ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، ބަޔާންތަކާއި އެކު އަދިވެސް ނުލިބޭ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް/ ފޮޓޯ: އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ ރިޕޯޓު އަދިވެސް ލިބިފައި ނުވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅާފައި ނުވާތީ، އެކަން މީޑިއާތަކުން ވަނީ މި ދެ ދުވަހު ރިޕޯޓުކޮށްފަ އެވެ. އެކަމާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ކަންބޮޑުވުންފާޅުކޮށް، އެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރިޔަށް ދާނެކަން ފާހަގަކޮށްފަ އެވެ. ގާނޫނުގައި އިސްތިއުނާފު ކުރުމަށް ދީފައިވާ މުއްދަތަކީ 60 ދުވަހެވެ. އެހެންކަމުން، ހުކުމް އިއްވިތާ މަސް ދުވަސް ވެސް ވެފައި ނުވާތީ އެ މަރުހަލާ އަވަސް އަރުވާލައިގެން ކުރިޔަށް ގެންދަން ޖެހޭ ސަބަބެއް ނެތްކަމަށް ވަކީލުން ބުންޏެވެ.

މީޑިއާތަކުގެ ހަބަރުތަކާއި ގުޅިގެން ރައީސް ޔާމިންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވީ ދަށު ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމް އިސްތިއުނާފު ކުރުމަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަޙްޟަރު ބަޔާންތަކާއި އެކު ބޭނުންވާނެ ކަމަށެވެ. ދިރާސާތަކަށް ބޭނުންވާ އެ ރިޕޯޓު ހޯދުމަށް ޑިސެމްބަރު، 22 ގައި ހުށަހެޅުމުން ވެސް މިއަދާއި ހަމައަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް ޝިޔާޒް ވިދާޅުވި އެވެ.

ހުކުމް އިއްވާ ދުވަހު ހުލާސާ ރިޕޯޓު ދިނުމަށް ގާނޫނުން ލާޒިމް ކުރާއިރު އެ ރިޕޯޓު ވެސް ދޫކުރީ ކުރި އިހުތިޖާޖުތަކަށް ފަހު ޖެހިގެން އައި ދުވަހުކަމަށް ޝިޔާޒް ވިދާޅުވި އެވެ. ޝިޔާޒް ފާހަގަކުރެއްވި ހުލާސާ ރިޕޯޓުގައި ހިމެނޭނީ ޝަރީއަތުގެ ހުލާސާއެއް ނަމަވެސް ކޯޓުން ދޫކުރި ރިޕޯޓުގައި ދެފަރާތުން ދެއްކި ވާހަކަަތަކާއި ޝަރީއަތުގައި ކަން ހިނގި ގޮތް ފުރިހަމައަށް ލިޔެފައި ނުވާކަމަށެވެ.

އިސްތިއުނާފްގެ އެއް މަސްދަރަކަށްވާނީ ، ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަޙްޟަރު ބަޔާންތަކަށްވާއިރު ހުލާސާ ރިޕޯޓު ދިނުމުގައި ކޯޓުން އަމަލު ކުރި ގޮތަށް ބަލާއިރު، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު ކޯޓުން ބޭނުން ކުރާނެކަމަށް ޝިޔާޒް ތުހުމަތު ކުރި އެވެ.

ދަށު ކޯޓުން ނިންމާ ނިންމުމެއް ހުށަހެޅުމުގެ މުއްދަތާއި ގުޅޭގޮތުން ހައިކޯޓުގެ އުސޫލެއް އޮވެ އެވެ. އެގޮތުން ދަށު ކޯޓަކުން ޖިނާއީ މައްސަލަތަކާއި ގުޅިގެން ކުރާ ހުކުމްތައް އިސްތިއުނާފު ކުރުމަށް 60 ދުވަސް ލިބޭނެ އެވެ.

މި މައްސަލައިގައި ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ހަބަރުތައް ގެނެސްދީފައިވާކަމަށް ބުނެ އިދިކޮޅުން ވަނީ ފާޑުކިއުންތައް އަމާޒުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: