ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭގައި ހުނަން ޖެހުނަސް، ރައީސް ސޯލިހަކާއި އެކު ނުހުންނާނަން: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަދަދު - ޝާބިން
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީން ނާކާމިޔާބު ވެއްޖެ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ކުރިޔަށް ނުދާނެކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ ރިޔާސީ ޕްރައިމެރީ އާއި އެކު ދެ ރައީސުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފަ އެވެ. އަދި ދެ ސަރުކާރުގައި ވެސް ކުރިޔަށް ގެންދިޔަ އެކި މަޝްރޫއުތަކާއި ގުޅޭގޮތުން ތަފާތު އެކި ތުހުމަތުތައް ދަނީ ކުރަމުންނެވެ. ރައީސް ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި، 25 އަހަރު މަޖިލީހުގައި ހޭދަ ކުރައްވައިގެން ވެސް ރައްޔިތުންގެ މެދުގައި އެއްވެސް މަގުބޫލުކަމެއް އަދި ރައްޔިތުން ނުވެސް ދަންނަ ބޭފުޅަކު ވެރިކަމަށް ގެނައި އިތުރު ގޮތެއް ނެތިގެންނެވެ. އަދި އޭރު ރައީސް ސޯލިހަށް އެމްޑީޕީގެ އާއްމު މެމްބަރުން ވޯޓު ދިނީ ވެސް އެމަނިކުފާނުގެ އެދުމަށްކަމަށް ވިދާޅުވި އެވެ.

އިންތިހާބަށް ދެ ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު، ދެ ރައީސުން ވެސް ރާއްޖޭގެ އަތޮޅުތަކަށް ދަތުރު ކުރައްވައި ވޯޓު ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އާއްމުންނާއި އެކު ވަކިން ބައްދަލުވުންތައް ބާއްވާފައި ވެއެވެ. އެގޮތުން އެންމެ ފަހުން ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގެ ތެރެއިމް، އެ ރަށުގެ ބަޔަކާއި އެކު ދައްކަވާ ވާހަކައެއްގެ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ.

އިންތިހާބުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިއްޖެ ނަމަ، ރައީސް ސޯލިހާއި އެކު ކުރިޔަށް ވަޑައިގަންނަވާނަން ތޯ ނޫސްވެރިން ތަކުރާރުކޮށް ކުރާ ސުވާލަށް ރައީސް ނަޝީދު ވިދާޅުވީ ނާކާމިޔާބު ވެދާނެކަމަށް އެއްވެސް ކަމަކާއި ކުރިމަތި ނުލައްވާކަމަށެވެ. އެހެންކަމުން، ނާކާމިޔާބުވާނެ އެއްވެސް ފޯމިއުލާއެއް ނެތްކަމަށް ނޫސްވެރިންނަށް އެމަނިކުފާނު ވިދާޅުވެ އެވެ.

އެކަމަކު، އާއްމުންގެ މީހަކު ހަމަ އެ ސުވާލުކޮށް، އޭގެ ފަހަތުން ދެން ސުވާލު ކުރެއްވީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅޭގޮތުންނެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު ޕީޕީއެމާއި އެކު ކުރިޔަށް ދާނެ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. އަދި ރައީސް ސޯލިހާއި އެކު ވެސް ނުހުންނަވާނެކަމަށް ވިދާޅުވި އެވެ.

”ޕީޕީއެމާއި އެކު ނުހުންނާނަން.. އެއީ ސަތޭކައިން ސަތޭކައިގެ ކަމެއް… ޕީޕީއެމާއި އެކު ވެސް ނުހުންނާނަން.. އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ވެސް ނުހުންނާނަން.. އަހަރެން އެކަނި ގޮސް ގޭގައި ހުރީމާވީ ނު“ރައީސް ނަޝީދު

ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ރައީސް ސޯލިހަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. އިންތިހާބު ކާމިޔާބު ކުރުމަށް ރައީސް ސޯލިހު އިސްވެ ހުންނަވައި ޕާޓީން މެމްބަރުން ވަކި ކުރަމުންދާކަމަށާއި، މިއީ ޕާޓީގެ އަސްލު މެމްބަރުންނަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނަސީދު އެހައްދަވަނީބޮޑު ގޯހެއް އަމިއްލަ އަށް މުޖުތަމައިން އެއުޅެނީ އެކަހެރިވާން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: