ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމެރީގެ ބަހުސްއަށް ”ސަންގު ޓީވީ“ އިން ދެ ރައީސުންނަށް ދައުވަތު ދީފި

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އެމްޑީޕީގެ އެތެރޭގައި ބާއްވާ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ”ސަންގު ބަހުސް“ ގައި ބައިވެރިވުމަށް ”ސަންގު ޓީވީ“ އިން ދައުވަތު ދީފި އެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕަރައިމެރީގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުންނަށް ވެސް ބަހުސަށް ދައުވަތު ދީ އެކަމުގެ މައުލޫމާތުތައް މިހާރު ވަނީ އަރުވާފަ އެވެ. މީގެ ކުރިން “ސަންގު ޓީވީ” އިން ޗެެއާޕާސަންކަމަށް ވާދަ ކުރެއްވި ފައްޔާޒް އިސްމާއީލާއި، އިމްތިޔާޒް ފަހުމީގެ ބަހުސެއް ވެސް ގެނެސްދިނެވެ.

“ސަންގު ބަހުސް” އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. އަދި މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފަ އެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ބާއްވާ އެންމެ ފޯރިގަދަ، އަދި އެންމެ ވާދަވެރި މި އިންތިހާބަކީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ސިޔާސީ ކުރިމަގު ކަނޑައަޅާނޭ އިންތިހާބެވެ.

”ސަންގު ޓީވީ“ އިން ނިންމާފައި ވަނީ ދެ ކެނޑިޑޭޓުން ވެސް އެބަސްވާ ތާރީހެއްގައި ބަހުސް ކުރިޔަށް ގެންދިއުމަށެވެ. މިއީ ޓީމުތަކާއި ކެނޑިޑޭޓުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކައިގެ އިތުރަށް އެއް ތަނަކުން، އެއް ޕްލެޓްފޯމަކުން ބައްދަލުވެ ވާދަވެރި ވާހަކަތަށް ދައްކަވާނެ ފުރަތަމަ ފަހަރަށް ވާނެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި އޮވެމެ ޕާޓީގެ ސުލޫކުތަކާއި އަސާސްތައް ދެމެހެއްޓުމުގައި ފެއިލްވެފައިވާކަމަށް ގިނަ މެމްބަރުން ބުނި ނަމަވެސް، އެކަމުގެ ދިފާއުގައި ރައީސް ވަނީ ޕާޓީގެ ކުރީގެ ހާލަތު ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ. އެގޮތުން 2008 ގައި ގެނައި ވެރިކަން، ދައުރު ފުރިހަމަ ނުވެ ބަދަލުވެގެން ދިއުމަކީ އެއީ ލިބުނު ފިލާވަޅެއްގެ ގޮތުގައި ދެކި ޕްރައިމެރީގައި ވޯޓު ދޭން ރައީސް އެދިވަޑައިތަވެ.

ރައީސް ނަޝީދު ދަނީ މި އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަން ފާހަގަކޮށް، ސަރުކާރަށް ރައްޔިތުން އުންމީދު ކުރި މިންވަރާއި ގާތަށް ވެސް ހިދުމަތް ނުކުރެވޭކަމަށް ވިދާޅުވެފަ އެވެ. އެ ސަަބަބާއި ހުރެ އެމަނިކުފާނަށް ތާއީދެއް އޮތްކަމަށް ރައީސް ނަޝީދު ގަބޫލެއް ނުކުރައްވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: