަތުރު ކުރައްވާފައިވާ ރައީސް ޔާމީން، އެންމެ ފަހުން ވަޑައިގަތީ އައްޑޫއަށެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ރަށްތަކަށް ކުރެއްވި ދަތުރުތަކުގައި ރައީސް ޔާމީން ވަނީ، ތަރައްގީއާއި ގުޅުން ހުރި ގިނަ ވައުދުތައް ވެވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: