ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްތަކަށް ދާ ގަޑިތަކާއި ދިމާކޮށް، ސްކޫލުތަކުން ދަނީ ޕޭރަންޓް ޓީޗާރ ބައްދަލުވުންތައް ބާއްވަމުން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު ގދ. ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ގާފު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިނަށް ރާއްޖޭގެ ރަށްތަކަށް ”ފިކުރެއްގެ ދިރުން“ ޓީމުން ކުރަމުން ދާ ދަތުރުތަކަށް ހުރަސް އެޅުމުގެ ގޮތުން ރަށަށް ވަޑައިގަންނަވާ ގަޑިތަކާއި ދިމާކޮށް ސްކޫލުތަކުގައި ބެލެނިވެރިންގެ ބައްދަލުވުންތައް ބާއްވަން ފަށާފައިވާކަމަށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ސަރުކާރުން އެކި ގޮތް ގޮތުން ނުފޫޒު ފޯރުވަމުން ދާކަމުގެ ތުހުމަތު ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތީން ކުރައްވާފަ އެވެ. ކެމްޕެއިންގެ ދަތުރުތައް ފަށައި، ބައްދަލުވުންތައް ކުރިޔަށް ގެންދާތީ ރަށްތަކަށް ވަޑައިގަންނަވާ ދުވަސްތަކާއި ދިމާކޮށް ސްކޫލުތަކުގެ ބެލެނިވެރިންގެ ބައްދަލުވުންތަކާއި ޓީޗަރުންނާއި މުވައްޒަފުންގެ ބައްދަލުވުންތައް އެޑިއުކޭޝަން މިނިސްޓަރުގެ އެންގުމަށް ބާއްވަމުން ގެންދާކަމަށް ރައީސް ނަޝީދު ވިދާޅުވީ ބ. ހިތާދޫ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދަޅުވީ އެމަނިކުފާނު ރަށަކަށް ވަޑައިގަތުމާއި އެކު، އެ ގަޑިއާއި ދިމާކޮށް ބެލެނިވެރިން ކޮންމެވެސް އެއް ނަމެއްގައި ސްކޫލަށް ގެންދަން ފަށާފައިވާކަމަށެވެ. މިއީ ކުރިން އެއްވެސް އެންގުމަކާއި ނުލައި ކުއްލިއަކަށް ފޮނުވާ މެސެޖުތަކެއްކަމުން އެއީ އިންތިހާބުގެ ކެމްޕެއިނުގައި ރަށުގެ ރައްޔިތުންނަށް ބައިވެރި ނުވެނޭނެ ގޮތަށް އަޅާ ފިޔަވަޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސްލޮޓުގައި ވަޒީރުކަމުގައި ބޭފުޅަކު ހުރެމެ މިފަދަ ކަންތަކާއި ކުރިމަތިލާން ޖެހުން ބަލައި ނުގަނެވޭކަމަށެވެ. އަދި ތައުލީމީ ދާއިރާ އާއި ސިޔާސީ މަސައްކަތްތައް އެއް ނުކުރުމަށް ރައީސް ނަޝީދު ގޮވާލި އެވެ.

މި ބައްދަލުވުންތައް ބާއްވައި، އެ އެންގުންތަކުގެ މެސެޖު ފޮނުވާ މީހުންނާއި ކެމްޕެއިނަށް ހުރަސް އަޅާ ސްކޫލުތަކުގެ އިސްވެރިންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ރައީސް ނަޝީދު ވިދާޅުވީ އެ އަމަލު ހުއްޓުވައިދޭން ތަކުރާރުކޮށް އެޑިއުކޭޝަން މިނިސްޓަރު އަރިހުން އެދޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުއްލި ގޮތަކަށް ޕޭރަންޓް ޓީޗާރ ބައްދަލުވުންތައް ބާއްވަން ފެށުން ބެލެވެނީ ހީލަތްތެރި ރޭވުންތަކެއްގެ ގޮތުގައި ކަމަށެވެ. ވެރިންނަށް ސަނާ ކިއުމާއި އެހެން ބައެއްގެ މަސައްކަތްތަކަށް ހުރަސް އެޅުމަކީ އެއީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ “މައުމޫނިޒަމް” ވިސްނުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކެމްޕެއިނަށް ހުރަސް އެޅުމަށް ސްކޫލުތަކުން ބެލެނިވެރިންނަށް ބައްދަލުވުންތަކަށް ކިޔަމުންދާކަމަށް ދެކެވޭ ވާހަކަތައް އެ ސްކޫލުތަކުން ދޮގު ކުރެ އެވެ. އަދި ސިޔާސީ މަސައްކަތްތައް ސްކޫލުތަކާއި ޓީޗަރުންނާއި ނުގުޅުވުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: